ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ޖަހަނީ--ފޮޓޯ: ނިޝާން އަލީ/މިހާރު
11 ފެބުރުއަރީ 2021 - 12:12
ފަސް ދުވަހުގެ ތެރޭ ޓޫރިޒަމް ދާއިރާގެ 560 މުވައްޒަފަކަށް ކޮވިޑް ވެކްސިން ދީފި އެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ޓޫރިޒަމް ދާއިރާއިން ރިސޯޓުތަކުގެ މުވައްޒަފުންނާއި ގެސްޓްހައުސް މުވައްޒަފުންނާއި އެއާޕޯޓް ރެފުންނާއި ސަފާރީ މުވައްޒަފުންގެ އިތުރުން ރިސޯޓުތަކަށް ގޮސް އުޅޭ ފަންނާނުން ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ ތެރެއިން އެންމެ ގިނަ ވެކްސިން މިހާތަނަށް ޖަހާފައިވަނީ އެއާޕޯޓު ރެޕުންނަށެވެ. އެގޮތުން 250 އަށް ވުރެ ގިނަ އެއާޕޯޓް ރެޕުންނަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ.
އިންޑިއާ އިން ދިން ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖަހަމުން އަންނަ އިރު ޓޫރިޒަމް ދާއިރާ އަށް 10،000 ޑޯޒް ހާއްސަކޮށްފައިވެ އެވެ. މިއީ 5،000 މީހުންނަށް ފުދޭ ވަރެވެ. ޓޫރިޒަމް ދާއިރާގައި 51،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރިސޯޓުތަކަށް ގޮސް ވެސް ވެކްސިން ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށި އިރު މިހާތަނަށް އެކި ދާއިރާގައި ހިމެނޭ 20،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިސޯޓުކިސޯރު
12 February 2021
އާދެން މުސާރަ ނުދީ ކަޑާލާފަ ގެއައް..ވަރައްސަލާން
1828
11 February 2021
މަހުޖަނުންނަށް އަޅުމަސައްކަތް ކުރުވަން ރިސޯޓް މުވައްޒަފުން އެތިބީ ރިސޯޓް ބަންދުކޮށްފައި. އެވެސް ސަރުކާރުން ބޭނުން ވެގެން. ސަރުކާރުން ބޭނުންވަނީ ސަރުކާރު ހިންގަން ޑޮލަރު. ސަރުކާރަށް މުހިންމެއްނޫ ރިސޯޓް މުވައްޒަފުންނެއް.
1828
11 February 2021
ތިޔަ ވެކްސިންގެ 02 ޑޯޒް ފުރިހަމަ ކުރީމައިވެސް ރިސޯޓް ބަންދުން މިނިވަންވާނެ ކަމެއް ނޭނގޭ އެޗްޕީއޭގެ މީހުންނަށްވެސް. ތިޔައީ ރިސޯޓް މުވައްޒަފުންނަށް ދެވޭ އުންމީދެއްނޫން. ހަމަ ގެސްޓުންނާއި ދިމާވެފައި އެއަރޕޯޓް ރެޕުން ޑިއުޓީ ނިންމާފައި އެދަނީ ހަމަ އަނބިދަރިން ކައިރިއަށް. އެކަމަކު ރިސޯޓްގައި ތިބޭ މުވައްޒަފުންނަކަށް ރިސޯޓުން ބޭރަށް ފިޔަވެއްވެސް ނޭޅޭ. މަހުޖަނުންނަށް އަޅުމަސައްކަތް ކުރުވަން ރިސޯޓް މުވައްޒަފުން އެތިބީ ރިސޯޓް ބަންދުކޮށްފައި.
ނޯނޭމްފޭސް556
11 February 2021
އަހަރެންނަށް 39 އަހަރު. މަށަކީ ދާއިމީ ބޭސްފަރުވާއަށް ބޭނުންވާ ބަލިތަކެއް ހުރިމީހެއް. އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިވެސް އެބަހުރި. އެކަމަކު، މަށަށް ވެކްސިނެއް ނުޖެހޭ. މިހާރު ވެކްސިން ހުސްވަނީ. މިއީތޯ އެންމެ ރަގަޅު ގޮތަކީ