ބޮޑެތި އިނާމުތަކާ އެކު އުރީދޫން "އެސްއެމްއެސް ސްކްރެބްލް" ތައާރަފް ކޮށްފި

އަގުހުރި ބޮޑެތި އިނާމުތަކާ އެކު އުރީދޫން އެސްއެމްއެސް މެދެެރިކޮށް ކުޅެވޭ "ސްކްރެބްލް" މުބާރާތެއް ފަށައިފި އެވެ.


އުރީދޫގެ "އެސްއެމްއެސް ސްކްރެބްލް" މުބާރަތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީގެ ނިޔަލަށެވެ. އަދި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިންނަށް ކޮންމެ ހަފުތާއަކު އަދި މަހަކު ހާއްސަ އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން. ކޮންމެ ހަފުތާއަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއަކަށް ފަހުގެ އައިފޯން 7ޕްލަސް އެއް ލިބޭ އިރު ދެވަނަ އިން އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއަކަށް އައިފޯނު 7 ލިބޭނެ އެވެ. ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއަކަށް ލިބެނީ އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު މެކްބުކް ޕްރޯ އެކެވެ.

މި މުބާރާތުގައި، ‘GO’ ޖެހުމަށް ފަހު 4242 އަށް އެސްއެމްއެސް އެއް ކޮށްގެން ބައިވެރިވެވެ އެވެ. އަދި ކޮންމެ ބައިވެރިއަށް ވެސް އަކުރުތަކެއް ހިމަނާފައިވާ އެސްއެމްއެސް އެއް ލިބޭނެ އެވެ. މި އަކުރުތައް ބޭނުންކޮށްގެން ބަސްތައް ހެދުމަށް ފަހު 4242 އަށް ފޮނުވަން ޖެހެ އެވެ.

"ލިބިފައިވާ އަކުރުތައް ބޭނުންކޮށްގެން ބަސްތައް ހެދުމަށް ފަހު 4242 އަށް އެސްއެމްއެސް ކުރަންވީ. އަދި އަކުރުތައް ބަދަލު ކުރަން ބޭނުން ވެއްޖެ ނަމަ “CHANGE" ނުވަތަ “NEXT” ޖަހާފައި އެސްއެމްއެސް އެއް ފޮނުވުމުން އަކުރުތައް ބަދަލު ވާނެ،" އުރީދޫގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަ ގޮތުގައި އަކުރުތައް ބަދަލު ކުރާ ކޮންމެ ފަހަރަކު އެ ބައިވެރިއަކަށް އިތުރު 50 ޕޮއިންޓު ލިބޭނެ އެވެ.

މި މުބާރާތަށް ކުރާ ކޮންމެ އެސްއެމްއެސް އަކަށް ރުފިޔާއެއް ނަގާނެ އެވެ.