ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭ ހާއްސަ އޮފާއެއް އިއުލާންކޮށްފި އެވެ.

މި އޮފާގެ ދަށުން، ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް، އިތުރު ފީއަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެ އެވެ. މިއީ ދިވެހި އުފެއްދުންތަކާއި ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް ހިލޭ ބަލައިލުމަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ. 

ދިރާގު ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް 'ލިމިޓްލެސް 21' ޑޭ ބޫސްޓާ އެކްޓިވޭޓް ކޮށްގެން މި ހިދުމަތް ހިލޭ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ބޫސްޓަ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެ އެވެ. އަދި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި އޮފާގެ ދަށުން އަންނަ މަހުގެ ނިޔަލަށް މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން، މި އޮފާއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް މީޑިއާނެޓް ވީޑިއޯކްލަބްގެ ހިދުމަތް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ އެވެ. މި އޮފާއާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ.