އުރީދޫގެ ހާއްސަ ޕްރޮމޯޝަން
މަގުބޫލު ގޭމެއް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވާޑް" ގެ ނަމުގައި އެސްއެމްއެސް މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.
މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އިނާމު ދޭން ވަނީ ނިންމައިފަ އެވެ.
"ގެސް ދަ ވާާޑް" ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކުރުމެވެ. ފަސް ލެވެލް އަކަށް ބަހާލާފައި ވާއިރު މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް ގިނަވާނެ އެވެ.
މި މުބާރާތް ކުރިއަށްދާނީ މި މަހުގެ އިން އޭޕްރީލް 10 އަށެވެ. މި މުބާރާތުގައި ބައިވެރިވާން، “GO” ޖެހުމަށް ފަހު 4646 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވެވޭނެ އެވެ.
- ދުވަހުގެ ޓޮޕް ސްކޯރަ: 1.25 ޖީބީ ޑޭޓާ
- ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރަ: އައިފޯން އެކްސް
- މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މެކްބުކް އެއާ
- މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާ: ސެމްސަން ގެލެކްސީ ނޯޓް 9
- މުޅި މުބާރާތުގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާ: އެޕަލް ވޮޗް
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބްލެކް-ގާޑް
13 January 2019
އޫރިދޫ އަދި ދިރާގުން ފައިސާ ހޯދުމަށް ކުރިއަށް ގެންދާ މިފަދަ މުބާރާތްތަކަކީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކުރާ "ސްކޭމް"އެއް ކަމެއްކަން ފާހަގަކުރެވޭ. 2018 ވަނައަހަރު އެޕްރީލް 01 ގައި 4646 އަށް އެސްއެމްއެސް ފޮނުވައިގެން އޫރިދޫއިން ކުރިއަށް ގެންދިއަ މުބާރާތެއް ޓެކްނިކަލް އިޝޫއެއް މެދުވެރިވެގެން ކިޔާފައި އެ މުބާރާތުގެ ފުރަތަމަ ހަފްތާއިން މެދު ކަނޑާލި. ހުރިހާ ދެރައެއް ލިބުނީ އެސްއެމްއެސް ފޮނުވި ފަރާތްތަކަށް. މިފަދަ ކަންތައް ބަލަން ޖެހޭ އިދާރާތައް ކޮބާ؟
ކަބީދު
13 January 2019
އެސްއެމްއެސް ފޮނުވި ނަންބަރުތަކުން ހޭދަވިވަރު ރިފަންޑް ކޮށްދިނުމަށް އެދި ކެންޕޭނެއް ފަށަންވީ
އަލީލާން
13 January 2019
ފެންވަރު ވަރަށް ދަށްވެއްޖެ. ކަސްޓާމާ ސަރިވިސް ވަރަށް ކަޑަ. އެކިއެކި ކަހަލަ ޗާރޖްތައް ބިލައް އައިސް ވާނުވާ ނޭނގޭ. ނުދައްކާ ސަލާމަތެއް ނުވޭ. ޑިޕޮސިޓް ދެއްކިއަސް ދެއްކި ކަމަކަށް ފަހަކުން ނުވޭ. ޑަބަލްކޮށް ބިލަށް އަރާފަ ހުރޭ. ވަރަށް ސަކަރާތް މިހާެރު ތިޔަ އުރެދޫ
ޖަމަލޭ
13 January 2019
އެސްއެމްއެސް މުބާރާތް ކުޅުނީމަ ނިމުނީ މީހަކު އެއްޗެއް އޮޅުންފިލުވާލަން ގުޅައިފިއްޔާ 1 ކުން ފެށިގެން 9 ދޭތެރޭ ހުންނަ ހުރިހާ ނަންބަރަކަށް ފިތޭއިރުވެސް އިންސާނުން ދިރިއުޅޭ ތަނަކަށް ގުޅައިގެން އުޅޭހެނެއްވެސް ހީނުވޭ. އަނެއްކާ މީހުން ލޭމައްޗަށް ދާވަރު ޓެސްޓް ކުރަން ސާވޭއެއް ކުރަނީތޯ!