މާލޭގެ އަމީނީ މަގުގައި ހުންނަ ދިރާގުގެ މައި އޮފީސް. އެ ކުންފުނިން ވަނީ އިންޓަނެޓް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށްފައި --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
01 ޖުލައި 2018 - 14:22
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އެލަވަންސް އިތުރުކޮށް، ކަސްޓަމަރުންގެ ފޯނަށް ޔޫސޭޖް ނޮޓިފިކޭޝަން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. އޭގެ އިތުރުން މުޅިން އާ ޕެކޭޖެއް ވެސް އެ ކުންފުނިން ތައާރަފް ކޮށްފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިން ބުނީ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ، އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސް ވެސް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
"ފިކްސްޑް ބްރޯޑްބޭންޑްގެ އެލަވަންސް ހުސްވާން ކައިރި ވުމުން އެސްއެމްއެސްއަކުން އަންގައި ދިނުމުގެ އިންތިޒާމު ވަނީ، ކަސްޓަމަރުންނަށް ނުހަނު ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖައްސާފައި. އެގޮތުން އެސްއެމްއެސް ނޮޓިފިކޭޝަން ލިބޭ ގޮތް ހެއްދެވުމަށް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ލޮގިން ކުރައްވައިގެން ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެ،" އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް ޔޫސޭޖް އެލަވަންސް ފަސޭހަކަމާއެކު މޮނިޓަކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި ހަމަ އެއާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ވެސް އިންޓަނެޓް ޔޫސޭޖް ބެލޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖުތަކަށް ގެނައި ބަދަލާ ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް އޮން ނުވަތަ ބޫސްޓަތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ހުރިހާ ބޫސްޓަރެއްގެ އެލަވަންސް ވެސް ވަނީ އިތުރުކޮށްފައި އެވެ. އަދި 900ރ. އަށް ލިބޭ 100 ޖީބީގެ ބޫސްޓަ މިހާރު ލިބިގެން 790 ރ.އަށް ލިބެ އެވެ.
އެ ކުންފުނިން އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއެކު 350 ރުފިޔާއަށް ލިބޭ ފައިބަ 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ.
ދިރާގުން ބުނީ މުޅި ރާއްޖެއަށް ފައިބަ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ވަނީ ފައިބާ ބްރޯޑްބޭންޑްގެ އިތުރުން އޭޑީއެސްއެލް ގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްޓަމަރު
03 July 2018
ޑޭޓާ ހަމަވީމާވެސް ކުރިން ލިބޭ 1 އެމްބީޕީއެސް. ކަސްޓަމަރުންގެ ލޮލުގައި އަނދުން އަޅުވާވަިއ އެ ސްޕީޑް ދައްކޮއްލީ 256 ކޭބީ އަށް.
ހަސަންފުތު
02 July 2018
ޖީބީ އެލަވެންވެސް އިތުރު ކުރިޔަސް ބޭސިކް ޕެކޭޗްތައް ސްޕީޑް އެވެރެޖްކޮއް 5 އެމްބީޕީ އެސް ވީމަ ކޮންޕެޓިޓާރސް ގެ ސްޕީޑައް ވުރެ ދައް .. އާރްއޯއެލް އިން 6 އެމްބީޕީއެސް 40 ޖީބީ އާއެކު ލިބޭ 399 އަކައް .. އޮފާރސްތައް އަދި މިއައްވުރެ ރަގަޅު ކޮއްފިޔާ ދިރާގައް ބަދަލު ކުރާނަން .. ދިރާގުގެ އިންޓަރނެޓް ބެކްބޯން އަދި އިންޓަރނެޓް ސްޓެބިލިޓީ އެހެން ފަރާތަކައް ވުރެ ރަގަޅު .. ދިރާގު ޓީވީ ވެސް 300 ރުފިޔާ މަހު ފީ އައްކައް ލިބޭތީ އޯކޭ..
އަޙްމަދު
02 July 2018
މިދިޔަމަހު އަޅުގަނޑުގެ ޕެކޭޖް ބަދަލު ކޮށްލީ 399 އަކުން 550 އަށް. 399ރ ގެ ޕެކޭޖްގައި މަހަކު ދެފަހަރު ބޫސްޓް ކޮށްގެން ގަތްގަނޑަކަށް މަހަކު ދައްކަންޖެހެނީ 600 އައީ 700 ވަރަކަށް ރުފިޔާ. 550ރ ބަދަލު ކުރީ އިތުރަށް ބޫސްޓް ކުރަން ނުޖެހޭނެކަމަށް. އެއީތެދެއް ބޫސްޓް އިތުރަށް ކުރާކަށް ނުޖޭހޭ. 550ރ ބަދަލު ކުރިމަހުގެ ބިލަށް 1200ރ. 399ރ ގެ ޕެކޭޖުން 550ރ ބަދަލު ކުރިއިރު ދިރާގު ކައުންޓަރުން އަހަލީން ކިހިނެއްތޯ މިޖާޖްކުރަނީ. އެތަނުން ބުނެދިނީ މަހުގެ މެދުން ބަދަލު ކުރީމަ ޖާދު ކުރާނީ 399/2 އާއި 550/2. ޖުމްލަ 474.5ރ. އެކަމަކު ބިލް ލިބުއިރު 1250ރ ކޮންތާކުން ކިހިނެތް އައި އަދަދެއްކަމަށްވެސް ރޭކާ ނުލި. 948=399+550 މިއުސޫލުން ބެއްޔަސް މިބިލުން ވާނުވާނޭނގޭ. އެނގޭކަމަކީ އަޑިނޭނގޭ ޗާރްޖެސް ތަކެއް ބިލުގައިވާކަން. ދަންނަވަށް މިއުޅޭ ވަހަކައަކީ އެއްޕެކޭޖުން އަނެއްޕޭކޭޖަށް ކޮންމެ ފަހަރަކު ބަދަލު ކުރުމަކީ އެޑްވާންސް ވައްކަމެއް ކޮށްލަން ލިބޭ ރަނުގެ ފުރުސަތު. ވާނުވާވެސް ނަންގާ ޖީބްކަނޑާލުން.
ޕޮޕް
02 July 2018
ފައިބަރަ ޕެކޭޖްތައްވެސް އެލަވެންސްކޮޅު ހުސްވީމް 1 އެމްބީޕީއެސް އަށް ވައްޓާލާ، ދެންނުވަނެ އެއްވެސް ކަމެއް. އެޑީއެސްއެލްގަ 512 ކޭބީޕީއެސް އަށް ދައްކޮއްލަނީ. މިހާރު ހުރިހާކަމެއްވެސް ކުރަނީ އިންޓަނެޓް އިން...ކިހިނެއްމިވަރުން މިކަން ކުރަނީ...
އޯޝަން ފައިބަރ ކޭބަލް ލައިން އިންްޖިނޭރެއް
02 July 2018
8.9 ޓުރިލިއަން އެމް ބީ ޕީ އެސް ގެ ސުޕީޑުއިންސާނުންގެ ހަމަލޮށް ނުފެންނަވަރައް މަކުރޯ ލެވެލައް އިންޓަރނެޓުގެ ސުޕީޑު ދައްކޮށް ނަންގަވަމުން ގެންދަވާ އަގު ވަރައްބޮޑުކަމައް ފެނެއެވެ. ފައިބަރ ނެަޓުވޯކު ބޭނުންކުރާ އެހެނިހެން ގައުމު ތަކުން ފޯރުކޮށްދެމުންގެންދަވާ ސުޕީ އެތައް ތަނެއްމަތިކޮށް ހުރި އިރު އަގުވެސް ވަރައްބޮޑުތަން އަގުހެޔޮކަން ފާހަނގަ ކުރެވޭ... އަޅުގަނޑުގެ ރިކުއިސްޓެއް ރާއްޖޭގެ ނެޓުވޯކު ތަކުން މިކަންކަމައް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވުމައް.. ކޮންމެ އަހަރީ ރިޕޯރޓުތަކުން ފައިދާ އެތަކެއް މިލިއަނުން ރާއްޖެ ފަދަ ކުޑަ ނެޓުވޯކުތަކުން ހޯދެނީ މިދެންނެވި ސަވަބުރަކުގެ ބޭނުން ގިފައިގެން ކަން ގަބޫލުކުރެވޭ..
ކުޑައަލީ
02 July 2018
އެންގަޑު ކާންދީފައި ކަރުބުޑުގައި ހިފަނީދޯ.
ފައިބަރ އިންޖިނިއަރެއް
02 July 2018
އެމެރިކާގެ ސާންތަ މާރިއާއިން ފެށިގެން މުޅިދުނިޔެ ވަށައިގެން އަޅާފައިވާ މެރިން ފައިބަރ ކޭބަލާއި ލޭންޑު އެއްގަމުމަގުން ފަރުބަދަ ތަކުގެ މަތީންނާއި ކޯރުތައް ހުރަސް ކޮށް އަޅާފައިވާ ކޭބަލުން އެއްވެސް ގޮތަކަށް ވެސް އަސްލު ސުޕީޑުކަމައްވާ 8.9 ޓުރިލިއަން އެމް ބި ޕީ އެސް ގެ ސުޕީޑޫ ކީއްވެތޯ މިހާދަށްކޮށް މިދެނީ ކީއްވެކަމެއް ވިސްނާ ވިސްނާ ނޭގުނެވެ. ޔާގީންވާ ކަމަކީ ފައިބަރ އޮޕުޓިކަލް ކޭބަލުގެ ޑާޓާ ޓުރާންސްފަރ ސުޕީޑަކީ އެކޭބަލްގެ ދިގުމިން ކިތަންމެ ދިގުކަމައްވިޔަސް ސުޕީޑަކަށް އެއްވެސް ބަދަލެއް އަންނަ އެއްޗެއްނޫން.. ވީމާ ސުޕީޑު މިހާރައްތުރެން މަތިކޮށް ތިޔަނަންގަވާ އަގުތައް ބޮޑުތަނުން ހެޔޮކޮށް އެލަވަންސް މަތިކޮށް ދުނިޔޭގެ އެހެނިހެން ނެޓުވޯކުތަކާއި އެއްހަމައެއްގައި ހިފެހެއްޓުމައް ދަންނަވަން...އަހަރީ ރިޕޯރޓު ބިލިއަނުން ފައިދާ ޖެހުމުގެ ބަދަލުގައި ޚިޒުމަތުގެ އަގުވެސް އެބަޖެހޭ ތިރިކޮށް ފެންވަރު ރަނގަޅު ޚިޒުމަތަކައް ބަދަލުވެ އަތްފޯރާ ފަށުގައި ބެހެއްޓުން..
ފެލީ
02 July 2018
ސުޕީޑު ދައްކޮއްލީ ދެންކޮންރަގަޅެއް.
ބޭބެ
02 July 2018
އުރީދޫ މީހުން ރައްޔިތުން ފެލުމުގައި... ވަރަށް ތަފާތު؟
އަތްފުނާ
02 July 2018
ފެންވަރު ރަނގަޅު ހިދުމަތެއް އަދި އެކަށީގެންވާ އަގެއްގައި ބޭނުންނަމަ އުރީދޫ ހިޔާރު ކުރޭ.
ސަމީމާ
01 July 2018
ބޮލުގަ ރިއްސާ ތިހާވަރައް ތި ޕެކޭޖުތަކައް އިރުކޮޅަކާ ބަދަލު ނުކޮއްބަލަ ހަދަންވީ ގޮތެއް ނުހަދަންވީ ގޮތެއްނޭންގި ލާރި އަޅައިރައް އޮންނަނީ ހުސްވެފަ ބޯހަލާކު