ވިޔަފާރި / ރިހިވެލި މޯލްޑިވްސް ރިސޯޓް

ރިހިވެލި ރިސޯޓްގެ މައްސަލަ: އެންމެ ފަހުން އާއިލީ ބޮޑު މައްސަލަގަނޑަކަށް

ރިހިވެލި ރިސޯޓު

ރިހިވެލި ރިސޯޓްގެ މިލްކުވެރިންނާއި އެ ރިސޯޓް ހިންގަން އެކި ފަހަރުމަތިން ހަވާލުވި ކުންފުނިތަކާ ދެމެދު ޖެހޭ ބޮޑެތި މައްސަލަތައް ގިނަވެފައި ވަނިކޮށް ހިއްސާދާރުން ނިސްބަތްވާ އާއިލާގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި ސިވިލް ކޯޓަށް ވަކި މައްސަލައެއް ވައްދައިފި އެވެ.

ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ރިސޯޓަކީ 1979 ގައި، އަލީ ޔޫސުފް، މަޝްހޫރު ނަމުން ނަމަ ދޮންއަލިފުޅު އުފެއްދެވި މާހަލް ޓުއާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ރަށެކެވެ. މިހާރު ވަރަށް ބޮޑު އާލާސްކަންފުޅެއްގައި އޮންނެވި ދޮންއަލިފުޅު ވަނީ އޭނާގެ 11 ބޭފުޅުންނަށް ކުންފުނީގެ 30 ޕަސެންޓް ހިއްސާ ދެއްވައިފަ އެވެ. އަނެއް 70 ޕަސެންޓް އޮތީ، އާއިލާގެ ބައެއް ބޭފުޅުން، ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، "ބައްޕަގެ ނަން މަތީގަ" އެވެ.

އެކަމަކު އާއިލާގެ އަންހެން ބޭފުޅަކު ތުހުމަތުކުރައްވާ ގޮތުގައި ބައްޕަގެ 70 ޕަސެންޓް ހިއްސާ ވަނީ، އެހެން އެއްވެސް ހިއްސާދާރަކަށް އެނގުމެއް ނެތި، އެ އާއިލާގެ ހުސެއިން ޝިހާމާއި މުހައްމަދު ޝިހާމްގެ ނަމަށް ބަދަލުކުރައްވައި، ކުންފުނީގެ މެޖޯރިޓީ ހިއްސާ ނަންގަވައިފަ އެވެ.

"އަޅުގަނޑުމެންނަށް އެކަންޏެއް ނޫން، ބައްޕައަށް ވެސް އޮޅުވާލައިގެން ލިޔުންތަކުގައި ސޮއިކޮށްގެން އެކަން ކޮށްފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ހިއްސާދާރު ވިދާޅުވި ގޮތުގައި ކުންފުނީގެ އަސާސީ ގަވައިދު ބުނާ ގޮތުން، ކުންފުނީގެ ހިއްސާ އޮންނާނީ އާއިލާގެ ހުރިހާ މެމްބަރުންނަށް އެއްވަރަކަށެވެ. އޭނާ ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ކުންފުނި ހިންގަމުން ނުދާތީ ބޯޑު ބައްދަލުވުންތައް ނުބާއްވާ ކަމަށެވެ. އެހެންކަމުން މާހަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މުހައްމަދު ޝިހާމް، މަޝްހޫރު ނަމުން ނަމަ ޓާކޫރޭއަށް، ނުހުންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުންފުނީގެ ހިއްސާ ބަދަލުކުރި މައްސަލަ އާއިލާގެ ހަ ބޭފުޅަކު އެކުވެގެން، ހުސެއިން އާއި މުހައްމަދާ ދެކޮޅަށް ކޯޓަށް މިހާރު ވަނީ ވައްދާފައިކަން "މިހާރު"އަށް ލިބުނު މައުލޫމާތުތަކުން އެނގެ އެވެ.

"ހުރިހާ ކުދިންގެ ހައްގެއް ވަކި ބަޔަކު ވެގެން ނިގުޅައިގަނެ ބަޔަކަށް މަކަރުހަދައި އޮޅުވާލައިގެން މިދަނީ. ކުންފުނީގެ ހިންގާ ގަވައިދުން ބޭރުން އައްޔަންކޮށްފައި އޮތް ބޯޑަކުން ކުރި ކަމެއް މިއީ،" އަންހެން ހިއްސާދާރު ވިދާޅުވި އެވެ.

މަކަރާއި ހީލަތަށް ތުހުމަތުކުރެވޭ މައްސަލައެއް ދޮންއަލިފުޅުގެ އާއިލާގެ ތެރެއިން އުފަންވި އިރު، ރިހިވެލި މިހާރު ސަބްލީސް ކޮށްފައިވާ ސޭވް ދަ ޑްރީމް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމާ ގުޅޭ މައްސަލައެއް ވެސް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.

ސޭވް ދަ ޑްރީމަށް ރިހިވެލި ސަބްލީޒް ކުރީ ފެބްރުއަރީ 2018ގައި ފްރާންސްގެ 55 ހިއްސާދާރަކާއި ހުސެއިން ޝިހާމް ބައިވެރިވެގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުނީގެ 50 ޕަސެންޓް ފްރާންސްގެ ހިއްސާދާރުންނަށް އަދި އަނެއް 50 ޕަސެންޓްގެ ހިއްސާދާރަކީ، އެނގިފައިވާ ގޮތުގައި، ހުސައިން އެވެ.

ސޭވް ދަ ޑްރީމް އިން ތުހުމަތުކުރާ ގޮތުގައި ފްރާންސްގެ ހިއްސާދާރުން ރިހިވެލި ރިސޯޓަށް 2.7 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ހުސައިން އެންމެ ލޯ ލާރިއެއް ވެސް ނުދެއްވަ އެވެ.

ރިހިވެލި ރިސޯޓް ހިންގަން ކުރިން ހަވާލުވި ކާސްޓަވޭ އާއި މާހަލްއާ ދެމެދު ވެސް ބޮޑު މައްސަލަގަނޑެއް ޖެހި، އެކަން ނިންމަން ޖެހުނީ ކޯޓާ ހިސާބުންނެވެ. އެގޮތުން 2014 ގައި ދެ ކުންފުނީގެ މެދުގައި ހެދި އެއްބަސްވުން މާހަލް އިން ކޯޓަށް ގޮސް ބާތިލްކޮށް، ކާސްޓްއަވޭގެ އަތުން އެ ރަށް އަތުލީ އެވެ.

މާހަލްގެ ހިއްސާދާރަކު ވިދާޅުވީ ސޭވް ދަ ޑްރީމްއަށް ރަށް ހަވާލުކޮށް ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ހުސެއިން ހިންގެވީ އޮޅުވާލައްވައިގެން ކަމަށެވެ. އެ މުއާމަލާތުގެ އެއްވެސް ފައިދާއެއް ނުވަތަ ބައެއް ވެސް އެހެން ހިއްސާދާރަކަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

"މި މީހުން ބައްޕަ ބަލިވުމުން އޮޅުވާލައިގެން ބައްޕަގެ ހުރިހާ ޝެއާއެއް ނެގީ. ބައްޕަ ލައްވާ ފިންގާ ޕްރިންޓާ އެއްޗެހި ނަގައިގެން ބައްޕައަކީ ކުންފުނީގައި ނެތް މީހަކަށް ހަދައިގެން މި ބުނާ އެގްރީމެންޓެއްގައި ސޮއިކޮށްފައި އޮތީ. މިއީ ފްރޯޑް ކަންތައްގަނޑެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ހަމަޔަކުން ބަލާ ނަމަ މި ވަގުތު މާހަލްގައި ސައްހަ މެނޭޖިން ޑިރެކްޓަރަކު ނުހުންނަވާނެ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ލިޔުންތަކުން ފެންނަ ގޮތުގައި މާހަލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ޝިހާމެވެ.

ކުންފުނި ހިންގަނީ ގާނޫނީ ހަމަތަކުގެ ތެރެއިން

އާއިލާގެ ބައެއް ބޭފުޅުން ހުސައިން އާއި މުހައްމަދަށް ކުރައްވާ ތުހުމަތުތަކާ ބެހޭ ގޮތުން ހުސެއިންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެކަމަކު މުހައްމަދު ވިދާޅުވީ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި މައްސަލަ އުފެއްދީ ސޭވް ދަ ޑްރީމުން ކަމަށެވެ. އަދި އާއިލާގެ ބައެއް މެމްބަރުން ތުހުމަތުކުރައްވާ ގޮތަށް، ކުންފުނީގެ މެޖޯރިޓީ ހިއްސާ އޭނާ އާއި ހުސެއިންއަށް ލިބިވަޑައިގަތީ އޮޅުވާލައްވައިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ބައްޕަ ދެއްވުމުން އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް އެއީ،" މުހައްމަދު ޝިހާމް ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ކުޑަ ހިއްސާއެއް އޮންނަ ބަޔަކަށް، ކުންފުނީގެ ކަންކަމާ ބާރެއް ނުފޯރުވޭނެ އެވެ.

"ކުންފުނީގެ ހުރިހާ ކަމެއް ވެސް ހިންގާފައިވަނީ ގާނޫނީ ހަމަތަކާއި އުސޫލުގެ ތެރެއިން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްރާންސްގެ ކުންފުންޏާ އެކު ވެފައި އޮތް އެއްބަސްވުން އުވާލަން ޖެހުނީ މިދިޔަ ނުވަ މަހު ކުލި ނުދައްކައިގެންނެވެ.

އޭނާ އެހެން ވިދާޅުވި އިރު މިދިއަ ނުވަ މަސް ރާއްޖެ ހޭދަކޮށްފައި މިވަނީ ކޮވިޑް-19ގެ އަނދިރީގަ އެވެ. ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ހުއްޓިފައި ވެސް، ގާތްގަނޑަކަށް ހަތަރު މަސް ހޭދަވި އެވެ.

31 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 16%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަބުޅި

05 January 2021

ދޮން އަލިފުޅަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް، އޭނާގެ ފިހާރައިން ދިމާވާއިރު ބުނާނެ އޭނާގެ ކުދިންނަށް ޓޫރިޒަމް ދާއިރާއިންނާ މެނޭޖްމަންޓް ދާއިރާއިން ޔޫކޭ އަށް ފޮނުއްވައިގެން ކިޔަވައިދެއްވި ވާހަކަ.... އޭނާގެ 11 ދަރިން ތިއްބާ އޭގެ ތެރެއިން ނުކިޔަވާ އަދި ވަޒީފާ އެއްވެސް އަދާނުކުރާ ހަމައެކަނި 2 ދަރިންނަށް ރިސޯޓުގެ ހުރިހާ ޝެއަރ އެއް ދީފާނެކަމަށް ދޮން އަލިފުޅު ދަންނަ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ.. އެފަކީރު އެނދުމަތިވި ދުވަހު މި ހިންގި ކަންކަން މިނިސްޓްރީއިން ރަނގަޅަށް ބަލަން ޖެހޭ...

The name is already taken The name is available. Register?

އުނޭސް

28 December 2020

މި ބުނީ ކިހިނަކުންހޭ ރިހިވެލި ކަހަލަ ރަށްރަށް ބަޔެއްގެ އަމިއްލަ ތަރިކަ މުދަލަށް ވާންވީކީ! އެއީ އަހަރުމެންގެ ދައުލަތުގެ ތަރިކަ، މާނައަކީ އަހަރުމެންގެ ވެސް މުދަލޭ! ހަމަ އެހެން ފަންސާސް އަހަރަށް ނުވަދިހަ ނުވަ އަހަރަކަށް ހެޑް ލީސް އެއް ދަމާ ލެވިގެނެއް ނުވާނެ! މި ބުނީ ރިސޯޓުތަކުގެ އިންވެސްޓްމަންޓް ރިކަވަރވޭ ހަތެއް ނޫނީ އަށެއް އަހަރު ތެރޭ! ރިސޯޓުތައް ޕަބްލިކް ކުންފުނިތަކަށް ބަދަލުކޮށް އާއްމުންނަށް ޓުއަރިޒަމުގައި ބައިވެރިވެވޭ ގޮތްހަދަންވީ އެނގިއްޖެ!

The name is already taken The name is available. Register?

މަސްވެރިޔާ

25 December 2020

ކުރިޔަށް އޮތްތަނަށް ވިސަނާފައި ހައްލު ހޯދަން ޖެހޭ މައްސަލައެއް. މިހާރު އެކައުންޓިން އާއި ޓެކްސް ސިސްޓަމް ހަމަޔަކަށް އެޅިފައިވާތީއާއެކު ހުރިހާ ރިޒޯޓް އިންވެސްޓްމެންޓްތައް ޕަބްލިކް ކުންފުނިތަކަކަށް ބަދަލުކޮއް މަދުވެގެން %49.9 ލިސްޓް ކުރަން ފެނޭ. މިހާރު 50 އަހަރަށް އޮންނަ ލީސް 99 އަހަރަށް ނޫނީ ފްރީހޯލްޑަށް ބަދަލުކުރުމުގެ ފުރުސަތު އެފަރާތްތަކަށް ލިބޭގޮތަށް. އޭރުން އާއިލީ ތަޅާފޮޅުންވެސް ނެތިދާނެ.

The name is already taken The name is available. Register?

ކުރުކޮށް ކޯޓުތަކުގަ

25 December 2020

1- ސުޕްރީމް ކޯޓުގައި މަހާލްގެ މއްޗަށް ކާސްޓަވޭ އިން ކުރާ ދައުވާގަ ފްރެންޗް މީހުންވެސް ބައިވެރިވޭ. 2- ސިވިލް ކޯޓުގަ ފްރެންޗު މީހުން މަހާލް އާއި ދެކޮޅަށް ކުރާ ދައުވާ. 3- ސިވިްލް ކޯޓުގަ މަހާލްގެ އެހެނިހެން ހިއްސާދާރުން ހުސެން އާއި ޓާކޫރޭގެ މައްޗަށް ކުރާ ދައުވާ. 4- މަހާލް އިން ފްރެންޗް މީހުން ބޭރުކުރަން ކުރާ ދައުވާ އާއި 5- އެންމެ ކުރިން ލަނޑުލިބުނު ދިވެހި ކުންފުނިން ފައިސާ ހޯދަންކުރާ ދައުވާ. 6- ބީއެމްއެލް އިން ލޯނު ފައިސާ ހޯދަންކުރާ ދައުވާ!

The name is already taken The name is available. Register?

ކުރުކޮށް މަކަރުގެ ތަފްސީލް

25 December 2020

1- ކާސްޓަވޭއަށް ރިހިވެލި ކުއްޔަށް ދިނުމުގެ ކުރިން ދިވެހި ވިޔަފާރި ވެރިއަކު އަތުން ރިސޯޓު ދޭނެކަމަށް ބުނެ ނެގި 1 މިލއަން ޑޮލަރު. 2- ކާސްޓަވޭ އަށް ކުއްޔަށް ދިންއިރު ކުލިން ފަހުން ކަނޑަން ދިން އެޑްވާންސް ގެ ބާކީ 3 މިލިއަން ޑޮލަރު. 3- ހެޑްލީސް މުއްދަތު އިތުރުކުރަން ކާސްޓަވޭ އިންދިން 3 މިލއަން ޑޮލަރު. 4- ބޭންކް އޮފް މޯލްޑިވްސްގެ ލޯނުން ކާސްޓަވޭ ރިސޯޓަށް ކުރި އިންވެސްޓްމަންޓް 7 މިލިއަން ޑޮލަރ. 5- ފްރެންޗް މީހުން އަތުންނެގި 3މިލިއަން ޑޮލަރު. ޖުމްލަ 17މ

The name is already taken The name is available. Register?

ސީސޯ

25 December 2020

އެއްބަޔަކު ފިޔާރަޔަކަށް ވަދެފަ ކުޑަ ދަރިފުޅަށް ކިރުޕެކެޓެއް ގަންނަން މި ބަލަނީ ކޯޗެއްތޯ އަގު ހެވީ 1 ރުފިޔާވެސް ސަލާމަތް ކުރަން އަނގަޔާ އަތާ ދިމާނުވާތީ. އަނެއް ބަޔަކު މިއުޅެނީ ކާކަށްތޯ ގިނަ މިލިޔަން ޑޮލަރު ލިބެނީ ބަލާ އެކަމާ ކޯޅެން. މަހީކުރީ 2008 މި ކަންކަމުގެ އިސްލާހު ފެށުނީކަމަށް. އެކަމަކު އެއީ ބޮޑު ފޭކެއް.

The name is already taken The name is available. Register?

ތިމާވެށި

25 December 2020

ގޮތެއް ނިންމާނީ ކޯޓުންނެވެ.

The name is already taken The name is available. Register?

ނަފީސާ

25 December 2020

މުހައްމަދު ޝިހާމު ބުނާ ގޮތިން ބައްޕަ ހިއްސާ ދެއްވި. ބައްޕަ ދުނިޔޭގައި ހުރެ ވާރުތަ މުދާ ވަކި ދަރިއަކަށް ދިނުން އިސްލާމްދީން ހުއްދައެއް ނުކުރޭ. އެހެނަސް ދިވެހިންގެ މެދުގައި އަދިވެސް ދަރިން ތަފާތު ކުރިން އިންތިހާއަށް އޮވޭ. މިކަހަލަ ކަންކަމުން މުޅި އާއިލާ ތެރޭގައި ހަސަދަ އުފެދި ކުދިން ކުދިންނާ މި ޖެހެނީ. ރައްޖޭގެ ދީނީ އިލްމު ވެރިން މިކަންކަން ހުތުބާ ތަކުގައި ގިނަ ގިނައިން ކިޔަންވެއްޖެ.

The name is already taken The name is available. Register?

ނައު11

25 December 2020

މާހަލް މީހުން ވިޔަފާރި ކުރަން މިއުޅެނީ ކިހިނެއް. ބަޔަކަށް ދީފަ އިންވެސްޓު ކުރުވާފަ އެވީ އަތުލަން ކޯޓައް ދާން. ޢަތުން ހަރަދެއް ނުކުރޭ. މިއީ ސްކޭމް އަކާ ވައްތަރީ ބޮޑަށް!!

The name is already taken The name is available. Register?

މައްސަލަނިމޭނީދޯ

25 December 2020

އެންމެ ފަހުން އާއިލީ ބޮޑު މައްސަލަގަނޑަކަށް ރިހިވެލި މައްސަލަ ހަދައިގެން އުޅެނީ އެއީ އެރަށް ކުއްޔަށް ނަގައިގެން އުޅޭ ފްރާންސް މީހާއާއި އިނދެގެން އުޅޭ އެއާއިލާގެ އަންހެން ބޭފުޅެކޭ އެއީ ސީދާ ފްރާންސް މީހާ އަޑީގައި ހުރެގެން ކުރާ ކަންކަމޭ ތިޔާ ފްރާންސް މީހާ އެރަށަށް ކުރަން ޖެހޭ އެއްވެސް އިންވެސްޓެއް ނުކުރޭ ތަން ވަނީ ވީރާނާ ވެފައި ދެން އެމީހާ ރައީސް އޮފީހަށް ގޮސް ރައީސް އިބޫ ގާތު ބުނުމުން ރައީސް އޮފީހުގެ ބޮޑުންނަށް ކަޓް އަޅާ ގޮތަށް ފްރާންސް މީހާ ކޮޅަށް

The name is already taken The name is available. Register?

މަކަރާ ހުސޭނު

25 December 2020

އެހެން ހިއްސާދާރުން ނަށް އޮޅުވާލާފަ "ކުއްޔަށް" ނަގައިގެން އުޅެނީވެސް ހުސެން. ކެކެކެ. ހުސެންގެ %50 ވަގޮތަށް ފްރެންޗް 50 މީހުންގެ ގުރޫޕެއްގެ ހިއްސާ އޮތް ބޭރު ކުންފުންޏަކާ ޑީލެއް ހަދައިގެން އެމީހުން އަތުން 3 މިލއަން ޑޮލަރު ނަގައިގެން ހުސެން ހެވިފަ މިކިޔަނީ ކުލި ނުދައްކައޭ. ބަލަ ކުލި ދައްކަން ޖެހޭ ކުންފުނީގެ އެމްޑީ އަކީ ވެސް ހުސެން އޭ! މަކަރާ ހީލަތް ހެދޭނީ ވެސް ވަކިވަރަކަށް. ރާއްޖޭގެ ހިންގި އެންމެ ބޮޑު އެއް ސްކޭމް!! ހެހެހެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454