24 ފެބުރުއަރީ 2019 - 11:36
ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ވެހިކަލް ލޯނު ތައާރަފްކޮށްފި އެވެ.
ބީއެމްއެލްގެ ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފްކުރި މި ލޯނު ހާއްސަކޮށްފައި ވަނީ އެއްގަމު އުޅަނދު ގަންނަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.
އެއްވެސް ރަހުނަކާ ނުލައި، 500،000ރ އާ ހަމައަށް މި ލޯނުން މާލީ އެހީތެރިކަން ލިބެ އެވެ. ލޯނު ދެއްކުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. ލޯނު ދޫކުރަނީ އާމްދަނީ އަށް ބިނާކޮށްފައެއް ނޫނެވެ.
މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސެންޓެވެ. ބޭންކުގައި ފާއިތުވެދިޔަ 12 މަސް ދުވަހު، އެކައުންޓް ރޯލުވެފައިވާ ނަމަ މި ލޯނު ނެގޭނެ އެވެ. ލޯނު ނަގާއިރު ވެހިކަލްގެ އަގުގެ 20 ޕަސެންޓް ދައްކަން ޖެހޭނީ ގަންނަ މީހާ އެވެ. ބާކީ ބައި ލޯނުގެ ގޮތުގައި ލިބޭނެ އެވެ.
"މި ލޯނަކީ ފަސް އަހަރު ދުވަހަށް އަނބުރާ ދައްކާ ގޮތަށް ބަހާލުމުން ރާއްޖޭގައި މި ވަގުތު، ވެހިކަލް ގަންނަން ދޫކުރާ އިންސްޓޯލްމެންޓް ޕްލޭންތަކުގެ ތެރެއިން އެންމެ ފުރިހަމަ އިންސްޓޯލްމަންޓް ޕްލޭނަށް ވެގެންދާނެ. ކޮންމެ މަހަކު ބޭންކަށް ދައްކާ އަދަދު އެންމެ ކުޑަ އަދަދަށް ވާނެ،" ބަދުރުއްދީން ވިދާޅުވި އެވެ.
ބީއެމްއެލް ވެހިކަލް ލޯނު ނެގުމަށް އެއްވެސް ގެރެންޓާއެއް ބޭނުން ނުވާނެ އެވެ. މީގެ ކުރިން ވެސް ބީއެމްއެލުން ވެހިކަލްތައް ގަތުމަށް ލޯނު ދޫކުރި ނަމަވެސް އަލަށް ތައާރަފްކުރި ލޯނާ އެކު ރަހުނަކާ ނުލާ ވެހިކަލް ގަތުމަށް ލޯނު ހަމަޖެހިގެންދާނެ އެވެ.
ޕިކަޕާއި ކާރާއި ސައިކަލް ފަދަ ތަކެތި ގަތުމަށްޓަކައި މި ލޯނު ނެގޭނީ ބީއެމްއެލްއާ އެކު އެގްރީމެންޓް ހަދާފައިވާ ރަޖިސްޓާޑް ޑީލަރުންނާ އެކު އެވެ. ބީއެމްއެލް ރަޖިސްޓާޑް ޑީލަރުންގެ ގޮތުގައި ހިމެނެނީ ލިޓަސް އާއި އެސްޕާޓް މޮޓޯ ސާވިސްގެ އިތުރުން އާރްއައިކޭއައިބީ އޮޓޯމޮޓޯސް އެވެ.
ކުރިއަށް އޮތް ތަނުގައި އިތުރު ފަރާތްތަކާ އެކު އެގްރީމެންޓް ހެދިގެންދާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓު އަނބިމީހާގެ ފިރިމީހާ
28 June 2019
ރާއްޖޭގެ ހުރިހާ ރަށްރަށުގެ މަގުތައްފުރާލާ! ވެހިކަލް މިއުޅެނީ މަދުވެގެން. ސާބަހޭ!
އެކްސް.އޯ
24 February 2019
ކިހާ ބޮޑު ވަބާއެއް. ދިރިއުޅޭނެ ގޮތެއްނެތިގެން މިއުޅެނީ! ވެހިކަލް ނުދުއްވިގެނެއްނޫން!!!
ވަހީދު
24 February 2019
18 % ރިބާގެ އިތުރަށް ކޮންމެ މަހެއްގެ މައްޗަށް ނަގާނެ ރިބާގެ ބައެއް. ބައި ލައްކަ ރުފިޔާގެ ލޯނެއް ނަގާ މީހާ އަތުން ހަމަ އެއަދަދަށް ރިބާގެ ގޮތުގައި ނަގާނެ. 3 ނޫނީ 4 އަހަރު އުޅެން ޖެހޭނީ ވާނުވާ ނޭނގި ހާސް ކަމުގައި. ލޯނު ދައްކާ ނިމޭ އިރު އަތުން އެއްލައްކަ ރުފިޔާ ދާނެ.
ހަސަނު
24 February 2019
ލޯނު ނުނެގީމަ ނިމުނީނު
raajjethereymeehaa
24 February 2019
މިފަދަތަކެތި މަރާމާތު ކުރުމަށް ތިޔަލޯނު ނުނެގޭނެތަ ކޯޓޭޝަން ހުށަހަޅައިގެން.
ރައްޔިތުމީހާގެ ހިޔާލު
24 February 2019
އަނެއްކާ ރައްޔިތުން ފެލާނެ އިތުރު ގޮތެއް ހޯދީދޯ!!!
ދޮރުކަނި
24 February 2019
18% ރިބާ ހިމެނޭ ފެސިލިޓީއެއް
ފޮޅިބޭންކު
24 February 2019
ތި 18 ޕަސެންޓަށް ވުރެއް މާ ކުޑަ އެއްޗެއް އަތުންދާނި ވެހިކަލް އިންސްޓޯލްމަންޓަށް ދޫކުރާތަނަކުން ނެގިޔަސް ނޫނީ އިސްލާމިކް ބޭންކުންނާ ފައިނޭންސްލީސިންގ އިން ނެގިޔަސް.. ތިހަމަ ކަމަކަށް ކަމެއްކޮށްލަން ކުރި ދެއުޅިއެއް ނުވާ ފޮޅިއެއް
މަހަށްދަގަ.
24 February 2019
އަޅެ ތި 18 ޕަސެންޓުމަކުން ނުނެއްޓިގެން ބީއެންއެލް ތެޅި ބާލަނީ ކީއްވެތަ؟؟ ގަންނަ އުޅަނދު މޯގޭޖުކޮށްފަ ވެސް ތި 18 ޕަސެންޓު ކުރަކުރަން އެބަ ވިސްނަންޖެގޭ.. ބޭންކަށް ލައިގަންފަ އޮތް ކާރސްއެއް ތޯ ތި 18 ޕަސެންޓަކީ ފަސޭހަ ކޮންމެ ލޯނެއްފަވެސް
ފިނިކުޑޭ
24 February 2019
ނުރައްކަލަކީ އިންޓަރެސްޓް. އެއީ ރިބާ. އިސްލާމީ އުސޫލުން ކަނޑައެޅޭ ވަކި އަގެއް (ފަހުން އިތުރުނުވާގޮތަށް) އޮންނަނަމަ ރަނގަޅު. މިހާރު ގޮތްގޮތުން ރަނގަޅެއްނޫން.
ކުވާލާބެ
24 February 2019
މާލޭގަ ވެހިކަލްތައް މަދުވެގެންދޯ މިއުޅެނީ