ވިޔަފާރި / ހޮޓެލިއާ މޯލްޑިވްސް މެގަޒިން

ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ ފޯރަމް ފަށައިފި

ކުރުނބާ މޯލްޑިވްސް މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމްގައި ބަންދު ސަލީމް ވާހަކަދައްކަވަނީ.

ކުރުނބާ މޯލްޑިވްސް އިން،  އަބްދުﷲ ޖަމީލު، މިހާރު

18 އެޕްރީލް 2018 - 12:33

3 comments

ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ކުރުނބާ މޯލްޑިވްސްގައި ފަށައިފި އެވެ.

މިފަހަރުގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ 40 އަށްވުރެ ގިނަ ކުންފުނިން 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ޖެނެރަލް މެނޭޖާސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕްރިއާ ގްރޫޕްގެ ފައުންޑިން މެމްބަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެ، ތަރައްގީވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބަންދު ސަލީމް ވަނީ ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ 45 އަހަރުގެ ތެރޭގައި އަައިސްފައިވާ ބަދަލު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯއާ އެކު ހުށަހަޅުއްވައިދެއްވައިފަ އެވެ.

"އޭރު އެއާލައިނެއް ނެތް، ޝިޕިން ލައިނެއް. ރަނގަޅު އެއާޕޯޓެއް ވެސް ނެތް. އެކަމަކު މިހާރު އެތައް އެއާޕޯޓެއް އެބައޮތް. އެތައް އެއާލައިނެއް ކޮންމެ ދުވަހަކު ޓޫރިސްޓުން ގޮވައިގެން އާދޭ. މިހިރީ މިހާރު މި އިންޑަސްޓްރީ ކުރިއަރާފައިވާ މިންވަރު،" ޓޫރިޒަމް ފެށިގެން އައި ދުވަސްވަރުގެ ފޮޓޯތައް ދައްކަވަމުން ބަންދު ސަލީމް ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސް މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމްގެ ބައިވެރިން.

ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރު ރިސޯޓުތަކުގެ ކޮޓަރިތައް ދައްކަވާލައްވަމުން އޭނާ ވިދާޅުވީ އޭރު ކޮޓަރިއެއް ވިއްކީ ރެއަކަށް 15 ޑޮލަރަށް ކަމަށާއި މިހާރު އެންމެ ދަށްވެގެން ރިސޯޓަކުން ކޮޓަރިއެއް ލިބެނީ 200 އެއްހާ ޑޮލަރަށް ކަމަށެވެ. އަދި ޔޫރަޕްގެ ފިނި މޫސުމުގައި އޭރު ރެއަކަށް ގާތްގަނޑަކަށް 75 ޑޮލަރަށް ކޮޓަރިއެއް ވިއްކި ކަމަށް ވެސް ބަންދު ސަލީމް ވިދާޅުވި އެވެ.

"އޭރު ހުޅުލެއިން ރިސޯޓަށް ޓްރާންސްފާ އުޅެނީ ބޮލަކަށް އެއް ޑޮލަރު. ތި ބޭފުޅުން މިހާރު ހައިރާން ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އެ ފޯރަމްގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މައުލޫތަކަށް ބައިވެރިން ވާހަކަދައްކަވައި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މި ފޯރަމްގައި ޓޫރިޒަމް ދާއިރާގައި ރާއްޖެ އާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކޮކޯ ކަލެކްޝަން، ޝަންގްރިލާ ހޮޓެލްސް، ސޮނޭވާ، ވަން އެންޑް އޮންލީ، އައިއެޗްޖީ ހޮޓެލްސް، ބެލިއޯނީ ހޮޓެލްސް، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިޒޯޓްސް، ފެއަމޮންޓް، ޑައެމަންޑް ރެޒޯޓްސް، ޖުމެއިރާ، ސިނެމަން، އަދާރަން، ޔުނިވާސަލް ރިސޯޓްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެ އެވެ.

3 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހަށްދޭދޭ

18 April 2018

ހުސް ބޭރު ދޮން މީހުން ދޯ ތިޔާ ތަނުން ތިޔާ ފެންނަނީ ޖީއެމް މެން ގެ ގޮތުގައި ތިބެގެން ވާހަކަ ދައްކާ ތަން. ތިޔާ މީހުންނެކޭ އަލިފުދާލުން ރާއްޖެ އަށް އެކި ކަންކަމުގައި އަންނަ މީހުންނެކޭ ތަފާތެއް ނޯންނާނެއޭ. ތަމެން ތިޔާ ފޯރަމް ބާއްވަނީ ރާއްޖޭން ބޭރު ދޮން ޖީއެމް މެންނަށް އިތުރު ފުރުސަތު ދީ އެމެން ޕްރޮމޯޓް ކުރުމަށެވެ. ތީގެ ސަބަބުން ދިވެހި އިގްތިސާދަށް ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ. ކޮބާތޭ އެންމެ ފަހުން ތަމެން ބޭއްވި ފޯރަމް ގެ އައުޓް ކަމް އަދި އެއިން ހާސިލް ވި މިންވަރަކީ ކޮބައިތޭ. އެއީ ބައްލަވާ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއް ތޭ މަމެން މިޔާ ފޯރަމް މި ބާއްވަނީ އަނެއް ހެން ޕްރޮޕެގެންޑާ ފަތުރާލާ މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ އެއް ހޯދުމުގެ ނިޔަތުގައި ކަން ތަމެންނަށް އިނގެންވާނެއޭ ބުނަން މަމެން ނެތީމު ދޯ. ދެން އެހެންވީއިރުން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

The name is already taken The name is available. Register?

އިބަ

18 April 2018

އަބަދުވެސް މިއިވެނީ ހިލްޓަން ފޯސީޒަން .އަހަރެމެން ދިވެހިން ފަހުރުވެރިވާފަދަ ރާއްޖޭގެ ބްރޭންޑެއް ދިވެހި ދޮންވެލި ގޮޑުދޮށުން ބޭރައް ނުކުންނާނީ ކޮންއިރަކުންބާ.

The name is already taken The name is available. Register?

އުމަރު

18 April 2018

ބަންދު ވިދާޅުވިތޯ އެއިރު ދިވެހިން ޓޫރިޒަމްގެ ދާއިރާގައި ތިބި މިންވަރު، ދިވެހި އޯނަރުން، ދިވެހި މުއައްޒަފުން، މިހާރު ބޭރު މީހުންގެ ނިސްބަތް، ސަރުކާރުގެ ސިޔާސަތު، އެއިރު ސަރުކާރުން ދިވެހިންނަށް އިސްކަން ދިނުމަށް ބީލަން ހުށަހަޅައިގެން ރިސޯޓްތަށްދިނީ، އަދި އެޑްވާންސްކޮށް 5 މިލިއަން ޑޮލަރު ނެގުމުގެ ބަދަލުގައި ރިސޯޓްތަށް ތަރައްޤީނުވާ ހިސާބަށް ރިސޯޓްތަށް ގެންދިއުމަށް ސަރުކާރުން ފައިސާދިން އަމިއްލަ ފަރާތްތަކަށް، އެއިރު މާރަނގަޅަށް ތިމާވެށި ރައްކާކުރެވުނު، މިހާރު ޖެހިގެން އޮތް ރިސޯޓްގައި ފަޅު ހިއްކާއިރު ރޭގަނޑުގެ ވަގުތުގައި ހިންކައި ދުވާލުވާއިރު މުޅި ހިސާބު އޮންނަނީ ކިސަޑު ގަނޑެއްހެން އަދި ކުނިތަކާއި ވެލިތަށް އޮންނަނީ ފަރުމައްޗަށް އަޅާފައި، އެކަން މިހާރު ބެލެހެއްޓޭތޯ؟ ޓޫރިޒަމް ތަރައްޤީވިއިރު ދިވެހިންގެ ޖީބަށް އައި ލުއިކަމެއް ދެއްކުނުތޯ؟ ދިވެހިން އެވިޔަފާރީގެ ތެރެއަށް އިތުރުވިތޯ؟ އަދި ރިސޯޓް ތަރައްޤީކުރުމުގެ ދާއިރާއިން ކިތަށް ކުންފުނިތޯ ކުރިއަރައިގެން ދިޔައީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454