23 މާޗް 2020 - 12:57
ކޮވިޑް-19 އަށް ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ވިލާ ކުންފުނީގެ ތިން ރިސޯޓް ދީފައިވަނީ ހިލޭ ސާބަހަށް ކަމަށް އެ ކުންފުނީގެ ވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ރޯޔަލް އައިލެންޑުން ކަރަންޓީން ފެސިލިޓީ އަށް 400 ރޫމް ވަނީ ލިިބިފަ އެވެ. އެ ތިން ރިސޯޓްގެ އިތުރުން އިތުރު ރިސޯޓްތަކެއް ވެސް ކަރަންޓީނަށް ހާއްސަ ކޮށްފައިވާއިރު ސަރުކާރުގެ ރޭޓަކީ ރޫމަކަށް ދުވާލަކު 750ރ. އެވެ.
ވީޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރިސޯޓްތައް ހިލޭ ދީފައިވަނީ ހުރިހާ ފެސިލިޓީސްތަކަކާ ވެސް އެކުގައި ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި ސްޓޮކް ކޮށްފައި ހުރި ކޯބާތަކެތި ހުސްވަންދެން އެ ކުންފުނީގެ ހަރަދުގައި ކެއިންބުއިމުގެ ކަންކަން ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ރައީސަށް ވެސް ވޮއިސް މެއިލްއަކުން ދެންނެވިން އަޅުގަނޑު ބޭނުމެއް ނޫނޭ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދެއްވާ 750ރ. އެއް،" މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް. ކުޑަ އެއްޗެއް ދެއްވިޔަސް މީގެ ބަދަލުގައި އެއްޗެއް."
ރިސޯޓްތައް ކަރަންޓީން ފެސިލިޓީތަކަށް ހަދަން ދީފައިވަނީ ޑީލެއްގެ ދަށުން ކަމަށް ބުނެ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެކަމަކީ ސިޔާސީ ކަމަކަށް ހަދައިގެން ވަކި މީހެއް އެހީއެއް ވެދޭތީ ނުވަތަ ވަކި ބަޔަކު މަސައްކަތް ކުރާތީ އެބޭފުޅުން ކުރާ ސިޔާސީ ކަމެއް ގޮތަށް ހަދައިގެން އެގޮތަށް އޭތި މޯޓިވޭޓް ކުރާކަށް ހެޔޮ ނުވާނެ އިނގޭތޯ،" މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ގާސިމް ވިދާޅުވި އެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅުގަނޑު މިހިރީ ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން."
"އަޅުގަނޑު ބޭނުމެއް ނޫން ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް. ކުޑަ އެއްޗެއް ދެއްވިޔަސް މީގެ ބަދަލުގައި އެއްޗެއް: ގާސިމް
ކޮވިޑް-19 އާ ގުޅިގެން ވިލާ ކުންފުނިން ހިންގާ ފަސް ރިސޯޓްގެ ތެރެއިން ޕެރަޑައިސް ފިޔަވާ އެހެން ރިސޯޓްތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވިޔަފާރި ދަށްވެފައިވާތީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ޖެހުނީ އެއްވެސް ބެންކަކުން، އާދޭސްކޮށްގެން ވެސް ލޯނެއް ލިބޭނެ ގޮތް ނުވުމުން ކަމަށެވެ. އަދި ސަރުކާރުން ކޮންމެ ރަށަކަށް ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭނެ ކަމަށް ބުނުމުން 10،000ރ. އިން ދަށް މުސާރަތައް ކުޑަ ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ސާވިސް ޗާޖާއި ރޯދަ މަހުގެ އިނާޔަތް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ގާސިމް ވަނީ މުސާރަ ކުޑަކުރާތީ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ފައިސާ ނުލިބޭ ނަމަ މުސާރަ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ސަރުކާރުގައި ތިއްބެވި ބައެއް ފަރާތްތަކުގެ ވާހަކައިން ހީވާ ކަހަލަ ބިރު ދައްކަންށޭ މިއުޅެނީ. އެހެން ހަދަންވީ ވަގުތެއް ނޫނޭ އަޅުގަނޑު ދަންނަވާލަން އޮތީ،" ގާސިމް ވިދާޅުވި އެވެ.
"ކިތަންމެ ވަރަކަށް އެއްޗެއް ދޭށޭ ބުންޏަސް. ކިތަންމެ ވަރަކަށް އެވެހި އެއްޗެއް މިވެނި އެއްޗެއް ދައްކާށޭ ބުންޏަސް ދެއްކޭނީ އަތުގައި ހުރި އެއްޗެއް ދޯ؟ ލޯނެއްވެސް މީހަކު ދޭން ހުރިއްޔާ ދޯ ލިބޭނީ. ނުލިބެންޏަކާ ނުދެވޭނެ ދެއްތޯ."
ފައިސާ ލިބޭނެ ހުރިހާ މަގެއް މިހާރު އޮތީ ހުއްޓިފައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމީ ލޯބީގާ
24 March 2020
ކީއްކުރާނީ ގައުމު މިހާލަތަށް ވައްޓާލީ ހަމަ ބުރުމާގާސިމް . މަމެންއޭރުވެސް ގޮވާހެދިން ހެއުނުވާނެޔޭ ވެރިކަމަށްކުފޫހަމަނުވާބަޔަކަށްވެރިކަންހަވާލުކުރަން . ގާސިމްގެ އަނބިކަބަލުންވެސް ޖަރުމަނުވިލާތުގަ ގާސިމްހުންނެވީތީވެސް ރައްޔިތުން ކުރިމައްޗަށްނިކުމެރޮއިހޭރުނު ވެރިކަމަށްއިބޫސޯލިހުގެކުފޫހަމަވާވާހަކަދައްކާރައިސްޔާމީންގެ އަނިޔާއަނިޔާ އޭ ކިޔާ އެއޮތްފަދަ ތިޔާގި ސަލި ވެރިކަމަށް ރައްޔިތުންސީދާނޫނެކޭ ބުނީބާއޭ ހިތަށްއަރަނީ ސަބަބެއްނެތް ދޯ ނޫނެކޭ ބުނައް .
ހަންޓޯ
24 March 2020
ވިލާ ގްރޫޕްގައި ހަހާސް ވަރަކަށް ސްޓާފުން އުޅޭއިރު 93 ޕަސެންޓް އެއީ ދިވެހިން. ވިލާއިން އެޅި ފިޔަވަޅަކީ ކޮންމެހެންވެސް އަޅުއްވަންޖެހޭ ފިޔަވަޅެއް. ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި އެއާލައިން ވިޔަފާރިތައް ބަނގުރޫޓްވެ އެތަކެއް މިލިއަން މީހުންގެ ވަޒީފާތައް އެދަނީ ދާއިމަށް ގެއްލެމުން. މުސާރަކުޑަކުރި ވަހަކަ ދެއްކުމުގެ ބޭނުމެއްނެތް. މިހާލަތުން މާދަން އަރައި ގަނެވުނަސް ވިލާ ކުންފުނި ސަލާމަތުން އޮވެއްޖެނަމަ ވަޒީފާ އޮންނާނެ. އަދި މުސާރަ އިއާދަކުރެވޭނެ.
ހަންޓޯ
24 March 2020
ވިލާ ގްރޫއްޕްގެ ބާނީ ގާސިމް އިބްރާހިމްއަށް ހާސްފަށުން ޝުކުރުދަންނަވަން. ވިލާ އިން ބުނީ، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މީހުން ވަޒީފާ އިން ކަނޑާލައިފި ނަމަ އެ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސާރަ އަށް ކުރާ ޚަރަދު މި ވަގުތަށް ކުޑަނުކޮށްފި ނަމަ އެ ކުންފުނި ހިންގޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެކަމަކު، ހާލަތު ބަދަލުވަމުން އަންނަ ވަރަކުން މުސާރަ އަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ.
ނަސީމާ
24 March 2020
ވަކިބަޔަކަށް އެހީއެއް ނުވެވޭތީ ނުވަތަ ވަކި ބަޔަކަށް މަކަމުގައި އެހީތެރިކަމެއް ނުދެވޭތީ ގާސިމް މެންފަދަ ބޭފުޅުން ދެއްވާ ދީލަތި އެހީތެރިކަން ސިޔާސީ ކަމެއް ގޮތަށް ހަދައިގެން އެގޮތަށް އޭތި މޯޓިވޭޓް ކުރާކަށް ހެޔޮ ނުވާނެ އިނގޭތޯ. ގާސިމަކީ އަބަދުމެ ބައްޕަ އެއް ފަދައިން ދިވެހި ރައްޔަތުންނަށް އެހީތެރިވެދެއްވާ ދިވެހިންގެ ބައްޕަ ނޫންތޯ.
މަނިކުބޭ
24 March 2020
ވީޓީވީ އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރިސޯޓްތައް ހިލޭ ދީފައިވަނީ ހުރިހާ ފެސިލިޓީސްތަކަކާ ވެސް އެކުގައި ކަމަށެވެ. "ރައީސަށް ވެސް ވޮއިސް މެއިލްއަކުން ދެންނެވިން އަޅުގަނޑު ބޭނުމެއް ނޫނޭ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދެއްވާ 750ރ. އެއް،" މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ. https://mihaaru.com/covid_19/71294
ހަންޓޭ
23 March 2020
ބެއްޔާބެ. މިއީ ދިވެހި އޮބްޒާވަރުގެ ދުވަހެއްނޫން. އެއީ 90 ގެ ފަހުކޮޅު އަދި 2000 ކުރީގެ ދުވަސްވަރު. މިހާރަކު އޮޅުވައެއް ނުލެވޭނެ. ވީޓީވީ ގައި ގާސިމް ވިދާޅުވީ ރިސޯޓްތައް ހިލޭ ދީފައިވަނީ ހުރިހާ ފެސިލިޓީސްތަކަކާ ވެސް އެކުގައި ކަމަށެވެ. ރައީސަށް ވެސް ވޮއިސް މެއިލްއަކުން ދެންނެވިން އަޅުގަނޑު ބޭނުމެއް ނޫނޭ ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދެއްވާ 750ރ. އެއް،" މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ. https://mihaaru.com/covid_19/71294
ކޮތަރު
23 March 2020
ހިލެއެއްނޫން. އެގްރިމަންޓްގައޮވޭ ސަރުކާރުން ބޭނުންވެޖެހިދެއްގަ އެތަން ބޭނުންކުރަން ނެގޭނެވާހަކަ.
ބެއްޔާބެ
23 March 2020
ހިލެއޭ. ލަދެއް ނުގަނޭ ދޯ. ކޮންމެ ކޮޓަރިއަކުން 750ރ. ކުލިން ކަނޑާ ދުވާލަކަށް. 392 ކޮޓަރިން ދުވާލަކު 294،000ރ. މަހަކަށް 8.9 މިލިއަން ރުފިޔާ ދައުލަތުން ދޭނެ. ނޭވާ ވެސް ނުލާނެ ސޭޓުމެން ހިލޭ. އަނެއްކޮލޫން މުވައްޒަފުންތައް ކަނޑާ ފޮނުވާލީމާ މުސާރަ ވެސް ދޭކަށް ނުޖެހޭ. އޮޕަރޭޝަނަލް ކޯސްޓް ވެސް ހުއްޓުނީ. ހުރިހާ މޮޅެއް މިކަލޭގެއަށް. އޮފް ސީޒަނުގައި ވެސް ލާރި ލިބޭނެ ގޮތެއް ވީނު
ހަނީބޭ
23 March 2020
ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމް ގެންދެވީ އެމަނިކުފާނުގެ ވެލްފެއަރ ސްކީމެއްގެދަށުން ކުރުމުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޕައިލެޓުންނާއި އިންޖިނޭރުން ފަދަ ރާއްޖެއަށް އެންމެ ބޭނުން ބޮޑުވެފައިއޮތް ދާއިރާތަކުން ކިޔަވައިގެން އައިސް ޤައުމަށް ޚިދުމަތްކުރަން ފެށި. 1990 ވަނަ އަރުން ފެށިގެން މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް ފުރުޞަތު ދެއްވަން އިސްކަން ދެއްވި ހަމައެކަނި ދިވެހި ދަރިއަކީ އޮނަރަބްލް ގާސިމް އިބްރާހީމް.
ޝަރީފާ ސައީދު
23 March 2020
ގާސިމް ވަރެއްނެތް. ވިލާ ފައުންޑޭޝަނަކީ ދިވެހި ރައްޔިތުންނަށް ޗެއާމަން ޤާސިމް އިބްރާހީމް ދިއްކޮށްލެއްވި އެހީތެރިކަމުގެ ދަންމަރު. ވިލާ ފައުންޑޭޝަނުގެ ތެރެއިން އެކަނިވެސް މިހައިތަނަށް ދިވެހި ރައްޔިތުންނަށް 794 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. ވިލާ ފައުންޑޭޝަނުން ކުރި ޚަރަދުގެ 60 އިންސައްތަ ޚަރަދުކުރެވިފައިވަނީ ބޭސްފަރުވާ ކުރުމަށް. އަދި 40 އިން ސައްތަ ޚަރަދުކުރެވިފައިވަނީ މަތީ ތައުލީމަށާއި އިޖުތިމާޢީ ކަންކަމަށް.