ވިޔަފާރި / ޕިކަޕް ޑްރައިވަރުން

ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް 200ރ. އަށް ޕިކަޕް ދަތުރުކޮށްދޭ މީހެއް!

އޭނާ ބުނަނީ ބޮޑު އަގުގައި ދަތުރުކޮށްދިން އިރު ދުވާލަކު 1،500ރ. ލިބުނަސް، އަގުހެޔޮކޮށްލުމުން މިހާރު ދުވާލަކު 2،500ރ. ލިބޭ ކަމަށް.

ޝާހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކަޕް ކައިރީގައި މަޑުކޮށްލައިގެން. ދުވާލަކު ވިއްސަކަށް ދަތުރު އޭނާ ކުރޭ--

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރާއިރު، އެ ސަރަހައްދަށް ދަތުރުކުރާ ޕިކަޕް ދަތުރުތަކުގެ އަގުބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވެފައި އޮއްވައި، މީހަކު އޭނާގެ ޕިކަޕްގައި 200ރ. އަށް ދަތުރެއް ކޮށްދޭން ފަށައިފި އެވެ.

އާންމު ގޮތެއްގައި ކުޑަ ޕިކަޕަކުން 300ރ. އާއި 400ރ. އާ ދެމެދުގެ އަގެއް ނަގާ އިރު ބޮޑު ޕިކަޕަކުން 600ރ. އާއި 700ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ. މި އަގުތައް މިހެން ހުއްޓާ، ކޮޅަކަށް 200ރ. ގެ މަގުން ކުޑަ ޕިކަޕެއްގައި ދަތުރުކޮށްދޭން ފެށުމުން ޝާހުލް ޔަހްޔާ (ޝާހް) އަށް ވަނީ އާންމުންގެ ތައުރީފު އޮހެން ފަށައިފަ އެވެ.

މާލެ އަށް އުފަން، 30 އަހަރުގެ ޝާހު ބުނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ތަކެތި އުފުލައިދޭން ނިންމީ އެ މީހުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ވެދިނުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު ދަތުރުތައް އެ އަގުގައި ފެށުމުން ގިނަ ބަޔަކު އޭނާއަށް ގުޅަ އެވެ.

"ވަރަށް ގިނަ މީހުން ގުޅާ. ކުރިން 1،500ރ. ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޖެހޭނީ. މިހާރު 2،500ރ. ވެސް ދުވާލެއްގެ މައްޗަށް ޖެހޭ."

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތައް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ މިހާރު ދުވާލެއްގެ މައްޗަށް ވިއްސަކަށް ދަތުރުކުރަން ޖެހެ އެވެ. މީހުން ގުޅާ ވަރަށް ދަތުރުތައް ނުކުރެވިގެން ޕިކަޕް ދުއްވާ އެހެން ބައެއް މީހުންގެ އެހީތެރިކަން ވެސް މިހާރު އޭނާ ހޯދަ އެވެ. ޝާހުގެ ޕިކަޕަށް އޮތް ޑިމާންޑް ފެނި އޭނާ ދެ އެކުވެރިން ވެސް މިހާރު ހަމަ އެ އަގުގައި ދެވަނަ ފިޔަވައްސަށް ޕިކަޕް ދަތުރުކޮށްދެ އެވެ.

"އާންމުކޮށް އަޅުގަނޑު ޕިކަޕަށް އަރަނީ ހެނދުނު. ރޭގަނޑަށް ދެން ދަތުރުތައް ހުއްޓާލަން. އެކަމަކު މިހާރު ދަންވަރު ވެސް ދަތުރުކޮށްދޭން ޖެހޭ. ރޭ ވެސް ދަތުރުތައް ކޮށް ނިމުނީ މެންދަމު 3:00 ހާ އިރު،" އޭނާ ބުންޏެވެ.

އޭނާ ޕިކަޕް ދުއްވަން ފެށީ މީގެ ހަ މަސް ކުރިންނެވެ. އޭގެ ކުރިން އޭނާ އަކީ މާލޭގައި މޯބައިލް ފިހާރައެއް ހިންގި މީހެކެވެ. ކޮވިޑާ ގުޅިގެން ވިޔަފާރި ބަނގުރޫޓްވުމުން ކުރިން ގަނެފައި އޮތް ޕިކަޕެއް ދުއްވަން ފެށީ އެވެ.

ކުޑަ އަގެއްގައި ހިޔާ ފްލެޓްތަކަށް ތަކެތި އުފުލާ ދޭތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ޝާހަށް ވަރަށް ތައުރީފްކުރި އެވެ. ގިނަ ބަޔަކު މިކަން ދެކެނީ އޭނާ ކޮށްދޭ ވަރަށް ވެސް ހެޔޮ ކަމެއްގެ ގޮތުގަ އެވެ.

"ހީވެސް ނުކުރަން އެހާ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ކަމަކަށް. ވަރަށް އުފާވޭ ގިނަ ބަޔަކު މިކަން ބަލައިގަތީމަ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދެވަނަ ފިޔަވައްސަށް ދަތުރު ކުރާނީ މި އަގުގައި ކަމަށެވެ.

41 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 3%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިރޫ

28 September 2021

ކެރެލާ މީހަކާ ވައްތަރީ. މިއީ ދިވެއްސެއްތަ؟

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 September 2021

އިންޑިޔާގެ ކެރެލާގަ ކުރޮޅި ދުއްވަން ތިބޭ މީނައާއި ވަރަށް ވައްތަރު މީހުން.

The name is already taken The name is available. Register?

ސަތަރޭ

28 September 2021

މުދާކޮލު އެޕާޓްމަންޓަށް އަރުވާދޭން ކިޔާ އަގުތަކޯ…..

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 September 2021

މީނަ ބައްޕަ އެއީ އިންޑިޔާ ރައްޔިތެއް.އެހެންވީމަ އިންޑިޔާއަށް އުފަންވި ދިވެހި ކުދިންވެސް ވާނީ އިންޑިޔާ މީހުންނަށް ދޯ.އެފްބީގަ ދިވެހިރައްޔަތުންނާ ޒުވާބުކުރަން މީނަ ލަދެއް ވެސް ނުގަނޭ.

The name is already taken The name is available. Register?

ހުސްނުބާނޫ

28 September 2021

ނޫނޭ ވާ ހަމަ ސާބަސް.. ހެޔޮކަމެއް ނުކޮށްދޭ ތާ ހެޔޮ ބަހެއްވެސް ނުބުނާތި..ތި ތިބެނީ މުސްލިމުން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 September 2021

@ހުސްނުބާނޫ އަށް ތިފެނުނީ މަގޭ ކޮމެންޓް އެކަނި ދޯ؟؟. މުޅި ނޫހުގެ %90 ކޮމެންޓް އެއީ ކޮންމެވެސް މީހަކަށް މަލާމަތުގެ ބަސް ރައްދުވާގޮތަށް ލިޔެފަ ހުރި ކޮމެންޓްސް.އަހަރެންނަށް ކުރެވުނު ކުށަށް އަހަރެން މާފަށް އެދެން.ސޮރީ @ހުސްނުބާނޫ

The name is already taken The name is available. Register?

ޙިނި

28 September 2021

މީނާޔައް ރަނގަޅު ހަދިޔާއެއްދީބަލަ،. ކޮބާތަ ހިޔާފުލެޓު ލަކީޑުރޯ ކިޔައިގެން އިސްތިހާރުކުރާ ވެލިގާ ހާޑުވެޔާ، ސޮނީ. ޙާޑުވެޔާ ޔެއިންބޯ ފާނިޗާ، ވިލާ ސިމެންތި ކުންފުނި. ޢެމީހާ އެދޭ ހިދުމަތުގެ އަގުވަޒަންކޮއްބަލަ، ތި ކުންފުނިތައް މުއްސަންދިކޮއް ވިއްކާ މުދާތައް އެމީހާ ހެޔޮއަގުގަ އެ އުފުލައިދެނީ

The name is already taken The name is available. Register?

ގަމާރު

27 September 2021

މާލެއިން ފޭސްދޭކަށް ދަތުރެއްކުރަން ދޮޅުގަޑިއިރުހޭދަވާއިރު 12 ދަތުރުކޮށްގެން 2400ރ ލިބޭނީ ދުވާލަކަށް މިވަރަށްދަތުރުކުރެވޭނަމަ 72000ރ މަހަކަށްލިބޭނެ ދަތުރުލިބިދާނެ އެކަމަކުއެވަރަށް ކުރެވިދާނެކަމަށްގަބޫލްނުކުރެވޭ ވެމްކޯގެ އެހާބައިވަރު ވެހިކަލް އޮއްނައިރުވެސް އަގުހެޔޮކޮށް ކުނިއުކާތީ ތިންހަތަރުދުވަހުން ވެސް ނާދެވޭ

The name is already taken The name is available. Register?

ނުބައި

29 September 2021

ދޮޅު ގަޑިއިރު ހޭދައެއްނުވޭ.

The name is already taken The name is available. Register?

100

27 September 2021

3325050 ގެ ފިކަފް ތަކުން މިހާރުވެސް ހުޅުމާލެއަށް ދަތުރު ކޮށްދޭ 150ރ އަށް. ދަތުރު ކޮށްފަ ހުރި ބިލުތައްވެސް ދަށްކަދީފާނަށް.

The name is already taken The name is available. Register?

ފޭސް2

28 September 2021

ހުޅުމާލެއަށް އަދި ހުޅުމާލެ ފޭސް 2 އެއީ މުޅިން 2 ތަނެއް، ފޭސް 2 އަށް -/150 އަށް ދަތުރެއް ކޮށްދޭތޯ؟

The name is already taken The name is available. Register?

ފޫހި

27 September 2021

މިއީ ސީދާ ގަވާއިދާ ހިލާފަށް މިކަންކުރާމީހެއް. ޢެހެންވެ ޕިކަޕްގެ ނަންބަރ ނުޖެހީ. ޢުފަންވީ މާލެއަށްށޯ. ޢުފަންވެދާނެ ކޮންމެތާކަށްވެސް. ޙެޔޮނުވާނެ އަމިއްލައެދުމަށް މިފަދަ ކަންކަން އިސްތިހާރުކޮށްދޭން.

The name is already taken The name is available. Register?

މުލަކު 2

27 September 2021

200ރ ރޭޓުން ދަތުރު ކޮއްގެން 2500 ދޯ.. ހުރިހާ ވެހިކަލް މިރޭޓް ގަ ކުރާނަމަ ބޮލަކަށް ނުލިބޭން އެވަރެއް... މި ރޮކެޓް ސައިންސް އެއްނޫން.. އެކަމަކުވެސް ގިނަ މީހުން ވިސްނާނީ އެއްފަޅިން. ހެހެ!

The name is already taken The name is available. Register?

ހިސާބުހަދާ

29 September 2021

މާލެއިން ފޭސް2އަށް 200 އަދި އެނބުރި މާލެ އަންނައިރު ދަތުރެއް ކޮށްފިއްޔާ އަނެއްކާ 200. ދެން ކީއްވެ 2500 ނުލިބޭނީ؟

The name is already taken The name is available. Register?

ާަަަަަަަަަަަާމިރު

27 September 2021

ސަތޭކަ ޕަސެންޓް އިންޑިޔާ ރަތްޔިތެއް ސާހުލް އަކީ

The name is already taken The name is available. Register?

ޢަރުތަ

27 September 2021

އިންޑިއާ ރައްޔިތެއްތޯ ބަންގްޅަދޭޝް ރައްޔިތެއްތޯ މުހިއްމެއްނޫން، އެހެންމީހުންވެސް ޕިކަޕް ދުއްވާ އުސޫލުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ދައްކައިގެން ހަމަތަކުގެ މަތިން ޕިކަޕް ދުއްވަނީ، އަގުބޮޑުކޮށް ދަތުރުތައްކުރާ ޑްރައިވަރުން މިހާރު ތިބޭނީ ވަރަށް ދަތްބާރުވެފަ،

The name is already taken The name is available. Register?

ލޮލްލޮލްލޮ

27 September 2021

ހަބަރެއްލިޔާއިރު ހެޔޮދޯ އޭގައި ހިމަނާ މައުލޫމާތު ސައްހަނޫނަސް

The name is already taken The name is available. Register?

ޓީބެކް

27 September 2021

އެއޮތީ މާލެއަށް އުފަން މީހެކޭ ލިޔެފަ އާޓިކަލްގަ! ކަލޭވީނުން އިހަށް އަސާސީ ތައުލީމު ކިލާހަށް ދާން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454