އެޕްސަމް ކޮލެޖަކީ ދުނިޔޭގެ ފެންވަރުގެ ބްރިޓިޝް ތައުލީމު، އޭޝިއާ ސަރަހައްދަށް ފޯރުކޮށްދޭ ތައުލީމީ މަރުކަޒެކެވެ. މިއީ، 170 އަހަރަށް ވުރެ ދިގު ތައުލީމީ ތާރީހަކާ އެކު ބައިނަލްއަގުވާމީ ތައުލީމީ މާހައުލެއް ފޯރުކޮށްދޭ ތަނެކެވެ.
މެލޭޝިއާގައި 2014 ގައި ހުޅުވި މި ކޮލެޖަކީ އިނގިރޭސިވިލާތުގައި ހުންނަ އެޕްސޯމް ކޮލެޖުގެ 'ސިސްޓާ' ސްކޫލެކެވެ. މި ތަނަކީ މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލުން ގާތްގަނޑަކަށް 15 މިނެޓްގެ ދުރުމިން ހުންނަ 50 އޭކަރުގެ ބޮޑު ކެމްޕަހެއް ހުންނަ ސްކޫލެކެވެ.
ބްރިޓިޝް ކަރިކިއުލަމަށް ކިޔަވައިދޭ އެ ކޮލެޖުގައި، ތުއްތު އިރުން ފެށިގެން ސެކަންޑަރީ ނިމެންދެން ކިޔަވައިދޭ ގްރޭޑުތައް ހުރެ އެވެ. އެތަނުން އައިޖީއެސްއީ އާއި އޭ ލެވެލް އާއި ހަމައަށް ކިޔެވޭނެ އެވެ.
ދުނިޔޭގެ މަގްބޫލް ޔުނިވަސިޓީތަކުން ޖާގަ ކަށަވަރުވާ ވަރަށް ދަރިވަރުން ތަމްރީންކޮށްދޭ މި ކޮލެޖުގެ ތައުލީމީ ފުރުސަތުތައް ދިވެހިންނަށް ކިޔައިދޭން އަންނަ މަހުގެ 3 ގައި ހޮޓެލް ޖެންގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ.
މި ވަގުތު އެ ކޮލެޖުގައި އުމުރުން ތިން އަހަރާއި 19 އަހަރާ ދެމެދުގެ 830 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ބޯޑިން ދަރިވަރުން ވެސް ހިމެނެ އެވެ. ތައުލީމީ ގޮތުން ކާމިޔާބު ދަރިވަރުންތަކެއް ބިނާ ކުރުމަށް އެ ކޮލެޖުން ވަރަށް އިސްކަމެއް ދެ އެވެ. ދުނިޔޭގެ މަގްބޫލު ޔުނިވާސިޓީތަކުން ބަލައިގަނެ، ފުރުސަތު ލިބޭނެ ފެންވަރަށް އެތަނުގައި ދަރިވަރުން ކުރިއަރުވަ އެވެ.
އެކި ގައުމުތަކުގެ ތަފާތު ސަގާފަތްތަކުގެ ދަރިވަރުން ކިޔަވާ އެ ކޮލެޖުގެ 75 ޕަސެންޓަކީ 30 ގައުމަކަށް ނިސްބަތްވާ އިންޓަނޭޝަނަލް ދަރިވަރުންނެވެ.
އެޕްސަމް ކޮލެޖް މެލޭޝިއާގެ ތައުލީމީ ފެންވަރު އެންމެ ފުރިހަމައަށް ހާމަވަނީ އެ ކޮލެޖުގެ ދަރިވަރުންގެ ތައުލީމީ ނަތީޖާތަކުންނެވެ.
އެ ކޮލެޖުން ގްރެޖުއޭޓުވި ދަރިވަރުން 2025 ވަނަ އަހަރުން 2026 ވަނަ އަހަރުގެ ޔުނިވަސިޓީ ކާމިޔާބީތަކަށް ބަލާއިރު، ރަސެލް ގްރޫޕްގެ ޔުނިވަސިޓީތަކަށް ކުރިމަތިލި އެ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށް މަދުވެގެން އެއް އޮފާ ލިބިފައިވާއިރު، 50 ޕަސެންޓު ދަރިވަރުންނަށް އިނގިރޭސިވިލާތުގެ އެންމެ މަތީ 10 ޔުނިވަސިޓީން ވަނީ ޖާގަ ލިބިފަ އެވެ.
އެޕްސަމްގެ ގްރެޖުއޭޓުންނަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެންމެ މޮޅެތި ޔުނިވާސިޓީތަކުން ޖާގަ ކަށަވަރު ކުރާ ދަރިވަރުންނެވެ.
އެގޮތުން އޮކްސްފޯޑް، ކޭމްބްރިޖް، އިމްޕީރިއަލް ކޮލެޖް ލަންޑަން، ޔޫސީއެލް، އެލްއެސްއީ، ސްޓެންފޯޑް، ޔޫސީ ބާކްލީ އަދި ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރު ހިމެނެ އެވެ.
އެޕްސަމް ކޮލެޖުގެ މިދިޔަ އަހަރުގެ ގްރެޖުއޭޓުން އެންމެ ގިނައިން ހިޔާރު ކޮށްފައި ވަނީ ސްޓެމް އަދި މެޑިސިން އެވެ. އެގޮތުން މިދިޔަ އަހަރުގެ 60 ޕަސެންޓު ގްރެޖުއޭޓުން ހިޔާރުކޮށްފައި ވަނީ އެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާށެވެ.
އެޕްސަމް ކޮލެޖަކީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމުގެ އިތުރުން، ދަރިވަރުންގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށް އިސްކަން ދޭ ކޮލެޖެކެވެ. އެތަނަކީ ކައުންސިލް އޮފް ބްރިޓިޝް އިންޓަނޭޝަނަލް ސްކޫލްސްގެ 450 އަށް ވުރެ ގިނަ މެމްބަރުންގެ ތެރެއިން "ސްޓޫޑަންޓް ވެލްފެއާ" އަދި "ލީޑަރޝިޕް" އަށް ޑަބަލް ބީކަން ސްޓޭޓަސް ހާސިލުކޮށްފައިވާ ދުނިޔޭގެ އެންމެ 6 ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ.
އެޕްސަމް ކޮލެޖް މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަކީ ތައުލީމީ ކާމިޔާބީތަކުގެ އިތުރުން، ދަރިވަރުންގެ އެކި ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ތަރައްގީކޮށްދޭ އެކި ހަރަކާތްތަކާއި ފެސިލިޓީތައް ހުންނަ ތަނެކެވެ.
އެ ތަނުގައި ދަރިވަރުންގެ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން ހައިޕާފޯމަންސް އެކަޑަމީތައް ހުރެ އެވެ. އޭގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ހަމައެކަނި އިންޑޯ ރެޑް ކްލޭ ޓެނިސް ކޯޓު ހިމެނޭ މުރާޓޯގްލޫ ޓެނިސް އެކަޑަމީ އާއި ލަލީގާ ފުޓުބޯޅަ އެކަޑަމީގެ އިތުރުން ގޮލްފްޒޯން ލީޑް ބެޓާ ގޮލްފް އެކަޑަމީ ވެސް ހުރެ އެވެ.
އެ ކޮލެޖުގައި ކޮންމެ ޓާމެއްގައި ވެސް 150 އަށް ވުރެ ގިނަ އިތުރު ހަރަކާތްތައް ހިންގަ އެވެ. އޭގެ ތެރޭގައި އާޓްސް، މިޔުޒިކް، ސްޕޯޓްސް އަދި ކުޅިވަރު ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތަކުގެ އިތުރުން ޕްރެކްޓިކަލް ހުނަރުތައް ދަސްކޮށް، އަމަލީ ތަޖުރިބާތައް ހޯދައިދޭ އިންޓާންޝިޕް ފުރުސަތުތައް ވެސް ހިމެނެ އެވެ.
އެ ކޮލެޖުގައި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކޮށް، ޓެކްނޮލޮޖީގެ ރޮނގުން އެތިކަލް ކަންތައްތައްތަކާއި މެދު ހޭލުންތެރިކުރުމުގެ ގޮތުން އޭއައި އަދި ޑިޖިޓަލް ލިޓްރަސީގެ ޕްރިގުރާމެއް ސެކަންޑަރީ ދަރިވަރުންނަށް ހާއްސަކޮށް ކިޔަވައި ދެ އެވެ.
ހުރިހާ ސަގާފަތަކާއި ދީނެއްގެ ދަރިވަރުންނަށް ވެސް އެ ކޮލެޖުން އިންކްލޫސިވިޓީ ފޯރުކޮށްދެ އެވެ. އެގޮތުން އެތަނުގައި މުސްލިމު ދަރިވަރުންނަށް ހާއްސަކޮށް ނަމާދު ކުރާނެ ޕްރެޔާ ރޫމްތަކާއި ވުޟޫ ކުރެވޭނެ ފެސިލިޓީތަކުގެ އިތުރުން ކޮންމެ ހަފުތާއަކު ހިންގާ އިސްލާމިކް ސްޓަޑީޒް ޕްރޮގްރާމާއި ހުކުރަށް ދިއުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދެ އެވެ.
މި ކޮލެޖުގައި ހުރި އިތުރު ފެސިލިޓީތަކާއި ފުރުސަތުތަކުގެ މައުލޫމާތުތައް ދިވެހިންނާ ހަމައަށް ފޯރުކޮށް ދިނުމުގެ ގޮތުން އަންނަ މަހުގެ ތިން ވަނަ ދުވަހު ހޮޓެލް ޖެންގައި ހާއްސަ ހަރަކާތެއް ހަވީރު 4 އިން 6އަށް ކުރިއަށް ދާނެ އެވެ.
އެ ކޮލެޖުގެ އެޑްމިޝަނާ ބެހޭ އިތުރު މައުލޫމާތު އެޕްސަމް ކޮލެޖް މެލޭޝިއާގެ ވެބްސައިޓުން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ އެވެ.