ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް ސައިންއަޕް ކޮށްގެން ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މިއީ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑުކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ޑީޖީޖީ ވެބްސައިޓް އަށް ސައިންއަޕް ކޮށްގެންނެވެ. މި ވެބްސައިޓުން ސައިންއަޕްވުމަށް ނަމްބަރު ވެރިފައިކުރުމަށް ފަހު ޔޫޒާ ނޭމް އަޕްޑޭޓްކުރަން ޖެހެ އެވެ. 

މި ލަކީޑްރޯގައި ބައިވެރިވެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސައިންއަޕް ކުރާ ގޭމަރުންނަށެވެ. 

ދިރާގުން ގޭމަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތައާރަފް ކުރި ޑީޖީޖީ ޕްލެޓްފޯމުން އަގުހުރި އިނާމުތައް ހުށަހަޅައި އެކި މުބާރާތްތަކާއި ފެސްޓިވަލްތައް އަންނަނީ ބާއްވަމުންނެވެ. އަދި ދިވެހި ގޭމަރުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެ ޕްލެޓްފޯމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.