ތަމަޅަ ފިލްމު "ޕީއެސް" ގައި އައިޝްވަރްޔާ ރައީ ފެންނާނެ ގޮތް.
03 މާޗް 2022 - 06:35
އަހަރުތަކެއް ފަހުން ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އައިޝްވަރްޔާ ރައީ ބައްޗަން އެނބުރި ބޮޑު ސްކްރީނަށް އަންނަ ތަމަޅަ ފިލްމު "ޕޫނިޔިން ސެލްވަން" ނުވަތަ "ޕީއެސް 1" ގެ ފުރަތަމަ ފެނިލުން ދައްކާލައި، ރިލީޒްކުރާ ތަރީހު އިއުލާންކޮށްފި އެވެ.
އެ ފިލްމުގެ ފަސްޓް ލުކް ޕޯސްޓަރުތައް އިއްޔެ އާންމުކުރި އިރު، ފިލްމު ނެރެން ނިންމާފައި ވަނީ އަންނަ ސެމްޓެމްބަރު 30 ގަ އެވެ.
ސައުތު އިންޑިއާގެ ފިލްމުތައް ޑައިރެކްޓުކުރާ މަނީ ރަންތަމްގެ އެ ފިލްމު ނެރެން ނިންމާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބައި ނެރޭނީ އަންނަ އަހަރު އެވެ. އަދި މި ފިލްމު އުފައްދަނީ ފަސް ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.
ފުރަތަމަ ބައިގައި މުހިންމު ރޯލުތަކުން އައިޝްވަރްޔާއާ އެކު، ސައުތު އިންޑިއާ އެކްޓަރުން ކަމަށްވާ ވިކްރަމް އާއި ޖަޔަމް ރަވީ އާއި ކަރަތީ އަދި ތުރިޝާ ފެންނާނެ އެވެ.
އެ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ހިޔާލީ ވާހަކަތަކެއް ކިޔައިދޭ ތާރީހީ ވާހަކަ ފޮތަކަށެވެ. އެއީ 10 ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރި ރާޖަރާޖާ ކޯލާ އެކެއްގެ ވާހަކަ އެވެ.
"ޕީއެސް" ގެ މިއުޒިކް ތައްޔާރުކުރަނީ މަޝްހޫރު ކޮމްޕޯޒާ އޭ އާރް ރަހްމާން އެވެ. ސިނެމަޓޯގްރެފީގެ މަސައްކަތް ކުރަނީ އިންޑިއާގެ މަޝްހޫރު ސިނެމަޓޯގްރެފާ ރަވީ ވަރްމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy