އެސްޓީއޯގެ މުވައްޒަފުންތަކެއް ޑެލިވަރީގެ ހިދުމަތް ދެނީ-- ފޮޓޯ: އެސްޓީއޯ
26 މެއި 2020 - 18:12
އެސްޓީއޯ އިން މިދިޔަ ރޯދަ މަހު ރައްޔިތުންނަށް 70،000 ބަސްތާގެ ކާޑު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ކާޑު ފޯރުކޮށްދޭ މިންވަރު އިތުރު ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ބަލިމަޑުކަމުގެ މި ހާލަތުގައި އެހެން އަހަރުތަކަށް ވުރެން އިތުރަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ ކާޑު ފޯރުކޮށްދެވުނީ އެ ކުންފުނީގެ ގުދަންތައް އިތުރުކޮށް، ދުރާލައި ވިސްނައިގެން ގިނަ އަދަދެއްގެ ކާޑު އިމްޕޯޓު ކުރުމުންނެވެ.
Aammukoh roadhamahah kaadu gendhaa varu ithuru vey, namaves mi haalathaa gulhigen rahrashah kaadu gendhaa varu eyahvure ves ithuruvi. Faaithuvi maheh haa dhuvas thereyga 70 haas basthaa kaadu foarukohdhevifavey. Iraadhakurevviyyaa, dhuraalaa visnaigen, ithuru gudhan hadhaa,
— Amr 🎈 (@HusenAmr) May 25, 2020
ކާޑުގެ ބާވަތްތަކާ ގުޅޭ ގޮތުން އަމްރު ކުރެއްވި ޓުވީޓް.
"އިރާދަކުރެއްވިއްޔާ ދުރާލައި ވިސްނައިގެން އިތުރު ގުދަން ހަދައި ވަރަށް ބޮޑުތަން އިތުރަށް ކާޑު ގެނެސްފައިވާތީ ދަތިކަމެއް ނެތި ކާޑު ހުސްނުވެ ފޯރު ކޮށްދެމުން ދަނީ. ރަށްރަށަށް ކާޑު ގެންދާ މިންވަރު އަޅުގަނޑުމެންގެ ވެބްސައިޓުން ފެންނަން ހުންނާނެ. އެއްވެސް ރަށެއްގައި ކާޑު މަދުވެއްޖެ ނަމަ ކައުންސިލާ ގުޅައިގެން ވެސް މައުލޫމާތު ހޯދަން،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯއިން ރާއްޖޭގެ އެކި ހިސާބުތަކަށް ކާޑާއި ބޭހުގެ ބާވްތައް ފޯރުކޮށްދެމުން އަންނަ އިރު އެ ކުންފުނީގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ބައެއް ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ އޮންލައިން ސްޓޯރުގެ ހިދުމަތް ހިމެނެ އެވެ.
އެކަމަކު އަންނަ މަހުން ފެށިގެން އެ ޚިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި ޑެލިވަރީގެ ހިދުމަތް ދިނުމުގައި އެ ކުންފުންޏަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކީ 200 އަށް ވުރެ ގިނަ މުވައްޒަފުން ކަރަންޓީނު ކުރުމެވެ. ނަމަވެސް ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަންގެ އެހީއާ އެކު އެ ހިދުމަތް ވެސް މެދުކެނޑުމެއް ނެތި ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޒް
26 May 2020
އެސްޓީއޯއިން ކާޑު ފޯރުކޮއްދިނީކީ ނޫން.. އެސްޓިއޯގަ ވިއްކަން ހުރި ކާޑު ރައްޔިތުން ގަނެގެން ކެއީ.. މާނަ އޮޅޭ ގޮތަށް ވާހަކަ ނުދައްކާ..
ރީތި މޫސަ
28 May 2020
ހުރިހާކަމަކުންވެސް މަކަރު ހެދޭތޯބަލަނީ ކިޔުޖެހިގެން ކޮންފަދަހަލަކުންތޯ ކާޑުހޯދީ ފައިސާނުނަގާ އެހާލުޖައްސާފަވެސް ތިހެންބުނިނަމަރަނގަޅު