ކިހާ މޯލްޑިވްސް އިން ހާއްސަ ޕްރައިވެޓް ވިލާތަކެއް ހުޅުވައިފި

ތަފާތު ތަޖުރިބާއެއް ކޮށްލެވޭ ގޮތަށް ހަދާފައިވާ ކިހާ މޯލްޑިވްސްގެ އެންމެ ބޮޑެތި ރިސޯޓް ވިލާތައް ހުޅުވައިފި އެވެ.


އެ ރިސޯޓުގެ "ސިގްނޭޗާ ރެޒިޑެންސް" ތަކުގެ ގޮތުގައި ފާހަގަކުރެވޭ 10 ރޫމަކީ ވަރަށް ބޮޑަށް ޕްރައިވެސީ ލިބޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މި ވިލާތައް އާއިލާތަކާއި އެކުވެރިންނަށް ވެސް ހާއްސަވާނެ ކަމަށް ކިހާ މޯލްޑިވްސް އިން ބުނެފައިވެ އެވެ.

އެތަނުން ބުނީ ކޮންމެ ރޫމަކުން ވެސް ވަކި ރިސޯޓެއްގެ އިހްސާސްކުރެވޭނެ ކަމަށެވެ. ރޫމްތައް ތައްޔާރުކޮށްފައިވަނީ ފައިވް ސްޓާ ފެންވަރަށް އެންމެ ޒަމާނީ ހިދުމަތްތަކާ އެކުގަ އެވެ.

އެގޮތުން ކޮންމެ ވިލާއަކަށް ސްވިމިން ޕޫލަކާއި އައުޓްޑޯ ޖަކޫސީއެއްގެ އިތުރުން ލަގްޒަރީ ޔޮޓަކާއި ޕްރައިވެޓް ބީޗެއް ވެސް ލިބޭނެ އެވެ. އަދި ސޯނާއެއްގެ އިތުރުން ސްޓީމް ރޫމެއް ވެސް ހިމެނެ އެވެ.

މި ވިލާތަކަށް ހާއްސަ ސަރަހައްދުން ނުނިކުމެ، ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ހާއްސަ ވިލާތަކުގެ އިތުރުން ކިހާ މޯލްޑީވްސްގައި 124 ވިލާ ހިމެނެ އެވެ.