ޓޫރިސްޓުންތަކެއް އެއާޕޯޓުގެ ބަނދަރު މަތީގައި މަޑުކޮށްލައިގެން. ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކައަށް އަރައިފި -- ފޮޓޯ: މިހާރު
18 މެއި 2025 - 08:55
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 833،000 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6،700 ޓޫރިސްޓުން އާދެ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުން ކުރެ ކޮންމެ މަހަކު ވެސް ރާއްޖެއަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު 198،000 ޓޫރިސްޓުން އައިސްފަ އެވެ.
މި މަސް ނިމޭ އިރު 170،000 ޓޫރިސްޓުން އަތުވެއްޖެ ނަމަ، ރާއްޖެއަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އަރާނެ އެވެ. މި މަހުގެ މިހިސާބަށް އައި އިރު 70،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި މަހުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 5،000 ޓޫރިސްޓުންނެވެ. އެއީ މިއަހަރުގެ އެވްރެޖު އެންމެ ދަށް މަހެވެ. އާންމު ގޮތެއްގައި ވެސް މެއި މަހުން ފެށިގެން އަހަރުގެ ފަހުކޮޅާ ހަމައަށް ޓޫރިސްޓުންގެ އަދަދު ދަށްވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ހަމަވީ، ޖޫން މަހުގެ އެންމެ ފަހު ހަފުތާގަ އެވެ. އެކަމަކު މިއަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެއް މިލިއަން ޓޫރިސްޓުން މި މަހު ނުވަތަ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހަމަވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން މިވަގުތު އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 103،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާއިން 97،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 93،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ހޭދަކުރަނީ 23 ޕަސެންޓު ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
18 May 2025
ސަރުކާރުން ހިސާބުޖަހާވަރަށް ޖަހަނީ. ރިޒޯޓް ތަކުގެ އަގު ހެސްކިޔަފަ ތިރިކުރަނީ ޑިމާންޑް ނެތީމަތާ. ތިއަންނަ ހުރިހާމީހުން ކަނޑަށްތަ އެރެނީ؟ އޮކިއުޕެންސީ މައްޗެއްނުވޭ ޑޮލަރެއް ނުލިބޭ. ވިސްނައިފިމީހަކަށް އިބުރަތެއް
ނޫހް އިބްރާހިމް
18 May 2025
ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އަދި ލިވަޕޫލް އާއެކު ކުރި ކަމުގެ ފޮނި މީރުކަން ދެން އަންނަ ކުއާޓާގައި ފެންނާނެ. ބަލަން ތިބޭ
އެޑްމުންޑޯ
18 May 2025
ބުނާނެ އެއްޗެއް ނޭގެ ، ބުނަންޖެހޭ އެއްޗެހިވެސް އެހާގިނަ ، މިފަހަރު ހަނުހުންނާނީ
މިއައު
18 May 2025
އަޅޭ. ދެން އަންނަށް ބަޔަކު ކައިރީ ބުނެބަލަ ކުދި ބޮލީގެ ބަދަލުގަ ބޭރު ފައިސާ ކޮޅެއް ގެންނަން
މޫސަބޭ
18 May 2025
މިލިއަނުން ޓުރިސްޓުން އާދެ އެކަމކު ވެސް ޑޮލަރެއް ނެތް.. ކޮންތާކަށްތަ އެ ހުރިހާ ޑޮލަރެއް މިއަލަނީ؟؟
ޝަހުމް އާދަމް
18 May 2025
އިގްތިސާދު ސިންދަފާތު ވަމުން މިދަނީ. ޓޫރިޒަމް ދުވަހަކު ނުދާހާ ބާރަށް ކުރިޔަށް ދާތަން ފެނިގެން މިދަނީ. ޝ
ލިހާޒް މުހުސިން
18 May 2025
ޓޫރިޒަމް ބޫމްވެގެން މިދަނީ.
7 ޕަސެންޓް
18 May 2025
ބާކީ 7 ޕަސެންޓް؟
ކޮތަރޭ
18 May 2025
އެހެންވީމަ ބައިވަރު ޑޮލަރު ވަދެފަ ނޫންތޯ ޤައުމަށް މިހާރު ހުންނާނީ؟ އަދިވެސް އަޅުގަނޑުމެން ޑޮލަރު ގަންނަން މިޖެހެނީ މީހުން ކައިރީ އާދޭސް ކޮށްގެން ސަލާން ޖަހައިގެން އެމީހުން ވިއްކި އަގަކަށް. ބޭންކަށް ހީވަނީ އަޅުގަނޑުމެން ރާއްޖޭން ބޭރަށް ގޮސް ބޭސް ފަރުވާ ކުރެވޭނެ ކަމަށް ޓިކެޓް ދައްކައިގެން ގަންނަން ލިބޭ އެންމެ 500 ޑޮލަރު ހިފައިގެން ގޮސް. މުއްސަނދި ވަނީ ވަކި ބަޔަކު ގައުމަށް ޓުއަރިސްޓުން ގިނައިން އަޔަސް.
އެކޮއި
18 May 2025
"ނުވާނެ މައްޗެއް. މިބުނީނުން މައްޗެއް ނުވާނޭ." މީ މަބުނި ވާހަކައެއްނޫން. މީ ރައީސް މުޢިއްޒު ވިދާޅުވި ވާހަކައެއް.
ކޮރަލް
18 May 2025
ދިވެހި ޓްރެވެލް އެޖެންޓޤ އިން ގެނައި ޓޫރިސްޓުންގެ އަދަދަކީ ކޮބާ ތޯ އެވެ. މިހާރު ރިސޯޓް ވަޒީފާ އަށް ބިދޭސީން އައިސް އަހަރެއް ވާއިރަށް ޓްރެވަލް އެޖެންޓް އަކަށް އެބަ ބަދަލު ވެ އެވެ. ދެން ހަމަ ވިަޔަފާރު ކުރަނީ އެވެ. ޓީޖީއެސްޓީ ދެއްކުމެއް ވެސް ނެތެވެ.