އިނގިރޭސި އެކްޓްރެސް ރޯޒްމަންޑް ޕައިކް ރާއްޖޭގައި.
22 އެޕްރީލް 2025 - 12:37
އިނގިރޭސި އެކްޓްރެސް ރޯޒްމަންޑް ޕައިކް ތިންވަނަ ފަހަރަށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރާ އަދި އެމެޒަން ޕްރައިމް ވީޑިއޯ އިން މިހާރު ގެނެސްދެމުން އަންނަ މަޝްހޫރު ފެންޓަސީ ސީރީޒް "ދަ ވީލް އޮފް ޓައިމް"ގެ އެކްޓްރެސް ރޯޒްމަންޑް ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ.
މި ދަތުރުގެ ވީޑިއޯއެއް އޭނާ ވަނީ އިންސްޓަގްރާމްގައި މިއަދު ޕޯސްޓުކޮށްފަ އެވެ.
އެ ޕޯސްޓުގައި ރޯޒްމަންޑް ބުނީ މާހައުލު ބަދަލުކޮށްލަން ލަންޑަނުން ފުރައިގެން ޗުއްޓީއަށް ރާއްޖެ އައުމާ އެކު އޭނާއަށް ވަރަަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. ޕަޓީނާ މޯލްޑިވްސް އަށް އޭނާ އައި މިއީ ތިންވަނަ ފަހަރު ކަމަށް ވެސް ބުންޏެވެ.
އޭނާގެ އެންމެފަހުގެ ފިލްމު "ސޯލްޓްބާން"ގައި ކުޅުނު އެލްސްޕެތުގެ ރޯލަށް ތައްޔާރުވި ދުވަސްވަރު އަރާމުކޮށްލަން އެ ރިސޯޓަށް އައި ކަމަށާއި އެކަމަކު މިފަހަރު މި އައީ މަސައްކަތް ކޮށްކޮށް އަވަދިވެގެން ކަމަށް އޭނާ ބުންޏެވެ.
އޭނާ ލީޑު ރޯލެއް ކުޅޭ "ވީލް އޮފް ޓައިމް"ގެ ތިންވަނަ ސީޒަންގެ ފަހު އެޕިސޯޑު ސްޓްރީމްކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރާއްޖެއަކީ ސުވަރުގެއެއް ފަދަ ތަނެއް ކަމަށާއި މޫދަށް އެރި ވަގުތު ހޭދަކޮށްލުމާ އެކު އޭނާގެ އުދާސްތައް ފުހެވިގެން ހިނގައްްޖެ ކަަމަށް ވެސް ރޯޒްމަންޑް ބުންޏެވެ.
"ގޯން ގާލް" އާއި "ޖެކް ރީޗާ" ކަހަލަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ރޯޒްމަންޑްގެ ވީޑިއޯގައި ވަނީ އޭނާ ކޯމަސް ބަލަން ގޮސް އުޅޭ ތަނާއި ރިސޯޓުގައި ބައިސްކަލް ދުއްވާ ތަނާއި މަޑިއެއް ކައިރީގައި ފީނާ މަންޒަރު ހިމަނައިފަ އެވެ. އަދި ޖެޓްސްކީ ދުއްވާ މަންޒަރާއި ފުޅި އަޅައިގެން ފީނާ ވީޑިއޯއެއްގެ އިތުރުން ކަނޑުއަޑި އާއި އިރުއޮއްސޭ ރީތި މަންޒަރު ވެސް ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު އަދުރޭ
23 April 2025
މަ ހޯދަން ވެގެން އޭނަ ރާއްޖެ އަންނަނީ
ބަރުދާސްތީ
22 April 2025
މަ ނުބަލާ ދިވެހި ހިންދީ އިނގިރޭސި ފިލްމެއް ނޯންނާނެ. މީނާ ދުވަހަކުވެސް ނުދެކެން ޓީވީ އަކުން.
ބަރުބާދުވީ
22 April 2025
އެހެންވީމަ ތިބެލުނީ އިނގިރޭސިން އަޑުއަޅާފަ ހުރި ތަމަޅަ ފިލްމް. ވަރަށް ދެރަ
ޅޯޅާ
23 April 2025
ގޯން ގަރލް ބެލިންތަ؟ އޭގަ އުޅޭނީ މީނަ
ސޭކް
25 April 2025
އެއީ އަހަރުންގޭ ޖޭން ބެނެޓް. ޕްރައިޑް އެންޑް ޕްރިޖުޑިސް ގަ އުޅޭ.