މި އަހަރުގެ ފުރަތަމަ ފަސް މަހު ރިސޯޓު ކުލިން 722 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް އާމްދަނީ ވަންނަނީ ޑޮލަރުންނެވެ. އެއީ 47 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް އިތުރު އަދަދެކެވެ. 

މިދިޔަ މަހު ރިސޯޓު ކުލީގެ އާމްދަނީގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހަށް ވުރެ 122 ޕަސެންޓް ދަށް އަދަދެކެވެ.

މާޗް މަހު ފެށި މެދުއިރުމަތީގެ ހަނގުރާމައާ ހެދި، ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ ދަށްވެ، ދައުލަތަށް ޓެކްސް އިން ޖުމްލަ ވަތް އާމްދަނީ ވެސް ދަށްވެފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް 16 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ. ދައުލަތަށް ޖުމްލަ ވަތް އާމްދަނީ އިތުރުވި ނަމަވެސް، މިދިޔަ މެއި އަދި އޭޕްރީލް މަހު ޓީޖީއެސްޓީ އާއި ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް އިން ލިބުނު އާމްދަނީ ދަށްވެފައިވެ އެވެ.