ފަރުދީން ހާން އާއި އޭނާގެ ކުދިން ޗުއްޓީއަށް ރާއްޖޭގައި.
22 އެޕްރީލް 2025 - 05:49
ބޮލީވުޑްގެ އެކްޓަރު ފަރުދީން ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ވަރަށް އުފަލުން ފުރައިގެން ހިނގައްޖެ އެވެ.
ފަރުދީން އާއި އޭނާގެ ދެ ކުދިން ހަފުތާއަކަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ. އޭނާ ޗުއްޓީ ހޭދަކުރީ މާލެ އަތޮޅުގައި އޮންނަ ސެންޓްރާ ގްރޭންޑް ލެގޫން މޯލްޑިވްސް ރިސޯޓާއި ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސްގަ އެވެ.
މި ދަތުރަށް ފަހު ފަރުދީން ވަނީ އޭނާގެ ތަޖުރިބާ އިންސްޓަގްރާމްގައި ކުރި ދެ ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ.
ފަރުދީންގެ ފުރަތަމަ ޕޯސްޓުގައި ބުނީ ރާޅުގެ އަޑަށް ކޮންމެ ދުވަހަކު ހޭލެވުމަކީ އޭނާގެ މުޅި ދުވަސް ތާޒާވި ކަމެއް ކަމަށެވެ. ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް އާއި ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސްގައި ހޭދަކުރި ވަގުތަކީ އޭނާއަށް ވަރަށް އުފާވެރި ތަޖުރިބާއެއް ކަމަށް ބުންޏެވެ.
"ސެންޓާރާ ގްރޭންޑްގައި އަހަރެމެން ތިބީ ރީތި ބީޗްފްރަންޓް ވިލާއެއްގައި، ރީތި ހުދު ދޮންވެލިގަނޑާއި ފިޔަވަޅެއްހާ ދުރުގައި. ކޮންމެ ދުވަހެއްގެ އިރުއަރާއި މަންޒަރާއި އިރުއޮއްސޭ މަންޒަރު ވަރަށް ފުރިހަމަ. މިތަނުގެ ފަސޭހަ، އަރާމު މާހައުލުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު،" އެ ދަތުރުގެ ބައެއް ފޮޓޯތައް ހިއްސާކޮށް އިންސްޓަގްރާމް ކުރި ޕޯސްޓުގައި ފަރުދީން ބުންޏެވެ.
އެ ރިސޯޓުން ލިބުނު މީރު ކެއުންތަކަށް ވެސް އޭނާ ވަރަށް ތައުރީފުކުރި އެވެ.
ސެންޓާރާ މިރާޖް ލެގޫންގައި އޭނާ ހުރީ ވޯޓާ ވިލާއެއްގަ އެވެ. ފަރުދީން ބުނި ގޮތުގައި، އެއީ އޭނާއަށް ހުވަފެނެއްގެ ތެރޭގައި އުޅެވުން ކަހަލަ ކަމެކެވެ. ކޮންމެ ދުވަހަކު ހަމަ ހޭލުމާ އެކު، ނޫކުލައިގެ ރީތި މޫދު ފެންނަން އޮންނާތީ އޭނާ ވަރަށް ހިތްމަޖެހުނެވެ.
ފަރުދީން ބުނި ގޮތުގައި، އެ ރިސޯޓަކީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ވަރަށް ސަޅި ތަނެކެވެ.
"ވަރަށް ހިތްގައިމު މާހައުލެއް. ފީނަށް ގޮސް ބަލައިލަން ރީތި ފަރެއް އެބައޮތް. ރާޅާއެޅޭތޯ ވެސް ބެލިން. ސީބޮބް ދުއްވިން، ރީތި މޫދުގައި ކެޔާކު ވެސް ދުއްވިން. އެންމެ ހާއްސަ ކަމަކަށް ވާނީ ކޯއްޗެއް؟ ޑޮލްފިން ކްރޫޒްއަށް ދިއުން. އިރުއޮއްސޭ ވަގުތު ކޯމަސް ފުމޭތަން ބެލުންވީ އަޖައިބެއް ކަހަލަ ކަމަކަށް،" ފަރުދީން ބުންޏެވެ.
ރީތި ގޮނޑުދޮށްތަކާއި ވިލާތަކާ އަދި ކޯމަހަށް ވުރެ ވެސް ބޮޑަށް އެ ދަތުރުގައި ލިބުނު އެންމެ ބޮޑު ހިތްހަމެޖުމަކީ ރިސޯޓުގެ މުވައްޒަފުންގެ މެހުމާންދާރީ ކަމަށް ފަރުދީން ބުންޏެވެ.
"ބައްޕައެއްގެ ހައިސިއްޔަތުން ބުނާނީ އަހަންނާއި އަހަރެންގެ ކުދިންނަށް އެހާ ލޯބިން އަޅާލައި ގާތްކަން ބެހެއްޓި، ދެ ރިސޯޓުގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމޭ. މި ދަތުރު ހަނދާނުން ފިލައިގެން ނުދާނެ. އަނެއްކާވެސް މިތަނަށް އަންނަން މި ތިބީ ކެތްމަދުވެފައި،" އޭނާ ބުންޏެވެ.
"ޝުކުރިއްޔާ ޒާން، މަޒްކޯ، އަޝްރަފް އަދި އެންޑްރޫ."
ފަރުދީންގެ ދެވަނަ ޕޯސްޓުގައި ވަނީ މި ދަތުރުގެ އިތުރު ފޮޓޯތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުދިންނާ އެކު އޭނާ މޫދުގައި ހޭދަކުރި ވަގުތުތަކުގެ ފޮޓޯތަކެވެ.
މި ދަތުރުގައި ފަރުދީންގެ އަންހެނުން ނަތާޝާ މަދުވަނީ އައިކަމަކަށް އޭނާ ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
23 April 2025
51 އހަރުގެ ޒުވާނާ ފަރްދީން
ހުސެން އަލީ
22 April 2025
އެންމެ އަޖައިބު ކަމަކައްވީ އަތުން އެންމެ ލާރިއެއްވެސް ނުދިއައީމަ.ޕުރޮމޯޓް ކުރަން ޕެއިޱް ވެކޭޟަން އެއްވީމަ.އެހެންނަމަ އިންސްޓަ އައް އެހާ ފޮޓޯ އަޅާފަ ރަނގަޅުވަހަކަ ލިއެ ޕްރޮމޯޓެއް ނުކުރާނެ. އަންހެނުން ނައް.ނަތާސަ މަދުވާނީ ނަމަކީ ނަންބަރު ކުރަންފެނޭ.ތި މިހާރު ތަރި އެއްވެސް ނޫން. އޮސިފަ ހުރި މީހެއް