ވިޔަފާރި / އައިލެންޑް އޭވިއޭޝަން

ތިން ދިވެހިންނާ އެކު ގައުމީ އެއާލައިން މޯލްޑިވިއަންގެ ނަން އެވަރެސްޓަށް

އެވަރެސްޓަށް އަރާ ފަރީހާ (ވ)، ހާމިދު (ކ) އަދި ވަހީދު (ކ-2): އެ ތިން މީހުން އެރުމަށް ހަމަޖެހިފައިވަނީ އެވަރެސްޓްގެ ބޭސް ކޭމްޕަށް.-- ފޮޓޯ: މޯލްޑިވިއަން

23 ސެޕްޓެމްބަރ 2016 - 20:20

17 comments

ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސަކޮށްގެން ތިން ދިވެހިން މައުންޓް އެވަރެސްޓަށް އެރުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން ސްޕޮންސަކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަދި ވިޔަފާރިތަކަށް ހާއްސަ ކޮންސަލްޓެންސީގެ ހިދުމަތް ދޭ އެފްޖޭއެސް ކޮންސަލްޓިންގެ ވެރިޔާ ފަރީހާ ޝަރީފް، އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު އަދި ޔޫއެންޑީޕީގައި މަސައްކަތްކުރާ އަބްދުﷲ ވަހީދު އެވެ.

ފަރުބަދަ ފަދަ ތަންތަނަށް އެރުމުގެ އެއްވެސް ތަޖުރިބާ ނެތް މި ތިން މީހުން މިހާރު ނޭޕާލް އަށް ގޮސްފައިވާ އިރު، ފުރުމުގެ ކުރިން ވަނީ ރާއްޖޭގައި ތަމްރީންތަކެއް ހަދައިފަ އެވެ. އެގޮތުން، މާލޭ ޓްރެކް ދަނޑުގައި ދުވުމާއި އިތުރު ކަސްރަތުތައް ވެސް ކޮށްފައިވެ އެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު ދިއުމަށް ހަމަޖެހިފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އިން ފްލައިޓުގައި ލޫކާ އަށެވެ. އެއީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓަށް އެރުމަށް ފެށުމުގެ ކުރިން މީހުން އާންމުކޮށް މަޑުކޮށްލައިގެން ތިބޭ ޓައުންއެކެވެ.

ދަތުރާއި ތިބުމާއި އެނޫން ވެސް ހުރިހާ ހަރަދެއް ހަމަޖައްސާ މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަރީހާ އާއި ހާމިދު އަދި ވަހީދު އެވަރެސްޓަށް އެރުމުގެ ދަތުރު އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށާނެ ކަމަށެވެ. އެ ދަތުރު، "#MaldivianAtEverest" ހޭޝްޓެގްގެ ދަށުން ފޭސްބުކް އާއި ޓްވިޓާ މެދުވެރިކޮށް ދިވެހިންނަށް ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ޖަހާފައިވާ ޓީޝާޓް ލައިގެން އެ މީހުން ތިބޭ އިރު، އެފަދަ ބެނާ އާއި އެހެން ބައެއް ތަކެތި ވެސް ބޭނުންކުރާނެ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އެޑްވެންޗާ ޓޫރިޒަމްގެ ތެރޭގައި ހިމެނޭ މިކަހަލަ ކަންކަމަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުން،" އޮފިޝަލް ވިދާޅުވި އެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު އެރުމަށް ހަމަޖެހިފައިވަނީ އެވަރެސްޓްގެ ބޭސް ކޭމްޕާ ހަމައަށެވެ. ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު (17،598 ފޫޓް) އުސް އެތަނަކީ އެވަރެސްޓް ހިމެނޭ ހިމާލަޔާ ފަރުބަދަތަކަށް އެރުމުގައި އެންމެ ގިނައިން ބޭނުންކުރާ މަގެވެ.

މީގެ ކުރިން ވެސް ބައެއް ދިވެހިން ވަނީ އެވަރެސްޓްގެ އެކި ހިސާބުތަކަށް އަރައިފަ އެވެ.

17 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 15%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރުބަދަ

25 September 2016

ކޮމެންޓު ތައް ކިޔައި ފިން ..... ބޭފުޅުން ނަށް ދިން ދަ ތުރެއް

The name is already taken The name is available. Register?

މަރޭމިތުރާ

24 September 2016

އާދައިގެ ބަޔަކަށް ތިޔަފަދަ ފުރުސަތުތަކެއް ދެވިދާނެތޯ؟ ހާދަބޭނުންވާނެޔޭ ނިކަމެއްޗަކަސް އުހަށްއެރުމަށް އިނގޭތޯ؟

The name is already taken The name is available. Register?

ގޮތަމް

24 September 2016

ދަބަސް އަޅުވައިގެން ތިއްބަކަސް ފޮޓޯއިން ތިފެންނަ ކުދީން ކޮޅު ވަރަށް ފިޓްނޫން ކަން ފެނޭ.

The name is already taken The name is available. Register?

ޢެމެރިކާ ގެ 2020 ގެ ބާނީ ގެ ދަނބިދަރި

24 September 2016

ޙުސްފޮނި .ކީއްތަޥާނީ މިއުޅޭ ނިކަމެތިން ގެ އާއިލާ އަކުން ކުއްޖަކު ފޮނުވިނަމަ. ޙައްތަހާ ވެސް ލިބޭ މީހުންނަށް އުފާ މި ލިބެނީ.ކަޑަދޯ އެހެންވީމަ.

The name is already taken The name is available. Register?

ބޭކާރު

24 September 2016

ބޭކާރު ކަމެއް. ބޭކާރު ވަގުތުތަކެއް. ބޭކާރު ޚަރަދުތަކެއް.

The name is already taken The name is available. Register?

ނޮޓް ޓު ދަ ޓޮޕް

24 September 2016

މިއީ، އެވަރެސްޓަށް އެރުމެއް ނޫން. ތިއްބެވި ބޭފުޅުންނަށް ބަލާލާފައި އިނގޭ އެންމެ އުހަށް އެރޭވަރަށް ތަމްރީނު ވެފައި ނެތްކަން. އަރަނީ ބޭސް ކޭމްޕާ ހަމައަށް. ބޭސް ކޭމްޕާ ހަމައަށް ދިޔަ ދިވެހިން އުޅޭ. ސޯ ނޮޓް ނިއުސްވާރދީ އޮރ މަޗް އޮފް އަ ސްޕެޝަލް ފީޓް.

The name is already taken The name is available. Register?

ޕޮޓޭޓޯ

24 September 2016

"ފަރުބަދަ ފަދަ ތަންތަނަށް އެރުމުގެ އެއްވެސް ތަޖުރިބާ ނެތް މި ތިން މީހުން މިހާރު ނޭޕާލް އަށް ގޮސްފައިވާ އިރު" ކީއްވެބާ މިކަހަލަ ކަންތައް ކުރާ ބައެއް ސްޕޮންސާނުކުރީ؟

The name is already taken The name is available. Register?

އިބްރާހީމް.

24 September 2016

ހަމަ ހިތައްއެރީމަ ގޮސް އަރާ ފޭބޭ ތަނެކަށް ނޫނޭ އަރަން ތިއުޅެނީ. ވަރަށް ބައިވަރު ޓްރެއިނިންގ ބޭނުންވާނެ. ތަންތަނުގެ ވެރިންވެސް މިކަހަލަ ތާކުންތާކު ނުޖެހޭ އިސްރާފް ކުރާތީ ވަރަށް ދެރަވޭ.

The name is already taken The name is available. Register?

Sanam

24 September 2016

ޙަމަ ހުވާކޮށް ބުނަން އިނގޭ އާދާއިގެ ބަޔަކު ދިޔަނަމަ ސްޕޮންސަރއެއް ނުލިބޭނެކަން. ޏަމަވެސް ކުންފުނިތކުގެ އިސްވެރިން ވީމާ ހަމަޖެހުނީ

The name is already taken The name is available. Register?

ޚޖގ

24 September 2016

ބަޔަކަށް ދަތުރެއް ހަމަޖައްސާލަ ދިނީ ދޯ. ތިވަރުކަމަކަށް ސްޕޮންސަރ ދޭން ބަލަންޖެހޭ ކްރައިޓީރިޔާއއް ބެލިފައިނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454