ދިރާގުން މިދިޔަ އަހަރު ފެށި 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވަން ބާއްވާ ހާއްސަ ހަރަކާތް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.
ދިރާގުން ދޭ ދެ ވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގަ އެވެ. ދިރާގުން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެ ހަރަކާތް އޮންނާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާ އާއި ރައްޓެހިންނަށް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ.
ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ދެ ވަނަ ނަސީބުވެރިއާއަށް ވެސް ލިބޭނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ އުޅަނދެކެވެ. މިއީ މަހަށް ދިއުމާއި އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އެއްޗެކެވެ.
ދެ ސްޕީޑް ބޯޓު ހުށަހަޅައި ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ސްޕީޑް ބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ ސައީދު ކިޔާ މީހަކެވެ.
ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓުގެ ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށެވެ.
މި ލަކީޑްރޯގައި ބައިވެރިވެވޭނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. އިން މަތީގެ ރީލޯޑު ކުރި ކަސްޓަމަރުންނާއި ދިރާގު ޕޯސްޓްޕެއިޑް 450އިން މަތީގެ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. އިން މަތިން ބިލް ދައްކައިގެން ޕްރޮމޯޝަނަށް އެންރޯލްކުރި ކަސްޓަމަރުންނަށެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް އިން މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް، ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމުގެ ފުުރުސަތު ވެސް ވަނީ ދީފަ އެވެ.
ދިރާގުގެ ސްޕީޑްބޯޓް ޕްރޮމޯޝަނަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ޕްރޮމޯޝަނެކެވެ.