ވިޔަފާރި / ޓޫރިޒަމް

އިތާފުށި ޕްރައިވެޓް އައިލެންޑްގެ އަގު: ރެއަކަށް 80,000 ޑޮލަރު

ވަލްޑޯފް އެސްޓޯރިއާގެ އިތާފުށި ޕްރައިވެޓް އައިލެންޑް--ފޮޓޯ:ސީއެންއެން

ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ހިތްގައިމުކަމުގެ ގޮތުން މަތީ ދަރަޖައިގެ ރިސޯޓް އިތާފުށީގައި ހެދި ޕްރައިވެޓް ކުޑަކުޑަ ރަށް، މިދިއަ ހަފުތާގައި ބާޒާރަށް ހުޅުވާލައިފި އެވެ. އެކަމަކު އަގު އުޅެނީ އާދައިގެ މީހަކަށް އަތް ފޯރާ ފަށަކު ނޫނެވެ: ރެއަކަށް 80،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އެވެ.

ހިލްޓަންގެ ޗެއިން ތެރޭގައި ހިމެނޭ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާއި ހޮޓާތައް މެނޭޖްކުރާ ބްރޭންޑް "ވަލްޑޯފް އެސްޓޯރިއާ" އިން ހިންގާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި، މި ކުޑަކުޑަ ރަށް ހަދާފައި ވަނީ ރިސޯޓްގެ އެހެން ބައިތަކާ މުޅިން ވަކިންނެވެ. އެކަމަކު 32،000 އަކަ މީޓަރުގެ މި ރަށަކީ ވެސް، ހަމަ ރިސޯޓެކެވެ.

އިތާފުށި ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއްގެ އެތެރެ

މި ޕްރައިވެޓް އައިލެންޑުގައި އެއްފަހަރާ 24 ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކުރެވެ އެވެ. އެ މީހުންނަށް ހާއްސަކޮށްގެން ތިން އިމާރާތެއް ހިމެނެ އެވެ. އެއީ ދެ ކޮޓަރީގެ ވޯޓާ ވިލާއަކާއި ތިން ކޮޓަރީގެ ބީޗް ވިލާއަކާއި ހަތަރު ކޮޓަރީގެ ރެސިޑެންސް ވިލާއެކެވެ.

މިއިން ކޮންމެ ތަނެއްގައި ވެސް ހާއްސަ ޕޫލްތަކާއި ޖަކޫޒީ ލާފައިވެ އެވެ.

ރާއްޖޭގެ ހުދު ދޮންވެއްޔާއި ސާފު ބިއްލޫރިކޮޅެއް ފަދަ މޫދާ އެކު މި ރަށް ފެންނަނީ، ކާރޫބާރޫ ބޮޑު ދިރިއުޅުމުގެ ތެރެއިން ނުކުމެ ގުދުރަތީ ޗާލުކަމުގައި ހިތްއުފާކޮށްލަން ބޭނުން މުއްސަނދިންނަށް އެއްވަނައިގެ ތަނެއްގެ ގޮތުގަ އެވެ.

އިތާފުށި ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް

ހިލްޓަން އިން ބުނީ މި ޕްރައިވެޓް އައިލެންޑުން ހިތްފަސޭހަ އަދި އަމާން ޗުއްޓީއެއްގައި ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.

މާލެ އަތޮޅުގައި ހަދާފައިވާ އިތާފުއްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ދާން ނަގަނީ 40 މިނެޓެވެ. ސީޕްލޭންގައި އެންމެ 15 މިނެޓެވެ.

ވަލްޑޯފް އެސްޓޯރިއާގެ އިތާފުށި ޕްރައިވެޓް އައިލެންޑް: މިއީ އަގުގެ ގޮތުން ވެސް އާދައިގެ ތަނެއް ނޫން

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ހުޅުވީ 2019 ގަ އެވެ. އެ ރިސޯޓްގައި 121 ވިލާ ހުރެ އެވެ.

19 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 4%
icon angry icon angry 42%
icon wow icon wow 29%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫޖި

17 January 2021

މަށަށް އަޅައިގަތީ އެރަށުހެ މަތިން ނަގާފައިވާ ފޮޓޯއިން އިމާރާތަށް ސޮލީބު ސިފަވާގޮތަށް ފަރުމާކޮށްފައިވާކަން. ޢެއީ ހަމަ ގަސްދުގައި ކޮށްފަވާކަމެއް. ދެރަ

The name is already taken The name is available. Register?

ޒިންދަގީ

17 January 2021

ނާތެދެއް؟؟!!! އެކަމަކު މިއަދުވެސް ޑޮލަރު އުޅެނީ 19ރ ގަ. ތިކަހަލަ ވާހަކަދެއްކީމަ އަހަރުމެން އާދައިގެ މީހުން އަންނާނީ ރުޅި.. ބޭރު ގައުމަކަށްދާއިރަށް އެވެރިންބުނާނެ ދިވެހިން ވަރަށް މުއްސަނދިވާނެއޭ، ރާއްޖޭގެ ރިސޯޓު ދުވާލަކަށް 80،000 ޑޮލަރަށް ވިއްކައޭ.. ތިގޮތަށް އެފްރިކާގެ ގައުމުތަކުގަ ޖަވާހިރާއި އަލިމަސްވެސް ހެސްކިޔާފަހޮވާ..

The name is already taken The name is available. Register?

ބޮޑުމީހާ

16 January 2021

ތިލިބޭ އެއްޗަކުން އާދައިގެ ދިވެއްސަކަށް ރާހަތެއްކުރާނެބާ

The name is already taken The name is available. Register?

ބޭރ

16 January 2021

އެންމެ ކުޑަމިނުން ތި ތަންތަނަށް ލިބޭ ޑޮލަރުކޮޅު ރާއްޖޭގަ އެނބުރިފަ ބޭރަށް ނެރޭނެ ގޮތެއް ހަދާލާފަ އޮންނަ ނަމަވެސް ދިވެހިންނަށް ކޮންވެސް ރާހަތެއް ލީހެވެ.

The name is already taken The name is available. Register?

ތުއްތޮންބެ‫

16 January 2021

ތ‫ީގެން އާދައިގެ ދިވެހިންނައްކުރާނެ މާކަބޮޑުފައދާއެއްނެތް. އެކަމަކު އިންޑިއާ، ލަންކާ، ޕިލިޕީންސް، ނޭޕާލު އަދި އިންޑޮނޭޝިއާގެ ބާލީކުދިންވަރައް އުފާވާނެ.

The name is already taken The name is available. Register?

ފޫހި

16 January 2021

ސާފު ރީތި މޫދާ އެހާމެރީތި ވެއްޓާ އެހާމެ ރީތި ދޮންވެލި ވިއްކައިގެން ބިދޭސީ ކުންފުނިތައް މއްސަދިވާއިރު ދިވެހިން ހުސްއަތާ. މިފަދަ ގޮތަކަށް ޓުއަރިޒަމް ދިވެހިންނަށް މުހިނެއްނޫން.

The name is already taken The name is available. Register?

ހަސަދު

16 January 2021

މިހެންވަންނަ ޑޮލަރު ރާއްޖޭގައި ހިފެހެއްތޭ ގޮތަށް ގާނޫނު އިސްލާހު ކޮށްބަލަ. މުއްސަދިން ގައުމުކާލަމުން ދުވަނީ. އަހަރުމެން ބޭރަށްދާންވެސް ޖެހެނީ ދޮލަރަށް ސަލާން ޖަހަން.

The name is already taken The name is available. Register?

ކޮރަޕްޓް

16 January 2021

ތިއައީވެސް ގިނަ ރިސޯޓްތަކާ އެއްގޮތަށް ކޮރަޕްޝަނުގެ ތެރެއިން އުފަންވެފައިވާ ތިވިޔަފާރީގެ ފައިދާގެ މަންފާ ދިވެހި ރއްޔިތުންނަށް ކުޑަވާނޭ އަގޮބޮޑު ރަށެއް

The name is already taken The name is available. Register?

އާރީ

16 January 2021

ބޭރުމީހުން ނަށް ތީގެ ހުރިހާ ފައިދާއެއް އޮތީ. ރަގަޅަށް ވިންޔާ ތި ރިސޯޓްގަ ހިދުމަތް ދޭށް ވެސް ތިބޭނި ބޭރުމީހުން. މިގައުމް މިހާރު މިއޮތީ ހުރިހާ ގޮތަކުން ވެސް ފެއިލްވަ

The name is already taken The name is available. Register?

އަރުތަ

16 January 2021

މިހާރެއް އެހާރެއް ކިޔާނެ ކަމެއްނެތް، ކިތައްމެ "ހާރެއް" ވެއްޖެ ޤައުމު ފެއިލްވެފަ އޮންނަތާ.

The name is already taken The name is available. Register?

ޒިންދަގީ

17 January 2021

އާރީ މީކީ މިއަދަކު އިއްޔެއަކު ވެގެންއުޅޭގޮތެއްނޫނޭ.. ހަމައެކަނި ވާގޮތަކީ ބައިސާ ކަނޑާފަ ވެރިކަމަށް އެރޭއިރަށް ދެން ވެއްޓެނީ ފުރާ ޑޮލަރުހުރިބައެއްގެ ޖީބަށް، ރައްޔިތުން ގޮސް ގުއި ވަޅަށް.. އަނެއްކާވެސް އަނެއްދައުރުގަ ހަމަ މިގޮތަށް..

The name is already taken The name is available. Register?

ޖމަލު

16 January 2021

ރާއްޖޭގެ ކޮންމެ 3800 އެއްހާ މީހަކަށް ދުނިޔޭގެ ފެންވަރުގެ ރިސޯޓެއް ޖެހޭ. މިއީ އެންމެ ސިނާއަތެއް. ދެން ދިވެހިންނަށް ސަތޭކަ ޑޮލަރު ނުލިބި މި ގަނެ ތެޅެނީ. މިއީ އަރަތެއް ނޫންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454