ތާޕްސީ 2020 ވަނަ އަހަރު ރާއްޖެއަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯތަކެއް.
10 ޑިސެމްބަރ 2023 - 13:13
ބޮލީވުޑްގެ ތަރި، ތާޕްސީ ޕަންނޫ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 36 އަހަރުގެ ތާޕްސީ ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ތާޕްސީގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި، އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ބޮލިފުށި ރިސޯޓުގަ އެވެ. އިންސްޓަގްރާމް ސްޓޯރީގައި ތާޕްސީ ހިއްސާކުރީ މި ދަތުރުގެ ވަރަށް މަދު ފޮޓޯއެކެވެ.
އޭނާ ރާއްޖެ މި އައީ މި މަހު 21 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ޑަންކީ"ގެ ޕްރިމިއާގެ ކުރިންނެވެ. އަދި އަންނަ އަހަރު ގެނެސްދޭ އޭނާ ފިލްމެއް ކަމަށްވާ "ފިރް އާއީ ހަސީން ދިލްރުބާ"ގެ މަސައްކަތްތައް ވެސް ނިންމާލުމަށް ފަހުގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އޭނާ އައީ "ޑަންކީ"ގެ ޕްރިމިއާ ކުރިން ޗުއްޓީ ހޭދަކޮށްލުމަށެވެ. އެއީ ތާޕްސީ، ޝާހްރުކް ހާންއާ އެކު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.
ރާއްޖެ އައުމުގެ ކުރިން ތާޕްސީ ވަނީ އޭނާ ރާއްޖެއަށް ކުރިން ކުރި ދަތުރުގެ ފޮޓޯއެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. އަދި އެ ފޮޓޯގައި އޭނާ ލިޔުނު ގޮތުގައި، ރާއްޖެ އަކީ "ފުރަތަމަ ނަޒަރުން އޭނާގެ ލޯބި ހޯދި" ތަނެކެވެ.
"އަހަންނަށް ވަރަށް ހާއްސަ ދެ ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު ދެން އޮތީ އަހަރެން ވަރަށް ދާން ބޭނުންވެފައި ހުރި މަންޒިލަކަށް ޗުއްޓީ ހޭދަކޮށްލަން ދިއުން. އަހަރެންގެ ފޭވަރިޓް ޕްލޭސް، މޯލްޑިވްސް. ފުރަތަމަ ނަޒަރުން އަހަރެންގެ ލޯބި ހޯދި ތަނެއް،" އޭނާ ލިޔުނެވެ.
ތާޕްސީ އެންމެ ފުރަތަމަ ރާއްޖެ އައީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ފަހަރު އޭނާ އައީ ރައްޓެހިންނާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
15 December 2023
ޓުއަރިޒަމްއިންޑަސްޓުރީ ރީސުޓަރަކްޗަރކުރަންޖެހޭ، މިތަނަށް މިވަރަށް ޓޫރިސްޓުންއައިސް ދުނިޔޭގެފެންވަރުގައި ގުނާލެވޭ ގުރުރަތީ ރީތިކަން ލިބިފައިވާއިރު ކޮބާ ދިވެހިންނަށް އޭގެންކުރާ ފައިދާއެއް؟ %99.99 ޕަސެންޓު ރިޒޯޓުއޯނަރުންނަކީ ރާއްޖޭންބޭރުގެ ފަރާތްތައް، ރާއްޖޭ މީހެއްގެ ނަމުގައި އޮންނަ ރިޒޯޓަކަށްވިއްޔާ އިންވެސްޓުކޮށްފަ އޮންނަނީ ކޮންމެވެސް ބޭރުގެފަރާތަކުން، ރިޒޯޓުއާމްދަނީގެ ބޮޑުބައެއް ދަނީ ރާއްޖެއިންބޭރަށް، ދިވެހިންއެބަޖެހޭމިކަންކަމަށްހައްލުހޯދަން
ހާނަ
11 December 2023
ތިޔަ އުޅެނީ ކޮންމެސް އެއްޗެކޭ ކިޔައިޮގެން މިތަނުް މީހަކާ އިންނަން ވެގެން.
އާދަނު (އަރުވާލި)
11 December 2023
އަފީފު ދީދީމެން މިކަހަލަ ހަބަރަށްވެސް ކޮމެންޓް ކުރޭތަ؟ މަށަށް ފެންނަނީ ދެން ބިންމާ ވަހީދުގެ ވާހަކަ އަށްވެސް ކޮމެންޓް ކުރަން ފަށަން!!
އޮނަރަބްލް އަފީފު ދީދީ
10 December 2023
"ދުނިޔެމަތީގެ ސުވަރުގޭގެ ގޮތަށް މަޝްހޫރުކަން ލިބިފައިވާ" ދިވެހިރާއްޖެއަށް ދުނިޔޭގެ އެންމެމަތީ ދަރަޖައިގެ ބިލިޔަނަރުންނާއި އެމީހުންގެ އާއިލާތަކާއި، އަދި ކުޅިވަރުތަރިން ހިމެނޭގޮތަށް އެކިފަންނުގެ މަޝްހޫރު Celebrities ތަކާއި އެފަދަތަރިންގެ ލޯބިވެރިން މިޤައުމުގައި ޗުއްޓީހޭދަކޮށް މިލިޔަނުން ޑޮލަރުއަޅާފައިދާއިރު އެމީހުނަކަށްނޭގޭ އަހަރުމެންގެ ޤައުމުގެ ރައްޔިތުނާއިދޭތެރޭ މިތަނުގައިކަންކަންކުރާގޮތާއި ސަރުކާރާއި ހިސާބުން ފެށިގެން "ތަފާތު ކުރުން" އޮތްވަރު.
ބުޝްރީ
14 December 2023
ނޮންސެންސް