ޅ އަތޮޅުގައި ފައިވް ސްޓާ ފެންވަރުގެ އާ ރިސޯޓެއް ހުޅުވައިފި އެވެ.

މެއްޔާފުށި މޯލްޑިވްސް ރިސޯޓު ރަސްމީކޮށް މި މަހުގައި ހުޅުވި ނަމަވެސް، އެ ރިސޯޓު ވަނީ ޓޫރިސްޓުންނަށް މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. 

އެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވޭނެ އެވެ. ތިމާވެއްޓާ ރައްޓެހި ދިވެހިވަންތަ އެ ރިސޯޓުގައި 94 ލަގްޒަރީ ވިލާ ބޭނުން ކުރެވޭނެ އެވެ. ކޮންމެ ވިލާއެއްގައި ވެސް ޕްރައިވެޓް ޕޫލެއް ހުންނަ އިރު އަންޑަވޯޓާ ޑައިނިން ރެސްޓޯރެންޓެއްގެ އިތުރުން އިންފިނިޓީ ޕޫލެއް ޓޫރިސްޓުންނަށް ބޭނުންކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއްގެ ކޮޓަރި. އެ ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުރޭ -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް
މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއްގެ ކޮޓަރި. އެ ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުރޭ -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް

ރާއްޖޭގެ އެހެން ރިސޯޓުތަކެކޭ އެއްގޮތަށް އެން ޒަމާނީ ސްޕާ ހިދުމަތާއި ފިޓްނަސް ސެންޓަރާއި ވޯޓަސްޕޯޓްސް ހިދުމަތްތައް ވެސް އެ ރިސޯޓުން ލިބޭނެ އެވެ.

އެ ރިސޯޓުގައި ތިން ރެސްޓޯރެންޓުން ދުނިޔޭގެ މަޝްހޫރު ކުޒީންތަކުގެ ކެއުންތައް ލިބޭނެ އެވެ. އޭގެ ތެރޭގައި މެޑިޓަރޭނިއަން އާއި އޭޝިއަން ކުޒީންތައް ހިމެނެ އެވެ.

މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއް. އެ ރިސޯޓުގެ ވިލާތައް ހަދާފައިވަނީ ތިމާވެއްޓާ ރައްޓެހި އެންމެ ޒަމާނީ ޑިޒައިނަށް -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް
މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއް. އެ ރިސޯޓުގެ ވިލާތައް ހަދާފައިވަނީ ތިމާވެއްޓާ ރައްޓެހި އެންމެ ޒަމާނީ ޑިޒައިނަށް -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް

އެ ރިސޯޓުން ކޮންމެ ޓޫރިސްޓަކަށް ވެސް ޕާސަނަލައިޒް ބަޓްލާ ސާވިސް ލިބޭނެ އެވެ. 

މެއްޔާފުއްޓަކީ ފުށިފަރު މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުނީގެ އާ ރިސޯޓެވެ. 

މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއް. އެ ރިސޯޓުން އެންމެ ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްތައް ލިބޭނެ -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް
މެއްޔާފުށި މޯލްޑިވްސްގެ ވޯޓާވިލާއެއް. އެ ރިސޯޓުން އެންމެ ލަގްޒަރީ ޓޫރިޒަމްގެ ހިދުމަތްތައް ލިބޭނެ -- ފޮޓޯ: މެއްޔާފުށި މޯލްޑިވްސް

މިދިޔަ އަހަރު ރާއްޖޭގައި ހަ ރިސޯޓެއް ހުޅުވި އެވެ. މިވަގުތު ރާއްޖޭގައި 179 ރިސޯޓުން ޓޫރިސްޓުން އަންނަނީ ހިދުމަތް ދެމުންނެވެ. އެއީ ގާތްގަނޑަކަށް 45،000 އެނދެ އެވެ. ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ 70 ޕަސެންޓު ހިއްސާ ކުރަނީ ރިސޯޓުތަކެވެ.

މިއަހަރު އިތުރު ހަތް ރިސޯޓު ރާއްޖޭގައި ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.