ބީއެމްއެލްގެ ޑޮލަރު ކާޑުން ފައިސާގެ މުއާމަލާތްތައް ކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ޑޮލަރު ޑެބިޓް ކާޑުން މުއާމަލާތް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ކުރިއަށް އޮތް ހަތް ހަފުތާގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އެޕްލައިކުރަން ޖެހެ އެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެ އެވެ.
ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.