ދިރާގު ޓީވީން ދެ އެޑް-އޯން ޕެކޭޖް ތައާރަފްކޮށްފި

ދިރާގު ޓީވީން ދެ އެޑް-އޯން ޕެކޭޖް ތައާރަފްކޮށްފި އެވެ.


ދިރާގުން މިހާރު 300ރ. އަށް ދޫކުރާ ބޭސިކް ޕެކޭޖުގައި 60 ޗެނަލް ލިބޭއިރު އޭގައި 20 އެޗްޑީ ޗެނަލާއި 4ކޭ ޗެނަލް ހިމެނެ އެވެ. އެޑް-އޯން ދެ ޕެކޭޖަކީ "އެގްޒައިޓްމެންޓް" އާއި "ފަން" އެވެ.

އެގޮތުން 120ރ. އަށް ދޭ އެގްޒައިޓްމެންޓް ޕެކޭޖުން 22 ޗެނަލެއް ލިބޭނެ އެވެ. އަދި 99ރ. އަށް ފަން ޕެކޭޖުން 10 ޗެނަލް ލިބޭނެ އެވެ.

ދިރާގުޓީވީން އަންނަނީ ދުނިޔޭގެ މަޝްހޫރު ތަފާތު ޗެނަލްތައް ގެނެސްދެމުންނެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު އެޗްޑީ ޗެނަލްތައް ކަމުގައިވާ އޭއެކްސްއެން އާއި ޑިޒްނީ އިންޓަނޭޝަނަލް އާއި ޓެން ސްޕޯޓްސް އާއި ސޮނީ އޭއެސްޕީއެން އާއި ލައިފްޓައިމް އާއި ކަލާސް އާއި އެމްޓީވީ އާއި ހިސްޓްރީ ފަދަ ޗެނަލްތައް ހިމެނެ އެވެ.

ދިރާގުޓީވީގެ ހިދުމަތް 50 ރަށަކަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީ ހިދުމަތާ އެކު ގިނަ ޗެނަލްތައް ފޯރުކޮށްދޭ އިރު މިހާރު 90 އަށް ވުރެ ގިނަ ޗެނަލް ދިރާގުޓީވީން ލިބެ އެވެ.