ގެމަނަފުށީ މަސްދޯންޏެއް މަސް ބާނައިގެން ދުއްވަނީ: ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް މަސަައްކަތް -- ފޮޓޯ/ ފޭސްބުކް
ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މަސްވެރިކަން ރަނގަޅު ނުވާ ވަރަށް މަސްވެރިކަން ރަނގަޅުވެ، ބަނާ މަސްކޮޅު ނުކިރޭ މައްސަލަތައް ފެންމަތިވެއްޖެ އެވެ. އަދި ބޭނުންވާ ވަރަށް އައިސް ވެސް ނުލިބި، ބާނާ މަސްކޮޅު އުކާލަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ، މަސްވެރިން ވަނީ ރުޅިގަދަ ވެފަ އެވެ.
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އުތުރުގެ މަސްވެރިކަން ވަނީ އިންތިހާ އަށް މައްޗަށް ގޮސްފަ އެވެ. އެހެންވެ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ދެކުނުގެ ދޯނިފަހަރު ވެސް މިހާރު ވަނީ އުންމީދުތަކާ އެކު އުތުރަށް ޖަމާވެފަ އެވެ. އެހެން ނަމަވެސް، އެ މީހުންގެ ޝަކުވާތައް އޮތީ ފުނިޖެހިފަ އެވެ.
ގެމަނަފުށީގެ މަސްވެރިއެއް ކަމަށްވާ އަލީ އަކްބަރު ބުނީ، މި ދުވަސްވަރު އެ މީހުން މަސްވެރިކަން ކުރަނީ ޅ. އަތޮޅުގައި ކަމަށެވެ. އެހެން ނަމަވެސް ބާނާ މަސްކޮޅު ފެލިވަރަށް ނުކިރި، އަދި ބޭނުންވާ ވަރަށް އައިސް ނުލިބޭތީ، އޭނާ ހުރީ މާޔޫސްވެފަ އެވެ. އޭނާ ބުނީ އެންމެ ފަހުން މަސްކިރަން ގޮސްފައި ވެސް ކިޔޫގައި ހަތަރު ދުވަސް ހޭދަކުރަން ޖެހުނު ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހު ބޭނި މަސްކޮޅު ކިރުނީ މި ހަފްތާ އާދިއްތަ ދުވަހު،" އޭނާ ބުންޏެވެ. "މަސްވެރިކަން އިތުރަށް ރަނގަޅުވަމުން މިދަނީ. އެކަމަކު މަސް ކިރަން ހިނގައްޖިއްޔާ މަހަށް ނުދެވި އެތައް ދުވަހަކު ކިޔޫގައި މި ތިބެން ޖެހެނީ."
އަކްބަރު ބުނީ ފެލިވަރަށް ކިރެނީ ދުވާލަކަށް ގާތްގަނޑަކަށް 100 ޓަނު ކަމަށާއި އެއީ މި މަސްވެރިކަމުގައި ގާތްގަނޑަކަށް 10 ވަރަކަށް ދޯނިން ބާނާ މަސް ކަމަށެވެ. އަދި ގިނަ ދޯނިފަހަރު މި ދުވަސްވަރު މަސް ކިރަން ދަނީ ވެސް ފެލިވަރަށްކަން އޭނާ ފާހަގަކުރި އެވެ.
"އެންމެން ވެސް ބޭނުންވަނީ ފެލިވަރަށް މަސް ކިރަން. ރަނގަޅު އަގެއް ވެސް މި ލިބެނީ އެތަނުން،" އޭނާ ބުންޏެވެ.
މި ދުވަސްވަރު މިފްކޯއިން މަސް ކިލޯއެއްގެ އަގު އުޅެނީ 20ރ. އަށެވެ. އެންސިސް އިން މަސް ކިލޯއެއް ގަންނަނީ 15ރ. އަށެވެ.
މަސް ނުކިރޭ މައްސަލަ ކުރިމަތިވެފައިވާ އިރު، ތާޒާކަން މަތީގައި މަސްތައް ބަހައްޓަން އައިސް ނުލިބުމުގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ. ބައެއް މަސްވެރިން ބުނި ގޮތުގައި ދޯންޏަކަށް ލިބެނީ ދުވާލަކު އެއް ޓަނުގެ އައިސް އެވެ. އެއީ މިހާރު އުފައްދާފައިވާ ޒަމާނީ ދޯނިފަހަރަށް ވަރަށް ކުޑަ މިންވަރެކެވެ. އެ ވަރުގެ އަދަދެއް މަސްވެރިން ސިފަ ކުރަނީ "އެއީ އެއްވެސްް އެއްޗެއް ނޫން"ގެ ގޮތުގަ އެވެ.
BREAKING NEWS:
— Zuvaan Masveriya (@ZuvaanMasveriya) September 11, 2019
Masverin mas nukirigen hadhaane goeh husvehje @ensisgroup othee kuriyah oeh 3 dhuvahu ves full koh.. @mifcomv ves othee kuriyah oeh 5 dhuvas full koh adhi Maandhoo othee ehkoh maru vefa😭 @ZahaWaheed @ibusolih @MohamedNasheed kihineh dhen hadhan vee?? Ehkoh full😭 pic.twitter.com/3ebNpIP8Cz
މަސްވެރިން ގެންގުޅޭ ޓްވީޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއް
އަކްބަރު ބުނީ، ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ އާންމުކޮށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރެއް ކަމަށާއި މަސްވެރިކަން ރަނގަޅުވާ ކޮންމެ ދަނޑިވަޅެއްގައި މަސް ނުކިރޭ މައްސަލަ ކުރިމަތިވާތީ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ލ. މާންދޫ އަކަށް ވެސް މަސް މިހާރު ނުކިރޭ. ހަމައެކަނި އޮތީ ފެލިވަރާއި ކޫއްޑޫ އެކަނި. އުތުރުން މަސް ބާނައިގެން ކުއްޑު އަށް ދިއުމަކީ ވަރަށް ދަތިކަމެއް. އެހެންވީމަ ހުރިހާ މަސްވެރިން މަސް ކިރަން މި ދުވަސްވަރު ދަނީ ފެލިވަރަށް،" އޭނާ ވިދާޅުވި އެވެ.
އެހެން މަސްވެރިއެއް ކަމަށްވާ އިސްމާއިލް ޔާމީން ބުނިގޮތުގައި، މަސް ނުކިރޭ މައްސަލަ ކުރިމަތިވަނީ މި ސިނާއަތަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ކުޑަކަމުންނެވެ.
"މަސްވެރިންނާއި މަސް ދޯނިފަހަރާއި އޮޑިވެރިން މިވަނީ ޒަމާނާ އެއްވަރަށް ތަރައްގީވެފައި. ތަރައްގީ ނުވަނީ މަސް ކިރަން ހުންނަ ތަންތަން. މަސްވެރިކަން ތަރައްގީ ކުރަން ސަރުކާރަކަށް މަސައްކަތްތަކެއް ނުކުރެވޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ މަސް ނުކިރިގެން މި ހަފުތާގައި އެކަނި ވެސް 160،000ރ. ގެ ގެއްލުމެއް ވެފައިވާ ކަމަށެވެ. އުތުރުން 18 ޓަނުގެ މަސް ބާނައިގެން، އެ ނުކިރިގެން މަސް ކިރަން ޖެހުނީ ކިލޯއެއް 15ރ.ގެ މަގުން އެންސިސް އަށް ކަމަށް އޭނާ ބުންޏެވެ. އަދި އެ ކުންފުނިން ވެސް ގަތީ އެންމެ ހަތް ކިލޯ ކަމަށާއި ބާކީ މަސްކޮޅު ކިލޯއަކަށް 10ރ. ގެ މަގުން ވިއްކާލަން ޖެހުނީ ތުލުސްދު އަށް ކަމަށް އޭނާ ބުންޏެވެ.
"ފެލިވަރުގައި ކިޔުގައި ޖެހިގެން އޮންނާނެ ގޮތެއް ނެތް. އައިސް ލިބެނީކީ ނޫން. އަށާރަ ޓަނުގެ މަހަށް ދުވާލަކު އެއް ޓަނު އައިސް ލިބެގެން ކުރާނެ ކަމެއް ނެތް. އައިސް ހޯދަން ދާން ޖެހެނީ ބ. އަތޮޅާއި ނ. އަތޮޅަށް،" އޭނާ ބުންޏެވެ.
Breaking News:
— Zuvaan Masveriya (@ZuvaanMasveriya) September 11, 2019
Faaithu vegen dhiya 48hr therey 1,000 tanah vure ginain masverin mas baanaafa vaairu 40% mas kiran mijehenee @ensisgroup ah fala mas kiloayeh 16rf ah😭 adhi kudhi mas kiloyeh 8rf ah kan faahaga kohlan.😭🎣 @ZahaWaheed @ibusolih @MohamedNasheed @mifcomv 😭💔🎣 pic.twitter.com/41qliN8y6T
މަސްވެރިންވެ ހިތްހަމަ ނުޖެހުންތަކާ ފާޅުކޮށްފައިވާ ޓްވީޓެއް
އާންމުގޮތެއްގައި ދުވާލަކު ފަސް ޓަނުގެ މަސް ބާނާ ދޯނިފަހަރުން މި ދުވަސްވަރު އަންނަނީ 15 ޓަނުން 20 ޓަނުން މަސް ބާނަމުންނެވެ. މަސް ނުކިރުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މަސްވެރިން އެކި ފަރާތްތަކަށް ގުޅުމުން ވެސް އެ ފަރާތްތަކުން ވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް އެ މީހުން ބުންޏެވެ،
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މި ދުވަސްވަރަކީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ދުވަސްވަރެއް ކަމަށާއި، ފެލިވަރުން މަސް ކިރޭނެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ކޫއްޑޫން ވެސް އުތުރަށް ބޯޓުތައް ގެންގޮސްފައިވާ ކަމަށެވެ. ކުއްޑޫން ހަތަރު ބޯޓު ފެލިވަރަށް ގެންގޮސް، އެ ރަށުން މިހާރު ދުވާލަކަށް 200 ޓަނުގެ މަސް ދުވާލަކު ކިރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުއްޑު އާއި ފެލިވަރުން ދުވާލަކަށް 430 ޓަނުގެ މަސް ކިރަން. މި ދުވަސްވަރު ބާރު ބޮޑީ ފެލިވަރަށް. އެތަނުގެ ހާލަތު ހުރި ގޮތުން މަސްވެރިން ބާނާ ހުރިހާ މަހެއް ކިރަން ވެސް ވަރަށް ދަތި،" އޭނާ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ، ހުރި ދަތިތަކާ އެކު ވެސް ހުރިހާ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭތޯ ވަރަށް މަސައްކަތް ކުރާ ކަަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ފެލިވަރުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް މަސް ނުކިރި ތިން ހަތަރު ދުވަހު ކިޔޫގައި ތިބެން ޖެހިފައިވާ އިރު މިދިޔަ އަހަރުގެ އޭޕްރީލްގައި ވެސް މަސްވެރިކަން ރަނގަޅުވެ، މަސް ކިރުމުގެ ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އެފަހަރު އައިސް ނުލިބި، މަހުގެ ހަމަ އަގު ނުލިބުމުގެ ސަބަބުން ބައެއް ދޯނިފަހަރުން ބޭނި މަސްކޮޅު ކަނޑަށް އުކާލައިފައި ވެސް ވެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫ ކަތީބު
19 September 2019
އިތުރުވާ ހުރިހައި މަހެއް އަޅަންޖެހޭނީ ދިއްދޫ އޮފީހަށް. ދަ ބިގެސްޓް ސްޓޯރޭޖް އެވަރ އިން މޯލްޑިވްސް
2000
15 September 2019
ކޮބާ ދިއްދޫ އޮފީސް. މަސް ފެކްޓްރީ އެއް
ގގގގގ
14 September 2019
އެމްޑީޕީން ކަނޑުވިއްކަން ޖަހާ ސްޓާންޓެއްތަ؟
ޑޮންޑޮން މަތި
13 September 2019
މަސްޗެރިކަން ރަނގަޅުވީމާ ލާފައޭނެ ކޮސް ވީޑިއޯ އެއްތަ
ޑަންޕަރު
13 September 2019
ކޮބާތަ މަސްވެރިންގޭދޮށުގައި އަޅާފަހުރި "ގޭދޮށު ފެކްޓަރީ" ތައް، އެތަނަނަށް ކިރުވީމ މާ ޑޮލަރުފުނި ލިބޭނޭ ބުނާތީ އަޑުއެހިން.
ޢަާދަނު
13 September 2019
ލާމް އަތޮޅަށް ކިރެނީ އެންމެ ޓަނެއްގެ މަސް ކޮންމެ ދޯންޔަކަށްވެސް ދެން ޖެހުނީ 5ރުފިޔާ އަށާ ހިލޭ ދެންހުރި މަސްތައް ދޭން ބޮޑު ވަރު ދޯ ؟ ޙެޔޮ ނުވާނެ މިކަންތައް ހައްލުކޮށްދޭން މި އެންމެން މި ކިޔާ އެއްޗެއް އަޑު އިވޭތަ ބަޔަކަށް؟
މަންކެ
12 September 2019
ތީކީ މިހާރު އެކަނި ދިމާވި ކަމެއް ނޫނޭ ... ކަންކަން ރަނގަޅު ކުރަނ ވަގުތު ވެސް ބޭނުން ވާނެ ... އެންމެ ފުރަތހަމަ ޖެހޭނީ ފޮޅާސާފުކުރަން... އޭގެ ދެން ރަނގަޅު ކުރާނީ އެއީ ދާއިމީ ހައްލަކީ
ނަން
13 September 2019
10 އަހަރުގެ ޓާރމެއް ދެއްވަންވީތޯ ފޮޅާ ސާފުކުރަން.
އަލިބެއްޔާ، އެކުވެރިސުވައިދީބް
12 September 2019
މަސްވެރިންނަށް ބާނާ މަހުގެ ހަމަ އަގު ދޭނެކަމަށް ވައުދުވީ މީހުން ސަރުކާރާ ހަވާލުވެ މަޖިލިސް ބޮޑު ތަނުން އަގުލަބިއްޔަތު ލިބުމުން ވާވަރު މިފެންނަނީ. އަޑު ގަދަކޮށް ކުލަވަރު ދައްކައިގެން ވެރިކަމެއް ނުވާނެ ކަމުގެ ހެކި ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް ފެންނަމުން މިދަނީ.
އިވާނާ ޓްރަމްޕް
12 September 2019
ޒަހާ މަޖްލިހަށް ގެނެސް ސުވާލު ކުރަގަ !!!
ޑިޖިޓަލް
12 September 2019
އަތޮޅު ކައުންސިަލް އިދާރާއަށް ކިރާލާ! ވަގުތުން މަސްވެރިޔާގެ އަތަށް ޑޮލަރ ލިބޭނެ.