މީގެ 21 އަހަރު ކުރިން އުރީދޫން ރާއްޖޭގެ މުއާސަލާތީ ހިދުމަތާ ގުޅުނު އިރު ރާއްޖޭގެ މުއާސަލާތީ ހިދުމަތް ދިނުމުގައި މާ ގިނަ އޮޕްޝަންތަކެއް އާންމުންނަކަށް ނެތެވެ. ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރު ހިންގަން ފެށި އެ ކުންފުނިން ވަނީ، މުއާސަލާތީ ހިދުމަތް ދެމުން އައި މުސްކުޅި ގޮތްތައް އެއްކޮށް ބަދަލުކޮށްލައި ޒަމާނީކޮށް، އަގުހެޔޮ މުއާސަލާތީ ހިދުމަތްތަކެއް ބޭނުންކުރެވޭނެ ގޮތް އާންމުންނަށް ފަހިކޮށްދީފަ އެވެ. މިއީ، އެކުންފުނިން ފެށި ހިސާބެވެ.
އޭރު ފެށި "ޑިޖިޓަލް ރާއްޖެ"އެއްގެ ދަތުރުގައި، ހިދުމަތަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އިރު ވެސް އެ ކުންފުނި، މަޝްހޫރުވެފައި އޮތީ ޒަމާނާ އެއްގޮތަށް މުއާސަލާތީ އާ ހިދުމަތްތަކެއް އާންމުންނަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްގެ ގޮތުގަ އެވެ.
އެ ހެޔޮ ބަދަލުތަކާ އެކު އެ ކުންފުނިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހިދުމަތްތައް ފުޅާކޮށްފަ އެވެ. އެކަން ހާސިލުކުރީ އާންމުންގެ އިތުބާރާއި މަގްބޫލުކަން ވެސް ހޯދައިގެންނެވެ.
އެންމެ ޓްރެންޑީ އަދި ޒަމާނީ މުއާސަލާތީ ހިދުމަތް ދިނުމުގެ ސްޓައިލްތައް ރާއްޖެއަށް ތައާރަފްކުރަމުން ދިޔަ އެ ކުންފުނީގެ ނަން "އުރީދޫ މޯލްޑިވްސް" އަށް 2013 ވަނަ އަހަރު ބަދަލުވި ފަހުން ވެސް އެ ކުންފުނިން އަންނަނީ އާ އީޖާދީ މުއާސަލާތީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އެފަދަ ގިނަ ހިދުމަތްތަކެއް އެންމެ ފުރަތަމަ ފެށި ކުންފުނީގެ ޝަރަފު ވެސް އެ ކުންފުނިން ވަނީ ހޯދައިފަ އެވެ.
އުރީދޫ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 3ޖީ ހިދުމަތް ތައާރަފްކުރި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏެވެ. ވަޔަލެސް ބްރޯޑްބޭންޑުގެ ހިދުމަތާއި ޕްރިޕެއިޑް ބްރޯޑްބޭންޑުގެ ހިދުމަތާއި 3ޖީ މެދުވެރިކޮށް ވީޑިއޯ ބްރޮޑްކާސްޓް ފަދަ އެކި ހިދުމަތްތައް އެ ކުންފުނިން ފޯރުކޮށްދިނެވެ. އަދި 4ޖީ އެލްޓީއީ އެއަށްފަހު 4ޖީ އެލްޓީއީ އެޑްވާންސް އަދި 5ޖީގެ ހިދުމަތް ވެސް މުޅި ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފް ކުރި ކުންފުންޏަކީ ވެސް އުރީދޫ އެވެ.
އުރީދޫން އެންމެ ޒަމާނީ، އަދި އެންމެ އަވަސް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިތުރު އާ ހިދުމަތްތައް ވެސް ތައާރަފްކޮށްފައިވެ އެވެ. އެގޮތުން ރިސޯޓުތަކަށް ހާއްސަކޮށް ސަބްމެރިން ކޭބަލް ލެންޑިން ވެސް ތައާރަފްކުރި އެވެ. އަދި ފައިބަ ބްރޯޑްބޭންޑް އާއި 5ޖީ އެއާ ފައިބާގެ ހިދުމަތް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ކުރި އެވެ.
ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައް ދިނުމުގެ ވައްޓަފާޅި ބަދަލުކޮށްލި އެ ކުންފުނިން މިހާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖޭގެ ރަށްތައް ފަސޭހަކަމާ އެކު ގުޅާލަދީ، ނޭޝަންވައިޑް ފުރިހަމަ ގުޅިފައިވާ ޑިޖިޓަލް ހިދުމަތްތަކެއް އާންމުންނަށް ފޯރުކޮށްދިނުމަށެވެ.
އެކަން ހާސިލު ކުރަން އުރީދޫން ވަނީ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލުން ގުޅާލައި ޓިއާ ތްރީ ޑޭޓާ ސެންޓަރެއް ވެސް ހުޅުވައިފަ އެވެ. އެއާ އެކު ރާއްޖޭގެ ތައުލީމީ ދާއިރާ އާއި ސިއްހީ ހިދުމަތްތަކާއި ޓޫރިޒަމް، މަސްވެރިކަން އަދި ސަރުކާރާއި އާންމުންގެ ދިރިއުޅުމަށް ވެސް ބޮޑު ލުޔެއް ލިބި، މުއާސަލާތީ ހިދުމަތްތައް ބޭނުން ކުރުމަށް އިތުރު ފަސޭހަތައް ލިބުނެވެ.
އުރީދޫން ކުރިއަށް އޮތް 10 އަހަރުތެރޭ ވެސް ރާއްޖޭގެ ގެންނަން ބޭނުންވަނީ ޒަމާނީ، އާ މުއާސަލާތީ ހިދުމަތްތަކެވެ. ރާއްޖެއަށް އިތުރު ޒަމާނީ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން އޭއާއިގެ އެހީގައި އުރީދޫން ބޭނުންވަނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދާށެވެ. އެކަން ކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ވެސް ވަނީ ފަށައިފަ އެވެ. އުރީދޫން އަދިވެސް ބޭނުންވަނީ ޑިޖިޓަލް ހިދުމަތް ދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތުމެވެ.