ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާ އާއި މަޝްހޫރު އެކްޓްރެސް ރަޝްމިކާ މަންދަންނާ ރެސްޓޯރެންޓެއްގައި.
25 ނޮވެމްބަރ 2024 - 06:07
މިހާރު ސިންގަލް ނޫން ކަމަށް ބުނުމަށް ފަހު ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާ، މަޝްހޫރު އެކްޓްރެސް ރަޝްމިކާ މަންދަންނާ އެކު "ސިއްރުން" މެންދުރުގެ ކެއުމަށް ހިނގައްޖެ އެވެ.
ވިޖޭ އާއި ރަޝްމިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައި ވާތާ ދުވަސްކޮޅެއް މިހާރު ވެއްޖެ އެވެ. ނަމަވެސް، އެ ދެމީހުން ވެސް ފޭނުންނަށް އެކަން އަދި ޔަގީންނުކޮށްދެ އެވެ.
ރައްޓެހިވެގެން އުޅެނީ ކާކާކަން ނުބުނެ ވިޖޭ ވަނީ މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ މިހާރު ސިންގަލް ނޫން ކަމަށް ވެސް ބުނެފަ އެވެ. އެހެންވެ، އޭނާ މިހާރު ރަޝްމިކާއާ އެއްކޮށް ފެންނަވަރު އިތުރުވުމުން ފޭނުން ބުނަނީ އެ ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށެވެ.
އެ ވާހަކަތައް ދެކެވެނިކޮށް އިއްޔެ ވަނީ ވިޖޭ އާއި ރަޝްމިކާ މެންދުރުގެ ކެއުމަކަށް ރެސްޓޯރެންޓަކަށް ގޮސް ތިއްބާ ބަޔަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯގައި ވިޖޭގެ މޫނު ފެނެ އެވެ. ރަޝްމިކާ އިނީ ވިޖޭގެ ކުރިމަތީގަ އެވެ.
ވިޖޭ އާއި ރަޝްމިކާ ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެ ދެ ތަރިން ވަނީ ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިޖޭ އުޅުނު "ލައިގާ" އާއި ރަޝްމިކާ އުޅުނު "އެނިމަލް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy