ހާޑް ރޮކް ހޮޓެލް އާއި ހާޑް ރޮކް ކެފޭ ހުޅުވަން ހަމަޖެހިފައިވާ ކ. އެނބޫދޫފަޅުގެ ތޮށިލުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ކުރަނީ.
20 ޑިސެމްބަރ 2017 - 11:30
ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ ހާޑް ރޮކް ހޮޓެލް އާއި ހާޑް ރޮކް ކެފޭ އަންނަ އަހަރުގެ އޮކްޓޯބަރު 1 ގައި ހުޅުވާނެ ކަމަށް ބުނެފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނީ ތައިލެންޑްގެ ސިންގަ އެސްޓޭޓުން ތަރައްގީކުރާ ރާއްޖޭގެ ފުރަތަމަ އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގެ ދަށުން ހުޅުވާ ހާޑް ރޮކް ހޮޓެލް އާއި ހާޑް ރޮކް ކެފޭއާ އެކު 350 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށެވެ.
އެނބުދޫފަޅަކީ ދެކުނުން މާލެއާ އެންމެ ކައިރީގައި އޮންނަ ފަޅެވެ. އެ ފަޅުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 311.5 މިލިއަން ޑޮލަރު އިންވެސްޓްކުރަން ސިންގަ އެސްޓޭޓުން ވަނީ ނިންމައިފަ އެވެ.
ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ހާޑް ރޮކް ހޮޓެލްއަކީ އެ ފަޅުގައި ތަރައްގީކުރާ ތިން ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ. އެގޮތުން އެތަނުގައި މަތީ ފެންވަރުގެ 178 ކޮޓަރި ހުންނާނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި ފެމެލީ ސުއިޓްސް އާއި ބީޗް ވިލާ އަދި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ މޫދު ކޮޓަރި ވެސް ހަދަ އެވެ.
ރާއްޖޭގައި ހުޅުވާ ފުރަތަމަ ހާޑް ރޮކް ކެފޭގައި 185 މީހުންގެ ޖާގަ ހިމެނެ އެވެ. އަދި އިންޑޯ އާއި އައުޓްޑޯގައި ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށާއި އޭގެ އިތުރުން މޫދު ކައިރީގައި ތިބެގެން ވެސް ކެއިން ބުއިމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެބްސައިޓްގަައިވެ އެވެ.
"ރާއްޖެއަކީ ހަނީމޫނަށް އަންނަ މީހުންގެ މެދުގައި ވަރަށް މަގުބޫލް ޒަމާންވީ މަންޒިލެއް. އަޅުގަނޑުމެން ވަރަށް އުފާވޭ ސިންގަ އެސްޓޭޓާ ގުޅިގެން ތަފާތު އެކި ފެންވަރުގެ ޓޫރިސްޓުންނަށް ރާއްޖެ ދައްކާލުމުގެ ފުރުސަތު ލިބޭތީ،" ހާޑް ރޮކް އިންޓަނޭޝަނަލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޓޮޑް ރީކޯ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށް
21 December 2017
ރަންރީނދޫ ޓްވިޓަރޭ މެން ދަ ހޯކްސް ވާހަކަ ފަތުރައިގެން އެނބޫދޫ ފަޅު ތަރައްގީ ނުވާނެ ކަމަށް ހީކުރި ނަމަވެސް އެކަން މަމެން ކުރާނަމޭ މީ އައްޑޫ ހެރެތެރެ އެއް ނޫނޭ ކުރި މަރުވެފައި އޮންނަން. މީ މާލެ ސަރަަހައްދޭ މީރާއްޖޭގެ އިގްތިސާދުގެ ހިތޭ މިތާ ކުރާ އިންވެސްޓްމެންޓް ދެކޮޅު ޖެހޭނެއޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.
ޢަހާނަމަ
21 December 2017
މީގެ 1 މަސްދުވަސް ކުރިން އަޅުގަނޑުގެ ރައްޓެއްސެއްބުނި އެމީހުން ޕްރޮޖެކްޓް ދޫކޮށްލާފަ ހިންގައްޖޭ.. އެއީ އެތަން ގިރާވަރުން ރިސޯޓް ނެހެދިގެންނޭ.. މަ ވަރަށް ދެރަވެސްވި.. އަދި އެކަން ގަބޫލްވެސް ކޮށްގެން މިހުރީ... ދެންތިބުނީ އަންނަ އަހަރު ހުޅުވައޭ... މިހެންވީމަ މިހާރު ތެދު ދޮގު އޮޅޭހިސާބަށް ކަންކަން ގޮއްސި...
ސޮކްތެރެޕީ
20 December 2017
އެމްޑީޕީ ސަރުކާރުގާ ތިބި މިނިސްޓަރުންގެ ޖީބަ ހުރިހާފައިސާތަކެއްލީ މިރާއްޖެ ތަރައްގީކުރާކަ ނޫޅޭއެމީހުން.
ޝަހާމު
20 December 2017
އެއޮތީނޫންތޯ އެމްޓީޑީސީ އާއި އެމްޓީބީސީޓީ. އެތަންތަނުން ރިޒޯޓް ހިއްސާ ކޮންމެ ރައްޔިތަކަށްވެސް އެވަނީ ލިބޭނޭ މަގު ތަނަވަސް ކޮށްދީފައި. ދެން އިންވެސްޓް ކުރަންވީ. އެތަންތަނަށް ނަފާ ލިބެން ފެށުމުން ހިއްސާދާރުންނަށް އޭގެ ފައިދާ ލިބެމުންދާނެ.
ބަރުބާަދު
20 December 2017
ހަމައިގަތޯ؟. އެމްޓީޑީސީގައޮތް ހަމައެކަނި ރައްވެސް ވިއްކާނުލެވިގެން ހަމަނިދި ނުނިދިފައެތިބީ. ވިއްކާލާފަބުނާނެ ކިރިޔާ ހަރަދުސަލާމަތޭވީ.
ޓޭކްއޮން
20 December 2017
ހާރޑް ރޮކް ހޮޓަލާއި އަދި ހާރޑް ރޮކް ކެފޭ އަންނަ އަހަރު އެނބޫދޫ ފަޅުގައި ހުޅުވައިފިނަމަ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބޫސްޓް ވާނެއެވެ. ސާރކްގެ އެއްވެސް ގައުމެއްްގައި އަދި ހާރޑްރޮކް ހޮޓާ އަދި ހާރޑް ރޮކް ކެފޭ އެއް އަޅާފައި ނެތޭ ހަމަ އެކަނި މިއެޅެނީ ރާއްޖޭގައި އޭ އެވެސް މަމެން ޕިންކީންގެ ވެރިކަމުގައޭ މީ އުފާ ކޮށް ލަވަކިޔާ ރޮކް ޑާންސް ޖައްސަން ޖެހޭ ކަމެކޭ. ޓު ޑޭ އިޒް އެނަދަރ ޑޭ އައި އޭމް ގޮނާ ހޭވް އަ ރޮކް ޑާންސް. ޓޭކް އޮން މީ ޓޭކް އޮން މީ ޓޭކް މީ އޮން..
ސަމަރޭ
20 December 2017
ބަޑީ އިންޑިޔާގަ އެބައޮތް ހާރޑްރޮކް ކެފޭތަށް އުކާފަ، ވާނުވާ ގަޅިނުވެބަލަ
އަލީ.
20 December 2017
ރިސޯޓު ހިއްސާކޮބާ ޔާމިނައް އަދިވެސް ވޯޓުދޭނަންތަ މިހާރު ރަނގަޅައް ރިސޯޓު ހިއްސާލިބިފަ ހުންނާނީ