އުރީދޫގެ ހިދުމަތްތައް ލިބުމުގައި މިރޭ ދަންވަރު ދަތިތަކެއް ދިމާވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން ބުނީ ދަތިތަކެއް ދިމާވެދާނެ ކަމަށް ލަފާކުރަނީ އެ ކުންފުނީގެ މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށެވެ. އަދި މައްސަލަ ދިމާވެދާނެ ކަމަށް އެ ކުންފުނިން ލަފާ ކޮށްފައިވަނީ ދަންވަރު 12:00-3:00 އާ ދޭތެރޭގަ އެވެ.
އުރީދޫން ބުނީ މި މަސައްކަތް ކުރިއަށްދާ ވަގުތުގައި ދިމާވާ ދަތިތައް މަދު ކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ވަގުތު ދިމާވެދާނެ ދަތިތަކަށް އެ ކުުންފުނިން ވަނީ ކަސްތަމަރުންގެ ފަރާތުން މާފަށް އެދިފަ އެވެ.