ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ ހިދުމަތަށް މިރޭ ބުރޫ އަރާފާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ކުރި ޓްވީޓެއްގައި ބުނިގޮތުގައި ހއ. ހދ. އަދި ށ. އަތޮޅުގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށް ލަފާ ކުރެވެނީ މިރޭ ދަންވަރު 12 އިން މާދަމާ ހެނދުނު ހައެއް ޖެހުމާ ހަމައަށް ކަމަށެވެ. އެއީ ކުރިން ޕްލޭން ކޮށްފައިވާ މެއިންޓެނެންސްގެ މަސައްކަތެއް ކުރާތީ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މައްސަލަ ވީހާވެސް އަވަހަކަށް ނިންމައި ހިދުމަތް ދޭން މަސައްކަތް ކުރާނެ އެވެ.

ހިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އުރީދޫން ވަނީ މައާފަށް އެދިފަ އެވެ.