މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މިއީ ރާއްޖޭގެ އަތޮޅުތަކުގައި ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ބޭންކިންގެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ގާއިމުކުރި ހިދުމަތެއް ކަމަށް އެމްއައިބީއިން ބުންޏެވެ.

ފުނަދޫގެ ސޭލްސް ސެންޓަރާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު  ހަސަން ޒަރީރާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އާދަމް ހުސައިނާއި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ އަދި އެ ބޭންކުގެ ސީއެފްއޯ އަލީ ވާސިފްއެވެ.

އެމްއައިބީގެ ފުނަދޫގެ ސޭލްސް ސެންޓަރާއި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެ އެވެ. އޭގެ ސަބަބުން ފުނަދޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ރަށުގައި ތިބެގެން ރައްކާތެރި އަދި ފަސޭހަ ގޮތަކަށް މާލީ ހިދުމަތްތައް ލިބޭނެކަން އެމްއައިބީއިން ފާހަގަކުރެެ އެވެ.