ބޮލީވުޑްގެ ތަރިން ކަމަށްވާ ކަންގަނާ ރަނާވަތު އާއި ދީޕިކާ ޕަޑުކޯން.
07 ފެބުރުއަރީ 2025 - 07:58
ކަންގަނާ ރަނާވަތު އަމިއްލަ ރެސްޓޯރެންޓެއް ހުޅުވަން ތައްޔާރުވެ، ފުރަތަމަ ކަސްޓަމަރަކަށް ވުމަށް ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުނޯކް އަށް ދައުވަތު ދީފި އެވެ.
މި ރެސްޓޯރެންޓު ހުޅުވަނީ ކަންގަނާގެ އުފަން ސްޓޭޓް ހިމާޗަލްގެ މާންދީ ޑިސްޓްރިކްޓުގަ އެވެ. އެތަނުގެ މެނޫގައި ވެސް ހުންނަނީ އެ ހިސާބުގެ ހާއްސަ ކެއުންތަކެވެ.
"ދަ މައުންޓެން ސްޓޯރީ"ގެ ނަން ދީފައިވާ މި ރެސްޓޯރެންޓް ހުޅުވަން އުޅޭކަން ކަންގަނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.
"ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް މި ވީ، އަހަރެންގެ ކުޑަކުޑަ ކެފޭއެއް ހިމާލިޔާ މަތީގައި. ދަ މައުންޓެން ސްޓޯރީ، މީ ލޯބީގެ ވާހަކައެއް،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
ކަންގަނާ ވަނީ އޭނާ ކުރިން ދީޕިކާއާ އެކު، މީޑިއާއަކަށް ދިން އިންޓަވިއުއެއްގެ ތަންކޮޅެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ އިންޓަވިއުގައި ކަންގަނާ ބުނެފައިވާ ގޮތުގައި، އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ކެފޭއެއް ހުޅުވުމެވެ. އަދި ކަންގަނާ އެހެން ބުނުމުން ދީޕިކާ ވަނީ ކަންގަނާގެ ރެސްޓޯރެންޓުގެ ފުރަތަމަ ކަސްޓަމަރަކަށް ވާނީ އޭނާ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެ އިންޓަވިއު އަލުން ހިއްސާކޮށް ކަންގަނާ ވަނީ ދީޕިކާ އަށް ދައުވަތު ދީފަ އެވެ.
ދީޕިކާ ޓެގުކޮށް ކަންގަނާ ބުނީ "އަހަރެންގެ ފުރަތަމަ ކްލައިންޓަށް ވާނެ ކަމަށް ވައުދުވީމެއްނުން،" ހެއްޔެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
11 February 2025
ދީބި ދައްޗޭ މިހާރުއެއީ މަޖިލިސް މެންބަރެއް.. ބޮއިހަލަކި
ރައުސުލް މާލު
08 February 2025
ކަށްގަނޑާ ކިތަވަރަކަށް ރެސްޓޯރެންޓު ހުޅުވިޔަސް މަ ނުދާނަން އެތާކަށް. ކަންމަތީ ކަޑަތަކުނވެސް ތި ފެންވަރު ކެއުން އެބަ ލިބޭ.