މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ޓީޗަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހޯކްސްގެ ފަރާތުން ސްމާޓް ރީފިއުލިން ވައުޗަރުތަކެއް ހަދިޔާކޮށްފި އެވެ.
މި ވައުޗަރުތައް ހަދިޔާކުރީ މާލޭގެ އިތުރުން އެކި އަތޮޅުތަކުގެ ސްކޫލުތަކަށެވެ. މިއީ 'ހޯކްސް ޕްލަސް' އެޕްލިކޭޝަން މެދުވެރިކޮށް ރިޑީމްކުރުމަށް ފަހު، ތެޔޮ އެޅުމައް ބޭނުން ކުރެވޭނެ ވައުޗަރުތަކެކެވެ.
ހޯކްސްއިން ބުނީ މިއީ ޓީޗަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ ހާއްސަ ހަދިޔާއެއް ކަމަށެވެ.
ޓީޗަރުންނަކީ މުޖުތަމައު ބިނާކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއްބައި ކަމަށާއި މިއީ ކުޑަކުދިންގެ ސިކުނޑިތައް ބައްޓަން ކުރުމުގައި ކެތްތެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ބައެއް ކަން ހޯކްސްއިން ފާހަގަކުރި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ޓީޗަރުން ދަރިވަރުންނަށް ދޭ ފިލާވަޅުތަކާއި އިރުޝާދާއި ހިތްވަރަކީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގެ މުހިންމު ބިންގަލެވެ.
ހޯކްސްގެ މޮބައިލް އެޕްލިކޭޝަން 'ހޯކްސް ޕްލަސް' އަކީ ތެޔޮ އެޅުމުގެ ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދޭ މޮބައިލް އެޕެކެވެ. މި އެޕް މެދުވެރިކޮށް ރަޖިސްޓަރީވުމާއި އެކައުންޓަށް ފައިސާ މީޓަރު ކުރުމާއި (ރީޗާޖުކުރުން) އަދި ތެލަށް ފަސޭހައިން ފައިސާ ދެއްކޭނެ އެވެ.
މި ހާއްސަ އެޕް ބޭނުންކުރާ މިންވަރަކުން ޕޮއިންޓު ވެސް ލިބޭނެ އެވެ. މި ޕޮއިންޓްތައް ކުރިއަށް އޮތް ތަނުގައި ތެޔޮ އެޅުމަށް ބޭނުންކުރެވޭނެ އެވެ.