ވިޔަފާރި / ބޯއިން 787 ޑްރީމްލައިނާ

އިއްތިހާދު އެއާވޭސްގެ ޑްރީމްލައިނާ ވެސް ރާއްޖެ އަށް

އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓެއް

ދުނިޔޭގެ އެންމެ ލަގްޒަރީ ހިދުމަތްދޭ އެއް އެއާލައިން ކަމަށްވާ އިއްތިހާދުން، ބޮއިންގް 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދަތުރުތައް ފަށާނީ އަންނަ އަހަރުގެ އޭޕްރިލް 30 ގަ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ޔޫއޭއީގެ އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ލަގްޒަރީ ހިދުމަތް ދޭ މަތިންދާބޯޓްތަކުގެ ތެރޭގައި ޑްރީމްލައިނާ ހިމެނެ އެވެ. އެގޮތުން 30 ސީޓު އެނދު ހުންނައިރު ކެއުން ވެސް ފައިވް ސްޓާ ފެންވަރުގައި ލިބޭނެ އެވެ. މި ބޯޓުތަކުގައި ކެއުމަށް އޯޑަރު ކުރަން ޖެހޭނީ ފުރުމުގެ ކުރިންނެވެ.

މި ބޯޓުތަކުގެ އިކޮނޮމީ ކްލާސް ވެސް އެހެން ބޯޓުތަކާ މުޅިން ތަފާތެވެ. އެގޮތުން ލަގެޖް ބެހެއްޓުމަށް ބޮޑު ޖާގައެއް ހުންނައިރު މުނިފޫހި ފިލުވުމަށް ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ ފިލްމު ބަލައިލެވެން ހުންނާނެ އެވެ. މީގެ އިތުރުން އެކި ޖޯންރާތަކުގެ ލަވަތައް ވެސް ޑްރީމްލައިނާގެ އިކޮނޮމީ ކްލާހުން އަހާލެވޭނެ އެވެ.

ދާދި ފަހުން ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށައިފަ އެވެ.

3 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 17%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުހައިލް

08 August 2019

ތިވާހަކަ މޯލްޑިވިއަން އެމްޑީ ކައިރި ނަމަނަ،މަ ނުބުނާތި ނޫނީ އޭ330 ބަދަލުގައި ޑުރީމްލައިނާއެއް މޯލްޑިވިއަން އަށް ގެންނަން އުޅޭނީ

The name is already taken The name is available. Register?

ހުވާ

08 August 2019

އެ ކީއްވެތަ އެއަރފްރާންސް ރާއްޖެއަށް ޑްރީމްލައިނާ އެންމެ ފުރަތަމަފެށި ވާހަކަ އެއްވެސް ހަބަރެއްގަ ނޯންނަނީ؟ އަޕްޑޭޓް ނޫނީ ދޯ؟

The name is already taken The name is available. Register?

ބޮންދު

08 August 2019

ލައްބް ދަރިއާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454