ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައެއް ޓޫރިސްޓުން ލަގޭޖުތަކާ އެކު--ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
07 ޖުލައި 2021 - 14:01
ދެކުނު އޭޝިއާ ޓޫރިސްޓުން ރާއްޖެ އައުން މަނާކޮށްފައި އޮތް އޮތުން އުވާލާއިރު މި އެ މީހުންނަށް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ދެވޭނީ މި މަސް ނިމުމުން ކަމަށާއި އެހާ ހިސާބަށް ދެވޭނީ ރިސޯޓްތަކަށް އެކަނި ކަމަށް ހަމަޖައްސައިފި އެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތައް މިއަދު އިއުލާނުކުރާއިރު މި ނިންމުން ހާމަކުރާނެ ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެ ސަރަހައްދުން އަންނަ ހުރިހާ ޓޫރިސްޓުން ވެސް ތިބެން ޖެހޭނީ ރިސޯޓުތަކުގަ އެވެ.
މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ނިންމުމަށް ބަދަލު ގެނެސް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ވެސް ގެސްޓް ހައުސްތަކަށް ދެވޭ ގޮތް ހަދާނެ އެެވެ. އެކަމަކު އޭގެ ކުރިން، ގެސްޓް ހައުސް ހުރި ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު އަދި ގެސްޓުހައުސްތަކުގެ 95 ޕަސެންޓު މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
ޓޫރިސްޓުންނަށް ދޭ ލުއިތަކާ އެކު ދާއިމީ ގޮތެއްގައި ރިސޯޓުތަކުން ކޮވިޑް-19އަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިކަން ކުރަން ޖެހޭނީ ރިސޯޓުން އަމިއްލައަށް ނުވަތަ އެހެން ބަޔަކާ ގުޅިގެންނެވެ. މި އިންތިޒާމުތައް ހަމަޖެއްސުމަށް ވަކި މުއްދަތެއް ވެސް ސަރުކާރުން ކަނޑައަޅާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
07 July 2021
ދިވެހިންގެ ތެރޭގައި އޮންނަ މިފަދަ ނޭއްގާނި އުސޫލު ދިވެހިން ދޫކޮށްލާނީ ކޮންދުވަހަކުންތޯ. # މިކަމުގައި "ސައުތު އޭޝިޔާގެ ޕާސްޕޯޓް ހޯލްޑަރުން" ނުވަތަ ދެކުނު އޭޝިޔާގެ ޓްއަރިސްޓުންގެ ބަދަލުގައި ރޭސިސްޓް ނުވާނަމަ އޮންނާންވާނީ "ސައުތު އޭޝިޔާގެ ޤައުމުތަކުން އަންނަ ޓްއަރިސްޓުން" ނޫންތޯ. # މީހާ ވަކި ޤައުމަކަށް ވަކި ނަސްލަކަށް ވަކި މަޒުހަބަކަށް ވަކި ދީނަކަށް ނިސްބަތްވުމަކީ އޭނާ "ބަލި އުފުލާމީހަކަށް" ބަލާންޖެހޭ ސަބަބެއްނޫން. އެޗްޕީއޭ އަކީ ހަމައެއްނެތް ބައެއް.
1828
07 July 2021
މިއަދު ދިން ލުއިތަށް އަންނަ މަހުން ފެށިގެން ހިފަހައްޓާނެ. ގެސްޓް ހައުސްތަކަށް އަންނަ މަހުން ފެށިގެން ދެކުނު އޭޝިޔާގެ ގެސްޓުން އައިކަމަށްވިޔަސް މާދަމާއިން ފެށިގެން 'އިންޑިއާ' ގެސްޓުން ރިސޯޓްތަކަށް އަންނަން ފަށާނެ. އެހިސާބުން ރިސޯޓް މުވވައްޒަފުންނަށް ދިން ލުއިތަށް ހަފަހައްޓާނެ.