އެމްޓީސީސީން 646 މިލިއަން ރުފިޔާގެ ލޯނު ނަގާފައި އެބަ އޮތް: ޝާހު

އެމްޓީސީސީން މިހާރު ވެސް ލޯނުގެ ގޮތުގައި 646 މިލިއަން ރުފިޔާ ނަގާފައި އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.


އެމްޓީސީސީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ، އެކި ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނުތައް އެބަހުރި ކަމަށާއި މި މަހު ވެސް ލޯނުތަކަށް 30 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

"ލޯނު އޮތުމަކުން މާބޮޑު މައްސަލައެއް ދިމައެއް ނުވާނެ. އެ ލޯނުތައް އަޅުގަނޑުމެންނަށް ދެއްކޭނެ. ނަމަވެސް އެއީ ނިސްބަތުން ބޮޑު އަދަދެއް،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 2.9 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރު މި މުއްދަތުގައި އެމްޓީސީސީއަށް 97 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެހެންވެ، މިއީ ގާތްގަނޑަކަށް 96 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ ކުއާޓާގައި ވެސް އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. އެގޮތުން އެ ކުންފުނީގެ ފައިނޭންސް ކޯސްޓް ވަރަށް ބޮޑެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ ތިން ލައްކަ ރުފިޔާ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޑްރެޖިން މަސައްކަތުން ކުންފުންޏަށް ބޮޑު ގެއްލުމެއް ވުމެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ