އާލިއާ ބްޓް: އޭނާ އަށް ލިބުނީ އަންހެން ކުއްޖެއް
06 ނޮވެމްބަރ 2022 - 12:37
އިންޑިއާގެ ފަހުގެ ޖީލުގެ އެންމެ ކާމިޔާބު އަންހެން ބަތަލާ އާލިއާ ބަޓް މިއަދު ވިހައިފި އެވެ. އޭނާ އަށް ލިބުނީ އަންހެން ކުއްޖެކެވެ.
މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު ޖޯޑު އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ފުރަތަމަ އަލަތު ދަރި ވިހެއުމަށް އެޗް.އެން ރިލަޔަންސް ހޮސްޕިޓަލަށް ދިޔައީ މިއަދު ހެނދުނު 7:30 ގައި ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
މި ދެމަފިރިންނާ އެކު ރަންބީރު ކަޕޫރުގެ މަންމަ ނީތު ކަޕޫރާއި އާލިޔާގެ މަންމަ ސޯނީ ރަޒްދާން އަދި އާލިޔާގެ ދައްތަ ޝާހީން ބަޓް ވެސް ހޮސްޕިޓަލަށް ދިޔަ އެވެ.
ފަސް އަހަރުގެ ލޯބީގެ ގުޅުމަށް ފަހު، އާލިއާ އާއި ރަންބީރް ކައިވެނި ކުރީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް އާލިއާ އިންސްޓަގްރާމުގައި ވަނީ އަލްޓްރާސައުންޑް ލެބް ރިޕޯޓަކާއެކު އޭނާ ބަނޑުބޮޑުކަން އިއުލާން ކޮށްފަ އެވެ.
އާލިއާ ބަނޑުބޮޑު އިރު ވެސް ވަނީ ވަރަށް ގިނަ މަސައްކަތްތަކުގައި ބިޒީކޮށް މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރެއިން ފިލްމް "ބްރަމަސްތުރާ"ގެ ގިނަ ޕްރޮމޯޝަނަލް އިވެންޓްސްތަކުގައި ބައިވެރިވި އެވެ.
މީގެ އިތުރުން ހޮލީވުޑް ފިލްމު "ދަ ހާޓް އޮފް ސްޓޯން" ޑެބް ކުރުމުގެ މަސައްކަތް ފާހަގަ ކުރެވެ އެވެ. އަދި އާލިއާ ވަނީ އޭނާގެ އަމިއްލަ މެޓާނިޓީ ބްރޭންޑެއް ވެސް ލޯންޗު ކޮށްފަ އެވެ.
ދެ ފަރާތުގެ އާއިލާ އިން ވަނީ ވަރަށް ފަހުން އާލިއާ އަށް ބޭބީ ޝަވާއެއް ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންމަތި ބޯއިޒް
07 November 2022
ދެމައިން އާއި ބަފަޔަށް މަރުހަބާ. ނަމަނަމަ ދަރިފުޅު ފަހަތައް ބަޓް ނުލައްޗޭ.
އާސޯޙްވާން
07 November 2022
މަހީކުރީ އާލިއާ ބަޓްއަކީ ފިރިހިނެއްކަމަށް..
ރަންދިމަސް
06 November 2022
އެހެންވީމާ ތިވީގޮތަކީ އަާލިއާ ރަންބިރަށް ވުރެ ތިޔަކަމުގާ މާގަދަވީތާ....!!!!!!!
ށަވިޔަނި
06 November 2022
އެމީހުންނާ އަހަރުމެން މުސްލިމުންނާ ތަފާތު. ދެމީހުން ގުޅިގެން އުޅެފަ ބަލިވެ އިނީމަ ވިހެއުމުގެ ކުރިން ކައިވެނި ކުރީމަ އެއީ ކުށެއްނޫން. ކުށަކަށްވާނީ ނުއިނިއްޔާ.
އަދުނާނު ބުނި އަދުނާނު
06 November 2022
ނީނަސް ކުށަކަށް ނުވާނެ. އެމީހުނަކަށް.
އާސީނުތަށި
06 November 2022
ކައިވެންޏަށް އަދި 7 މަސް.
އަލިަބަމް
06 November 2022
އިންތާ ނުވަމަސް ނުވަނީސް ވިހާފި. މީ "އޫޕްސް" ބޭބީ އަކަށްނު މިވީ!
ހެޔޮ މަށަށް
06 November 2022
ދެން މަށަށް ކީއްތަ؟
މަށަށް
06 November 2022
ކަމެއްވާތިތާ ހަބަރު ކިޔާފަ ކޮމެންޓު ކުރާނި
މަބަލްދީބް
06 November 2022
އަސަރުކުރާތީ ދޯ ހަބަރު ކިޔާފަ އަދި ކޮމެންޓު ކުރާނީވެސް.