ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ސޯޝަލް މީޑިއާ ގިވްއަވޭގެ ނަސީބުވެރިން އިއުލާނުކޮށްފި އެވެ. 

ދިރާގާއި ވަށްމާފުށީގެ ފަރާތުން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ތިން މީހުންގެ ސޯޝަލް މީޑިއާ އެކައުންޓުގެ ތަފްސީލު ދިރާގުން ވަނީ ޕޯސްޓުކޮށްފަ އެވެ.

މި ގިވްއަވޭގެ ކޮންމެ ނަސީބުވެރިއަކަށް، ވަށްމާފުށީގެ ޒިޕްލައިން ދެ މީހަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ.

މިއީ ދިރާގުން އެ ކުންފުނީގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އިއުލާން ކުރި ޕްރޮމޯޝަނެކެވެ. ދިރާގާއި ވަށްމާފުށީގެ ޕާޓްނާޝިޕްގެ ދަށުން އެ ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. 

ދިރާގުގެ އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ހިދުމަތްތަކުން ފަސް ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ. އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.

ކަސްޓަމަރުން ބުކިން ހަދާއިރު އެ ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން އެ ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެ އެވެ.