09 އެޕްރީލް

April 09, 2020
ހެރީ އާއި މޭގަންގެ އާ ޗެރިޓީ އަކީ "އާޗިވެލް"

ޝާހީ ޒިންމާތަކުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީކޮށް ސިއްކަ ޖެހުނު ޕްރިންސް ހެރީ އާއި މޭގަން މާކަލް "އާޗިވެލް" ގެ ނަމުގައި އާ ޗެރިޓީއެއް އުފައްދަވައިފި އެވެ.

April 09, 2020 2
ޓްވިޓާގެ ވެރިޔާ އެއް ބިލިއަން ޑޮލަރު ހަދިޔާކޮށްފި

ޓްވިޓާގެ ވެރިޔާ ޖެކް ޑޯޒީގެ ބައިވެރިވުން އޮންނަ ޕޭމަންޓް ކުންފުނި ސްކެއާގައި އޮތް އޭނާގެ ހިއްސާގެ އެއް ބިލިއަން ޑޮލަރު ހައިރާތަށް ދޭން ނިންމައިފި އެވެ.

05 އެޕްރީލް

April 05, 2020
އާންމުންނަށް އެހީވާން ލިއޮނާޑޯ ހިއްސާވާ ފަންޑެއް

ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރިތިވަމުންދާ ދަތިތަކަށް އެހީވުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޮ ޑި ކެޕްރިއާ ހިއްސާވެގެން އުފެއްދި އެމެރިކާސް ފުޑް ފަންޑަށް ބޮޑެތި އެހީތަކެއް ލިބެން ފަށައިފި އެވެ.

03 އެޕްރީލް

April 03, 2020 2
އިންޑިއާގެ އެމްޕީއެއްގެ ދެ އަހަރުގެ މުސާރަ ކޮވިޑަށް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން ކުރާ ކުރީގެ ކްރިކެޓް ތަރި ގޯތަމް ގަމްބީރްގެ ދެ އަހަރުގެ މުސާރަ ކޮވިޑް-19 އަށް ހާއްސަކޮށްގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި "ޕީއެމް-ކެއާޒް" ފަންޑަށް ހަދިޔާކުރަން ނިންމައިފި އެވެ.

02 އެޕްރީލް

April 02, 2020 2
ޕްރިޔަންކާގެ ފަރާތުން 100،000 ޑޮލަރުގެ އެހީއެއް

ކޮރޯނާވައިރަހާ ދެކޮޅަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އެހީވުމަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

31 މާޗް

March 31, 2020 6
ކޮވިޑް-19އާ ދެކޮޅަށް ފިލްމީ ފަންނާނުންގެ މާލީ އެހީ

ގައުމު 21 ދުވަހަށް ލޮކްޑައުންކޮށް، އިންޑިއާ އިން ކޮރޯނާވައިރަހާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވާން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރެއްވި ފަންޑް "ޕީއެމް-ކެއާޒް" އަށް އިންޑިއާގެ ފިލްމީ ފަންނާނުން މާލީ އެހީ ދޭން ފަށައިފި އެވެ.

29 މާޗް

March 29, 2020 1
އެންޖެލީނާގެ މިލިއަން ޑޮލަރު ކުޑަކުދިންނަށް ހާއްސަ

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ވަރަށް ގިނަ ސެލެބްރިޓީން މާލީ ގޮތުން އެހީދެމުން އަންނަ އިރު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ކުޑަކުދިންނަށް ހާއްސަކޮށްގެން މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

28 މާޗް

March 28, 2020
ސިއްހީ އެހީތެރިންނަށް ސްޓާބަކްސް އިން ހިލޭ ކޮފީ

ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަމަށް ވަރުބަލިކަމެއް ނެތި ކުރީ ސަފުގައި މަސައްކަތްކުރާ އެމެރިކާގެ ސިއްހީ ހިދުމަތްތެރިންނަށް އެ ގައުމުގެ ސްޓާ...

March 28, 2020 1
ކައިލީ ވެސް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ޒުވާން އަންހެން ވިޔަފާވެރިޔާ ކައިލީ ޖެނާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

26 މާޗް

March 26, 2020 1
އާނޯލްޑް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

17 މާޗް

March 17, 2020 2
ކޮވިޑް-19އާ ދެކޮޅަށް އަރްމާނީގެ އެއް މިލިއަން ޑޮލަރު

ޔޫރަޕްގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް އިޓަލީން އެ ބައްޔާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، އެ ގައުމުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2020 1
ކްއަޑޭން އަށް ލިބުނު އެހީ ޗެރިޓީތަކަށް

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި އޮސްޓްރޭލިއާ ކްއަޑޭން ބޭލެޒަށް އެހީވާން ގޯފަންޑްމީ މެދުވެރިކޮށް ހިންގި ކެމްޕޭނުން ލިބުނު ފައިސާ އާއިލާ އިން ބޭނުން ނުކުރަން ނިންމައިފި އެވެ.

19 ފެބުރުއަރީ

February 19, 2020 1
މޫސުމީ ބަދަލާ ދެކޮޅަށް ބެޒޯސް 10 ބިލިއަން ޑޮލަރުދެނީ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި އެމެޒޯންގެ ވެރިޔާ 10 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފި އެވެ.

12 ފެބުރުއަރީ

February 12, 2020
ޗެރިޓީއަކަށް ބީބާ 100،000 ޑޮލަރު ހަދިޔާކޮށްފި

އެކި ފަހަރުމަތިން ނަފުސާނީ އެކި މައްސަލަތަށް ފަރުވާ ހޯދާފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މެންޓަލް ހެލްތު ޗެރިޓީއަކަށް 100،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

11 ފެބުރުއަރީ

February 11, 2020 7
ވައިރަހާ ދެކޮޅަށް ބިލްގޭޓްސް 100 މިލިއަން ޑޮލަރު

ޗައިނާ އިން އުފަންވެ، ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފޯރާފައިވާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވާން، އެމެރިކާގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސް އާއި އަންހެނުން މެލިންޑާގެ ގޭޓްސް ފައުންޑޭޝަނުން 100 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

24 ޖެނުއަރީ

January 24, 2020
ފަޔަ ފައިޓަރުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް

އޮސްޓްރޭލިއާ އަށް ކުރިމަތިވެފައިވާ އަލިފާން ރޯވުމުގެ ހާދިސާތަކާ ގުޅިގެން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުންނަށް އެހީވާން ފައިސާ އެއްކުރުމުގެ ބޭނުމުގައި ރެސްޓޯރަންޓަކުން 103 މީޓަރުގެ ޕިއްޒާއެއް އާދީއްތަ ދުވަހު ތައްޔާރުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2020
އަލިފާނުގެ ހާދިސާ އަށް ކްރިސްގެ މިލިއަން ޑޮލަރު

އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާނުގައި ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، އެ ގައުމަށް އުފަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތު އެއް މިލިއަން ޑޮލަރު...

January 09, 2020 2
ބިލިއަނަރު ކައިލީ ވެސް އޮސްޓްރޭލިއާ އަށް އެހީވެއްޖެ

އޮސްޓްރޭލިއާ އަށް ކުރިމަތިވެފަވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެހީވުމުގެ ގޮތުން، ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރު އެމެރިކާގެ ކައިލީ ޖެނާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2019 12
ރަޖާނީގެ ލޯބި: ލިބޭ މުސާރަ ނޭޕާލްގެ ފަގީރުންނަށް

އެހެން ބިދޭސީންނެކޭ އެއްގޮތަށް ނޭޕާލްގެ ރަޖާނީ ޝްރެސްތާ ވެސް ރާއްޖެ އައީ ރަނގަޅު އާމްދަނީއެއް ހޯދައި ބާއްޖަވެރި ދިރިއުޅުމެއް ހޯދުމަށެވެ. އެކަމަކު އޭނާގެ އެހެން ބޭނުމެއް ވެސް އޮތެވެ. އެއީ އޭނާ އަމިއްލަ ރަށުގައި ނިކަމެތިންނަށް ހިންގާ ފައުންޑޭޝަނަކަށް ބޭނުންވާ ފައިސާ ވެސް ހޯދާށެވެ. އޭނާ ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން ލިބޭ...

04 ޑިސެމްބަރ

December 04, 2019 5
އެހީދިނުމުގައި 33 އަހަރު އުޅުނު ޑޮކްޓަރު މަރާލައިފި

ކާބުލް (ޑިސެމްބަރު 4) - އަފްޣާނިސްތާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެކިއެކި އެހީތައް ދިނުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަކުރި ޖަޕާނުގެ ޑޮކްޓަރު ޓެޓްސޫ ނަކަމޫރާ ގަޔަށް ބަޑިޖަހައި މިއަދު މަރާލައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 3
ޑަޔާނާގެ "ޓްރަވޯލްޓާ ގައުން" އަލުން ނީލަމަކަށް

އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ، އެމެރިކާގެ ވައިޓް ހައުސްގައި މީގެ 34 އަހަރު ކުރިން އޮތް ރަސްމީ ފަރިއްކޮޅެއްގައި، ތުރުކުރެއްވި މަޝްހޫރު "ޓްރެވޯލްޓާ ގައުން" ނީލަމެއްގައި ތިން ވަނަ ފަހަރަށް ވިއްކައިލަން ނިންމައިފި އެވެ.

26 އޮކްޓޯބަރ

October 26, 2019 3
ހުސްބަނޑާ ސްކޫލަށްދާ ކުއްޖަކަށްޓަކައި ލޮޕޭޒްގެ އެހީއެއް

ދަރިވަރަކު ބަނޑުހައިހޫނުކަންމަތީ ސްކޫލަށްދާ ވާހަކަ ޓީޗަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެކަމާ ހަމްދަރުދީވެ، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް އެމެރިކާގެ ސްކޫލަކަށް އަހަރު ދުވަހުގެ ކާނާ ހަދިޔާކޮށްފި އެވެ.

24 އޮކްޓޯބަރ

October 24, 2019 1
މިލިއަން ޑޮލަރު: ކިމް ކާޑޭޝަންގެ އުފަންދުވަހުގެ ހަދިޔާ

މީޑިއާގައި އެކި ދާއިރާތަކުން މަޝްހޫރު ކިމް ކާޑޭޝަން ހޯމަ ދުވަހު ފާހަގަކުރި 39 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް ފިރިމީހާ އަދި ރެޕާ ކަންޔޭ ވެސްޓް 1 މިލިއަން ޑޮލަރު ދީފި އެވެ.