އުރީދޫން ކޮންމެ ދެ މަހަކުން އޯލް ޓެރެއިން ވެހިކަލް (އޭޓީވީ)އެއް ދޭ ޕްރޮމޯޝަނުގެ ހަތަރު ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ. 

މި ޕްރޮމޯޝަނުގެ ތިން ވަނަ ނަސީބުވެރިއަކަށް ހޮވުނު ފާތުމަތު އަޒުމާ އަށް ލިބުނު އޭޓީވީ އުރީދޫން މިހާރު ވަނީ ހަވާލުކޮށްފަ އެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި އެ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. 

އުރީދޫން ބުނީ އެ ޕްރޮމޯޝަނުގައި ދޭ އޭޓީވީއަކީ ރަށްފުށުގެ ދިރިއުޅުމާ ގުޅޭ، ރަށްރަށުގައި ފަސޭހައިން ބޭނުންކުރެވޭނެ އުޅަނދެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އުރީދޫން ފާހަގަކުރެ އެވެ. 

އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ.

އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ. 

އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

އުރީދޫން ކޮންމެ ދެ މަހަކުން އެ ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަނުގައި ބާކީ ދެ ގުރުއަތުލުން ކުރިއަށް ދާނެ އެވެ. ޕްރޮމޯޝަނުގެ އެންމެ ފަހު ގުރުއަތުގައި މިހާރު އޭޓީވީ ލިބިފައި ތިބި ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.