ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން.
16 ޖެނުއަރީ 2025 - 10:23
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ ސައިފްގެ ގަޔަށް ވަޅި ހެރީ، އޭނާ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ރޭ ދަންވަރު ވަތް މީހަކު ކަމަށެވެ. ސައިފްގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައި ވަނީ އެ ވަގު ހުއްޓުވަން އުޅުމުން ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
ސައިފާއި އޭނާގެ އަންހެނުން، އެކްޓްރެސް ކަރީނާ ކަޕޫރް ހާން އާއި އެ ދެމަފިރިންގެ ދެ ކުދިން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ އިމާރާތެއްގެ 11 ވަނަ ފްލޯގަ އެވެ. އެ ގެއަށް ވަގު ވަތްއިރު އަންހެނުންނާއި ކުދިން ވެސް ތިއްބެވެ.
ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.
ސައިފްގެ ޕަބްލިސިސްޓް ނެރުނު ބަޔާނެއްގައި ބުނީ ގެއިން ވައްކަން ކުރަން މީހަކު ރޭ ވަތް ކަމަށާއި އޭނާ ހުއްޓުވަން އުޅެނިކޮށް ސައިފަށް ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
ސައިފަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގަ އެވެ.
ހިންދުސްތާން ޓައިމްސްގައި އެ ހޮސްޕިޓަލާ ހަވާލާދީ ބުނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
#WATCH | Mumbai Police Crime Branch officials arrive at the Bandra residence of Actor Saif Ali Khan to investigate the attack on the actor by an intruder at his home pic.twitter.com/JetkzWMfUL
— ANI (@ANI) January 16, 2025
އިމަޖެންސީގައި ސާޖަރީއެއް ކުރުމަށް ރޭ ފަތިހު ސައިފް ތިއޭޓަރަށް ވެއްދި ގޮތަށް އަދިވެސް ނުނެރޭ ކަމަށް އެ ނޫހުގައި ބުންޏެވެ.
ސައިފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން އާއި އެ ގޭގައި މަސައްކަތްކުރަން އުޅޭ މީހަކު ކަމަށް ވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަ މުމްބާއީގެ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
17 January 2025
ދަންވަރު "ވަތް" މީހަކު، ވަގު "ވަތްއިރު"، "ވަތް" ކަމަށާ، ރަނގަޅަށް ލިޔަން ދަސް ކޮށްގެން ލިޔެބަލަ. ދިވެހިބަސް ރަނގަޅަށް ލިޔަން ކިޔަން ނޭގޭ މީހުން ނޫސްވެރި ހެދިގެން ކިހާ ބޮޑު އުނދަގުލެއް މިދެން.
ކިއްލާ2222
16 January 2025
ހިތުން ނުފިލާ ނުފިލާ ވަރުގެ އަނިޔާ އެއް!!! މަރުގެ އެތިފަހަރެއް! ސެކިޔުރިޓީން ކުރުވި ކަމަކަށް ވާނީ
ތެފައާސާ.
16 January 2025
ވަށައިގެން ކެމެރާ ކުރޫ ނެތީމަ އެހާ ގަދައެއްނުވި ދޯ؟ ކެމެރާ ކުރޫއިންތިބި ނަމަ ހެޔޮ 50 މީހުން އެއްފަހަރާ ދިމާކުރިއަސް ތަޅާ ތިރިކޮށްލާނެ. އެނީވޭޒް، ވިޝް ޔޫ އަ ކުއިކް ރިކަވަރީ ސައިފް!!
މާލެ މީހާ
18 January 2025
އަސްލު ވެސް
ފަހުމީދު
16 January 2025
އަސްލު ދިރިއުޅުމުގަ ވަޅި ހިފައިގެން ހުންނަ މީހާއާ ދެކޮޅަށް ފައިޓް ކުރުމަކީ ބުއްދިވެރި ކަމެއް ނޫން، ސައިފް އަށް އަވަސް ޝިފާއަކަށް އެދެން
ވަތަން އެދޭގޮތައް
18 January 2025
އަސްލު ނޭގޭ މީނައައްކަ މިހެން ވާނޭ ކަމެއް
އެޑްމުންޑޯ
16 January 2025
ފިލްމު ދައްކާ ގަދަފަދަ އެކްޓިން މިފަހަރު ނުދެއްކުނުދޯ
ކިރިބަތީ
16 January 2025
ފިލްމުސްޓާރުންގެ ގަޔަށް ފިލްމުތަކުގައި ނޫނަސް ވަޅި އެބަހަރާ ދޯ؟
އަޒްރާ
16 January 2025
ކޮބާ ސެކިއުރިޓީންތަށް
ރަދީފްއޮފިޝަލް
16 January 2025
ގެޓް ވެލް ސޫން ބްރަދާ.
ކީސްފިލާ
18 January 2025
މިއީ ޣައިރު މުސްލިމުން ބުނެއުޅޭ ގޮތް.