އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ.
04 ފެބުރުއަރީ 2024 - 06:10
އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ ކެންސަރު ބަލީގައި މަރުވި ކަމަށް ބުނެ އޮޅުވާލުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.
އުމުރުން 32 އަހަރު ޕޫނަމް، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް މަރުވި ކަމަށް އޭނާގެ މެނޭޖަރު އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން އިއްޔެ ޕޫނަމް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ މަރުނުވާ ކަމަށް ބުނެފަ އެވެ.
އޭނާ ބުނި ގޮތުގައި، އެއީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ކެމްޕެއިނަކަށް ކުރި ކަމެކެވެ.
ނަމަވެސް، އޭނާގެ މި ސްޓަންޓް އާންމުންނަށް ކަމަކުނުދިޔަ އެވެ.
މަރަކީ ޖޯކެއްގެ ގޮތުގައި ހަދައިގެން މި ކަހަލަ ކެމްޕެއިންތައް ނުކުރަން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ގޮވާލައިފަ އެވެ. ކެންސަރު ބަލީގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ދުނިޔެ ދޫކުރާއިރު، މިއީ މި ހިތްދަތިކަން ތަޖުރިބާކުރަން ޖެހޭ އާއިލާތަކަށް މަލާމާތެއް ކުރުން ކަހަލަ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
Agree
— Kangana Ranaut (@KanganaTeam) February 3, 2024
ޕޫނަމްގެ މި ސްޓަންޓާ ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ކަންނަގާ ރަނާވަތު އާއި މަންދީރާ ބޭޑީ އާއި ބިޕާޝާ ބާސޫ އަދި އެކްތާ ކަޕޫރް ވެސް ހިމެނެ އެވެ.
ބައެއް މީހުން ވަނީ ޕޫނަމް ބޮއިކްޓްކުރަން ވެސް ގޮވާލައިފަ އެވެ.
އޭނާ އަކީ އަބަދުވެސް މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް މި ކަހަލަ ޕަބްލިސިޓީ ސްޓަންޓުތައް ޖައްސާ މީހެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ޕޫނަމް މޮޑެލިންގެ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު އޭނާ ވަނީ "ނަޝާ" ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފަ އެވެ. ނަމަވެސް، ފިލްމީ ދާއިރާގައި އޭނާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
MySuperGreenDOTcom
05 February 2024
ޕޫނަމަކީ މިހާރު ރާއްޖެއާ އިންޑިޔާއާ ދެމެދުއުފެދިފައިވާ ޕޮލިޓިކަލް ކޮންފުލިކުޓަށް މަތިންބައިޖެހިގެން އެރިހުރިމީހެއް، ރާއްޖެނާންނާނެކަމަށްމީނާބުނެފައިވޭ! އިންޑިޔާއިން ބޮޑުކަންދަށްކާ ރާއްޖޭގެ މަސްވެރިންގެ ދޯނިތަކަށް އަރާ ރާއްޖޭގެ ސަރަހައްދަށް ގަވައިދާހިލާފަށްވަދެ މިކުރާޖެއްސުމުގެ ނަތީޖާއަކަށްވާނީ ޗައިނާގެ އެހީގައިރާއްޖެ ހިންދެމިލަން މަޖުބޫރުވުން، ވީހާވެސް އަވަހަކަށް ޗައިނާގެ އެހީތެރިކަން އިންޑިޔާގެ މަނަވަރުތައް ހުއްޓުވުމުގައި ބޭނުންކުރަންވީ!
2024
04 February 2024
މިއިންޑިޔާ މީހުން ހަދާފަނެ ކޮންމެ ފަދަ ބޮޑުދޮގެއްވެސް.... ބޮއިހަލަކި