ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޓެކްނިކަލް ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
23 އޯގަސްޓް 2017 - 16:03
މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ދެނެގަތުމަށާއި އެ މައްސަލައަށް ހައްލެއް ހޯދަން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއްކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ނެޓްވޯކުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން 11:15ހާއިރު ކަރަންޓު ކެނޑުމަށްފަހު އަލުން ކަރަންޓު ދީ ނިމުނީ ދަންވަރު 1:30 ހާއިރު އެވެ.
ރޭ މާލޭގެ ބޮޑު ބަޔަކު ދެގަޑިއެއްހާ އިރަށް ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން ދިރާސާކުރަން އެ ކުންފުނިން އަގުތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"މާލޭގެ މިހާ ބޮޑު ޕޮޕިއުލޭޝަނަށް [އާބާދީ] އަކަށް އިފެކްޓް [އަސަރު] ނުކުރާނެ ގޮތަށް ސިސްޓަމް ރީ ޑިޒައިންކުރުމުގެ މަސައްކަތް މިކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ މާލެއިން ކަރަންޓު ކެނޑެނީ އެއްގޮތަކަށް ވެސް ކަރަންޓު އުފެއްދޭ މިންވަރު މަދުވެގެނެއް ނޫން ކަމަށެވެ. ނެޓްވޯކަށް ދިމާވާ މައްސަލައަކުން ކަރަންޓު ކެނޑުނު ނަމަވެސް، ކެނޑޭ ވަގުތު ކުޑަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގެ ހައްލެއްގެ ގޮތުން ސަރުކާރުން އެބަހިންގާ ބޮޑު ދެ ޕްރޮޖެކްޓެއް. މާލެ- ހުޅުމާލެ އިންޓަ ކަނެޓް ޕްރޮޖެކްޓް އަދި ހުޅުމާލޭގައި ބެހެއްޓޭ 50 މެގަވޮޓްގެ ޕަވާ ޕްލާންޓް ގާއިމުކުރުމުން ކަރަންޓު ކެނޑުމުން ދިމާވާ މައްސަލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ސިސްޓަމަކީ ގިނަ ދުވަސްވެފައިވާ ސިސްޓަމަކަށްވުމުން ސިސްޓަމްގެ މައްސަލަތަކާ ގުޅޭ ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާ މައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
ޑިރެކްޓަރު އިބްރާހިމް ރައޫފް ވިދާޅުވީ މާލެއިން އެހާ ގިނަގިނައިން ކަރަންޓު ކެނޑުމުންނުދާ ކަމަށެވެ. އަދި މާލެއިން ކަރަންޓު ކެނޑެނީ ނިސްބަތުން ވަރަށް މަދުން ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.
"ނިސްބަތުން ވަރަށް މަދުން ކެނޑެނީ. އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކަށް ބެލިއަސް ކަރަންޓު މާލެއިން ކެނޑޭ ނިސްބަތް ކުޑަވާނެ. މާލެއިން ކަރަންޓު ކެނޑެން ދިމާވަނީ ނެޓްވޯކުގެ މައްސަލައަކުން ޖަނަރޭޓަރެއްގެ ޓެކްނިކަލް މައްސަލައަކުން،" އޭނާ ވިދާޅުވި އެވެ.
ރައޫފް ވިދާޅުވީ ރޭގަނޑު ކަރަންޓު ކެނޑުމުން އެ މައްސަލަ ހައްލުކުރަން ވަގުތުތަކެއް ހޭދަވަނީ، ދަންވަރު ޑިއުޓީގައި ތިބޭ މުވައްޒަފުން މަދުވުމުން މައްސަލަ ދެނެގަތުމަށް ވަގުތުތަކެއް ނަގާތީ ކަމަށެވެ.
"ގިނަ މުވައްޒަފުން ތިބޭނީ ނިދާފައި. އެ މީހުން އަލުން އޮފީހަށް އައިސް އެކަމަށް އެޓެންޑްކުރަން ވަގުތުތަކެއް ނަގާނެ. އަޅުގަނޑުމެން ވެސް ގަބޫލުން އެހެން ފަހަރުތަކަށްވުރެ ރޭގައި ކަރަންޓު ކެނޑުނު ވަގުތު ދިގުވެގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
ރައޫފް ވިދާޅުވީ އެ ކުންފުނީގެ ނެޓްވޯކު ގާއިމުކުރެވިފައިވާ ގޮތުން ކަރަންޓު އަލުން ދިނުމަށް ސަބްސްޓޭޝަންތަކަށް ދާން ޖެހޭ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފުލް އޮޓޮމޭޝަން ސިސްޓަމަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެގުރި
23 August 2017
ލާރިގަޑެއް ޕަކަޅާ ކޮއްލަން ތިއުޅުއްވަނީ ..ތިކަހަލަ ދިރާސާއަކުން ދުވަހަކުވެސް ނަތީޖާއެއް ނުނެރެވެނެ./.....
ސައްދާމް
23 August 2017
ބޮޑު މުސާރަ ދީފައި ވަޒީފާގައި ތިބި މީހުންނަށް އެކަން ޙައްލު ނުވާނަމަ އެމީހުންގެ ބޭނުމަކީ ކޮބާ......... އެހެން ނޫނީ ތިއުޅެނީ ކޮންމެވެސް ބަޔަކާ ހަވާލުކޮށްފައި ކޮރަޕްޝަންގެ ޢަމަލެއް ހިންގަން........... ނުވަތަ ވަޒީފާ ދީފައި ވަނީ ސިޔާސީ ބޭނުމަށް އެކަމަށް ގާބިލު ނޫން ބަޔަކަށް..............
ރަދީފް އެންޑް ރަފައިދާ
23 August 2017
އިތުރު ދައުރެއް ބޭނުންވާނެދޯ ކަރަންޓު މައްސަލަ ހައްލުކުރަން.
ހައުކަމް
23 August 2017
މާލޭގައި ކަރަންޓް ކެނޑޭ މިންވަރު ދަނެގަންނަން ދިރާސާ އެއްކޮށްލެވޭނެ މީހަކު ސްޓެލްކޯ ގައި ހަމަ ނެތީތޭ. މާލޭގެ ހިސްޓްރީ އެންމެ ރަނގަޅަށް އިނގޭނީ ތަމެންނަށް ނޫންތޭ. ދެން އަލަށް 3 ދުވަހަށް ނުވަތަ މަސް ދުވަހަށް މާލޭން ބޭރު ގައުމަކުން އަންނަ މީހަކު ހަދާ ދިރާސާ ދިމާނުވާނެއެވެ. މިހާރުވެސް ސްޓެލްކޯ ގެ ބޮޑު އިންޖީނުގޭގައި އިންޖީނު ތައް ބެހެއްޓީ އެއީ ބޭރު ގައުމު ތަކުގެ މީހުންގެ ދިރާސާ އެވެ. ދުވަހަކު ވެސް އެމެންގެ ދިރާސާ ދިމާ ނުވެއެވެ. މީގައި ލޯކަލް ލެވެލް ގައި މިކަން ކޮށްގެން މެނުވީ މިކަމަށް ހައްލެއް ނާންނާނެއެވެ. ރާއްޖޭގައި ތިބި މިބާވަތުގެ މީހުންނާއި ސަރުކާރުގައި ތިބި މިބާވަތުގެ މީހުންނާއި އެކު ޑިބޭޓް ކޮށް ފޯރަމްސް ތަަކަށް ގޮސްގެން ދެން ދިރާސާ އެއް ކުރަންވީ މިކަމަށް. ފައިސާ ގަނޑެއް ދެވިދާނެ ބޭރު ކުންފުންނަކަށް ސްޓެލްކޯ ޕެނިކް ރޫމް އަކަށް ވައްދައިގެން. މަމެންގެ ސުވާލަކީ ބޮޑު ކަރަންޓް ކޭބަލް އަކަށް މާލޭގެ މަގުގައި ކައްޓި ޖަހަނީ އެއީ ސްޓެލްކޯ މީހުން ވެސް އެތަން ބަލަހައްޓަން ތިއްބާ ނޫންތޭ. ހައުކަމް.
އައްޑޫ ރަދުން
23 August 2017
ތިވާނީ ބާއިންޖީނެއްގަ އާކުލަޖައްސައިގެން ސައެއްބޯލީމަ ވީގޮތަކަށް.މިހެން މިބުނީ އިންޖީނު އާކުރިވާހަކަ ބުނިފަހުން ބާއިންޖީނު ހުރި އިރަށްވުރެން ގިނައިން ކަރަންޓް ކެނޑޭކަން.އެހެންވީމަ މިކަމުން ސާފްވޭ އާއިންޖީނެއްގެ ނަމުގަ ކުލަ ޖަހައިގެން ބާއިންޖީނެއް ގެނައީކަން. ދެން މިހާރުގެ ވެރިން ލާރިއަށް ބޫތް ކައިފަ ތިބި ވަރުން މިހެން މިކަހަލަ ކަންތަށް ކުރުމަކީ ދުރުކަމެއްނޫން.އެގަތީނުން ފޫގޮސްފައޮތް ދޯންޏެއްވެސް އާދޯންޏެއްގެ އަގުގަ..
ފުނޯސް
23 August 2017
އަތަށް ގޮވީމަތަ؟؟ ލަދެއް ނުގަނޭބާ؟ ކުރާކަމެއް ނުފެނޭ. ރަށްޔިތުންނަށް ހުރިހާ ދުއްތުރާާލެއް.
ހަމަހޭ
23 August 2017
ވާގޮތްނޭގެނީ ހަމައެކަނި ތިބޭފުޅުންނައް. އެހެން އެންމެނައްއެގޭ އެއީ 10 އަހަރުކުރިޔައް ދިރާސާކުރައްވާފަ ބަހައްޓާ ޓްރާންސްފޯމަރާ އަޅާ ކޭބަލް އައް އަގު ދައްކަނީ 10 ގުނަ ބޮޑުކޮއްފަ. އެކަމަކު އެޅިކޭބަލް އަދި ޓްރާންސްފޯމަރ ގަހުންނަނީ ކިރިޔާ އިންސްޓޯލްކޮއްނިމޭއިރައް ހިފަހައްޓާހާބާރު. 10 އަހަރު ކަޓައް ހުސްވީ.
ހަމަހޭ
23 August 2017
އަވައްޓެރިގައުނުތަކުން ގިނައިންކަރަންޓްކެޑެޔޭ ބުނަން ލަދުނުގަތްކަން ދެއްތޯ. އަވައްޓެރިގައުމުތަކުގަ ކަރަންޓްދޭ އަގުގަތޯ މާލެޔައް ކަރަންޓްދެއްވަނީ. ލަދުގެކަންފުޅެއް ހުރިނަމަވެސް ތިގޮތައްވާހަކަ ނުހުރީސް.