ވިޔަފާރި / ވެމްކޯ

އަންގާރަދުވަހަށް ތައްޔާރުތަ؟ ކުނި އުކަން ބޮޑު ބަދަލެއް އަންނާނެ

ވެމްކޯއިން ކުނި އުކަން ގެންގުޅޭ ވެހިކަލެއް-- ފޮޓޯ: މިހާރު

ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދަށް އަންނަ އަންގާރަ ދުވަހު އަމަލްކުރަން ފަށާއިރު މިހާތަނަށް މާލޭގެ 7000 ގޭބިސީ ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ކުރިން މި ގަވާއިދަށް އަމަލްކުރަން އޮތީ ޖުލައި 1 ގަ އެވެ. އެކަމަކު މާލޭގައި ހިމެނޭ 27،000 ގޭބިސީގެ ތެރެއިން އޭރު ރަޖިސްޓްރީކުރީ އެންމެ 1500 ގޭބިސީކަމުން، އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އޮގަސްޓް 1 އަށް ފަސްކުރީ އެވެ.

މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު ކުނި އުކުމުގެ މަސައްކަތްތަކަށް ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ. އެންމެ ބޮޑު ބަދަލަކަށް ވާނީ، ބައިސްކަލްތަކުގައި ހާމަ އަށް ފެންނަ ގޮތަށް ކުނި އުކުން ހުއްޓިގެން ދިއުމެވެ.

ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާނީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުންނެވެ. އެ ގަވާއިދު ބުނާ ގޮތުން، ކުނި އުފުލާ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާ ނަމަ އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ވަސް ނުފެތުރޭ ގޮތަށް ރަނގަޅަށް ނިވާކޮށްފަ އެވެ.

ބައިސްކަލުގައި ކުނި އުފުލަންވާނީ، ކުނި އަޅަން ހާއްސަ ފޮށިގަނޑެއް ހަރުކޮށްގެން ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

"އެ އުޅަދެއްގެ ފޮށިގަނޑަށް ވުރެ އުސްކޮށް ކުނި ބަރުކުރަން ވާނީ އެ އުޅަނދުގެ ފޮށިގަނޑުގެ ދެ އަރިމަތީ ފިލަ އާއި ފަހަތު ފިލާ އެކުލެވޭ ގޮތަށް ފޮށިގަނޑެއް ހަދައި، އުފުލާ ކުނީގެ އެއްވެސް މިންވަރެއް ބޭރަށް ނޭޅޭ ގޮތަށް ރައްކާތެރިކަމާ އެކު އެތެރޭގައި ކުނި ހިފެހެއްޓިފައި ހުންނަ ގޮތަށް،" ކަމަށް އަލަށް އަމަލުކުރަން ފަށާ ގަވާއިދުގ ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ވެމްކޯ އިން ވަނީ ތައްޔާރުވެފައި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކެއްގައި ވެސް ކުނި އުކުމުގެ މަސައްކަތް، އެކަމަށް ހާއްސަ ވެހިކަލްތަކުގައި އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

އާ ގަވާއިދާ އެކު ވެމްކޯގެ މަސައްކަތްތައް އިތުރުވެގެން ދާނެ އެވެ. އެކަމަށް އެ ކުންފުނިން ވަރަށް ބޮޑަށް އަންނަނީ ތައްޔާރު ވެސް ވަމުންނެވެ.

އެ ކުންފުނިން މަހަކު 150ރ. އަށް ކުނި އުކުމުގެ ހިދުމަތް ދޭއިރު، މިހާރުވެސް 1500 ގެއަކުން ހިދުމަތް ހޯދަ އެވެ. އެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެނީ، މާލޭގައި ކުނި އުކާ ބިދޭސީންގެ މަސައްކަތްތައް އާ ގަވާއިދުގެ ދަށުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެގެން ދާނެތީ އެވެ.

ވެމްކޯ އިން ކުނި އުކުމުގެ މަސައްކަތްތައް ދެ ގޮތަކަށް ކުރިއަށް ގެންދެ އެވެ. އެއީ ރަޖިސްޓްރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ. ޑަސްބިން ބަހައްޓައިގެން ކުނި އުކާ ނަމަ ފީ އަކީ މަހަކު 100ރ. އެވެ. އެޕާޓްމަންޓަށް ގޮސް ކުނި ނަގާ ނަމަ މަހަކު 150ރ އެވެ.

ކުނި އުކުމަށް ވެމްކޯ އިން ބޭނުން ކުރަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އެކަމަށް ހާއްސަ، ފަހުގެ ވެހިކަލްތަކެވެ.

އޮންލައިންކޮށް ވެމްކޯގައި ރެޖިސްޓްރީ ކުރެވޭނެ

ވެމްކޯގެ އޮޕަރޭޝަންސް ޑައިރެކްޓަރު ފާތިމަތު ޝަންވީލާ ވިދާޅުވީ މިހާރު އެ ކުންފުނީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ހިދުމަތަށް އެދުމާ އެކު، ފަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން އޮންލައިންކޮށް ރެޖިސްޓްރީ ކުރުމަށް މިއަދު މާލޭގައި ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ކުންފުނީގެ 70 މުވައްޒަފުން ނިކުމެ، މާލޭގެ 19 ސަރަހައްދެއްގައި އެ ކެމްޕޭން މިއަދު އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ޝަންވީލާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 27000 ގޭބިސީއަށް ކުނި އުކުމުގެ ހިދުމަތް ދިނުން. އެ ވަރަށް އަޅުގަނޑުމެންގެ ކުންފުނިން ވަނީ ތައްޔާރުވެފައި. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ކުނި އުކަން ދިވެހި މުވައްޒަފުން ނެރުމަށް ކެމްޕޭނެއް ވެސް ފަށާނަން. އަމާޒަކީ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުން،" ޝަންވީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރީ ކުރާ ގެއަކުން ކުނި ނުގެންދެވިއްޖެ ނަމަ އެގެތަކުން ކުނި އުކަން ހާއްސަ ޓީމެއް ކަނޑައަޅާފައިވާ ކަމަށެވެ.

އޮންލައިންކޮށް ރަޖިސްޓްރީވާން ބޭނުންނުވާ ފަރާތްތަކަށް ވެމްކޯގެ އޮފީހަށް ފޯމް ލައިގެން ވެސް ރެޖިސްޓްރީ ކުރެވޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

WAMCO Service Registration

WAMCO Service Registration

ގަވާއިދަށް އަމަލު ކުރުމުގެ ކުރިން ވެމްކޯގެ ހިދުމަތަށް އޮންލައިންކޮށް ރެޖިސްޓްރީ ކޮށްލައްވާ!

31 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 6%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިނީ

01 August 2017

ހީވަނީ މާގިނައިން ކޮމެންޓް މިކުރަނީ ބަންންގާޅީން ނާއިހތާވާ ގްރޫފް ހެން.ބަންގާޅިއެއް ގެޔައް ވަނަސް އެއްވަސްކޮއްލާނެ އެވަރުގޮނޑުބަޔަކުލައްވާ ކުނި ނޫކިގެނެއް ނޫޅެން. ބަންގާޅީންނާ އިންނަ ފާާޓީ ކޮމެންޓް ތައް ގިނަ

The name is already taken The name is available. Register?

މަމެން

30 July 2017

ފޯމުލީތާ މިއަދަށް މިވީ ތިން ހަފްތާ. ފަސްދުވަސްތެރޭ ކުނިބަލާ އަންނަ ގުޅާނަމޭ ބުނި. ހަބަރެއް ނުވެގެން ފޯނުކުރީމަ ހޮޓްލައިންއަކުން ފޯނެއް ނުނަގާ. ވެމްކޯ އަށް ދިޔައީމަ ބުނީ ގުޅާފަ ޝަކުވާ ކުރާށޭ. އަނެއްކާވެސް ގުޅީމަ ހޮޓްލައިން ހަމަ ބިޒީކަމުން ކޯލްއަކަށް އެޓެންޑް ނުކުރޭ. 1 ވަނަ ދުވަހުން ފެށިގެން މިގޭ ކުނިކޮތަޅު ދޫކޮށްލާނީ މަގުމައްޗަށް. ވަރަށް ސަލާން.

The name is already taken The name is available. Register?

ގަޅިބެ

30 July 2017

އެއޮތީ ރަޖިސްޓްރީކޮއްފަ. މިއަންނަ މަހުންފެށިގެން މިގޭގެ ކުނި އުކާލަންް އަންނަ ބަންގާޅީއެއްނާންނާނެ. މިގޭގެ ކުނި އުކާލަދޭން ވެމްކޯގެ މީހުން ނާތުވެއްޖެއްޔާ މިގޭ ކުނިކޮތަޅު ހަމަގައިމުވެސް މިގޭތެރެޔަކު ނުހުންނާނެ. ވެމްކޯ މީހުން ޖެހޭނީ އެކޮތަޅު ހޯދައިގެން އުކާލަން.

The name is already taken The name is available. Register?

އަލީޝާކިރު

30 July 2017

ވެމްކޯ އަދި ތިއުޅޭ ގޮތަކުން ތިކަމެއްނުވާނެ، ތިއުޅެނީ މުޅި މާލެ ކުނިކޮއްލަން. މާލޭގަ 2700 ގެ ހުރިއިރު އަދި ރަޖިސްޓްރީ ކުރީ އެންމެ 7000 ގެ. އެވަރުންވެސް ތިއުޅެނީ ކޮންމެ ދުވަހަކު އުކާނުލެވިގެން ބައެއް ގޭގެޔަށް ދެދުވަހުން އެއްދުވަހު ދާކަން އެއީ ހަގީގަތް. މިއަންނަ މަހުންފެށިގެން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާ ޖޫރިމަނާ ކުރާނަމޭ ބުނާއިރު، ރަޖިސްޓްރީ ކޮއްފަ ތިބި ފަރާތްތަކަށްވެސް އަދި ކުނިއުކާލުމުގެ ޚިދުމަތް ނުދެވިގެން އުޅޭއިރު 2700 ހާސް ގެއިން ކުނި އުކާލެވޭނެގޮތެއް ނުވިސްނުނު.

The name is already taken The name is available. Register?

ހިސްޓޯބްރޯ

30 July 2017

5 ދުވަހޭ؟ މިކަހަލަކަމަކަށް 5 ދުވަސް ބޭނުންވޭ؟

The name is already taken The name is available. Register?

ދިވެހިމީހާ

30 July 2017

ބަންގާޅު މީހާ ނުގަވައިދުން ހުއްޓަސް ކުނިކޮތަޅު ގަވާއިދުގެ ދަށުން ގެންދޭތޯ ބަލާތި

The name is already taken The name is available. Register?

އަބޫ

30 July 2017

މިހާ ރެޖިސްޓްރޭޝަންގެ ކަންތައް ދިގު އޮފީހެއް ނުދެކެން. އަލަށް ރަޖިސްޓްރީކުރަން 5 ދުވަސް ނަގަންވީ ސަބަބެއް ނޭންގުނު. މުއުޅެނީކީ އެއް ގައުމުން އަނެއް ގައުމަށް މައުލޫމާތު ފޮނުވާ ކަށެއްނޫން. މިޔޮށް ޓެކްނޮލޮޖީ ރަގަޅުޒަމާނުގަ މިހާ ދިޔުޅި ދިގުކޮށް ކަންކަން ރާވަނީ ވަރަށް ތަންދޮރު ނުދަންނަ އިސްވެރިންތަކެއް ތިބިތަނަކަށް ވާތީ

The name is already taken The name is available. Register?

ބޮން

30 July 2017

މީގައި ދިމާވާނެ މައްސަލައަކީ ގަވާއިދުން ކުނިބަލާ ނައުމެެވެ. މާލެ ކަހަލަ ކުދިކުދި ތަންކޮޅުކޮޅުގައި ގިނަ ބަޔަކު އުޅޭއިރު ދުވަހުން ދުވަހަށް ކުނި އުކާ ނުލެވޭނަމަ އެކަމުގެ ނުރަގަޅު އަސަރު ވަރަށް ބޮޑުވާނެއެވެ. ބަންގާޅު މީހާ އެއްފަހަރު އައިސްގެން ނުގެންދެވިއްޖެނަމަ ދެވަނަ ތިންވަނަ ފަހަރަށްވެސް އާދެއެވެ. މިހާރު ރަޖިސްޓްރީކޮށްފައިވާ ގެތަކަށްވެސް ގަވާއިދުން ނާދެވެއެވެ. އަދި ގޭގާއި މީހަކު ނޫޅޭނަމަ ދެވަނަ ފަހަރަށް ބަލައެއް ނުަލައެވެ. މިކަހަލަ އެތަކެއް އުދަގޫތަކެއް ހުރުމުން ފުރަތަމަ ކޮޅުގައި ވަކިވަކި ފަރުދުންނަށް ސައިކަލްގައި އަމިއްލަ ގޭގެ ކުނި އުކާލެވޭނެ ފަސޭހަ ގޮތެއް އޮންނަންޖެެހެއެވެ.

The name is already taken The name is available. Register?

ބަޝް

30 July 2017

އަހަރެން ތި ވެމްކޯގައި ރެޖިސްޓްރީކޮށްގެން ކުނި އުކަން އެފަރާތުން، ފައްޓާނެ ދުވަހެއްކަމުގައި ބުނެފައިވާ މިހިގާމަހުގެ 22 ވަނަދުވަހަށް ވަރަށް ބޮޑަށް ތައްޔާރުވި މީހެކެވެ. އަދި އެދުވަހު އެފަރާތުގެ ހޮޓްލައިން އާވެސް ގުޅާ ކުނި ނުގެން ގޮސްގެންވެސް ގުޅުމުން ބުނީ 22 ވަނަ ދުވަހުގެ ރޭ ގެންދާނެކަމަށެވެ. އެކަމަކު ކުނި ނުގެންދެއެވެ. މިގޮތަށް މިހާރު އެތަނާ ކޮންމެ ދުވަހަކު 1 ފަހަރު ގުޅުމުންވެސް ބުނަނީ މިރޭ ގެންދާނެކަމަށެވެ. އެކަމަކު މިއަދާ ހަމައަށްވެސް ވެމްކޯއަށް އެކަމެއް އަދި ވެފައި ނުވުމަކީ ކުންފުނި ބަދުނާމުވެ، އަގުވެއްޓުމެވެ. ކަންކަން ކުރަން އުޅެންވާނީ، އެކަމަށް ގާބިލްކަން ހުރެގެންނެވެ. އެފަދަ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގާބިލްކަމެއް ތި ވެމްކޯގައި އަދި ނެތްކަން މިދެންނެވި ކަންތަކުން ދޭހަވެއެވެ. ވެމްކޯއަށް މިމަސައްކަތް ކުރިއަށް ގެންދިއުން ހަވާލުކުރުމަކީ މާލެތެރެ ހަޑިވެ، މުޑުދާރުވެ، މާލެ ކުނި ގޮޑަކަށް ބަދަލްވުމެވެ.

The name is already taken The name is available. Register?

ބޮޑުރިޔާ

30 July 2017

އަހަރެން އުޅޭގައަށް ކުނިއުކާލަން ދެހަފްތާ ވަރުއައިސް މިދިޔަހުކުރުދުވަހު ކުނިއުކާލަން ނައީމާ ހޮނިހިރު ދުވަހު އަމިއްލަ އަށް ކުނިކޮތަޅު ހިފައިގެން ގޮސް ސަކުވާކުރީމާ ބުނީ ވިއްސާރަވެނުދެވުނީއޭ ވިސްނާލަ ބޮލުންކަޓުވާލި ގޮތް އެމީހުންނަށް ނޭގެއޭ ކޮންމެދުވަހަކު ކުނި ނޫކާލާއިފިނަމަ އެއިންދުވާނެ ނުބައިސް އެއކަލަ ބަންގާޅީ ސޮރު ހުރީއިރު ތެމިފޯވެގެން އައިސްވެސް އެއުކާލަ މަހަކު ދޭންޖެހެނީ 100 ރުފިޔާ އެގޮތް މާރަނގަޅެއްނުންދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!