ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް.-- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2025 - 11:28
ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރަކީ "ނެޕޯ ބޭބީންގެ" ފޫޅުމަޔޭ ބުނެ އާންމުންގެ މީހަކު ފާޑުކިޔުމުން އޭނާ ރުޅިގަދަވެއްޖެ އެވެ.
ބޮލީވުޑަށް އަލަށް ތައާރަފުވި އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭ އާއި އަނީތު ޕައްޑާގެ ފުރަތަމަ ފިލްމު "ސައްޔާރާ"އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ، ކަރަން ވަނީ އެ ދެ އެކްޓަރުންނަށް ތައުރީފުކޮށް މަރުހަބާ ކިޔައި އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ.
"މިފަހުން ފިލްމެއް ބަލައިގެން މިހާ ފުން އިހުސާސްތަކެއް ކުރުވި ހަނދާނެއް ނުވޭ،" ކަރަން ބުންޏެވެ.
ކަރަންގެ އެ ޕޯސްޓަށް ކޮމެންޓްކުރި އާންމުންގެ މީހަކު ބުނީ "އާ ގަޔާ ނެޕޯ ކިޑް ކާ ދައިޖާން" ނުވަތަ "ނެޕޯ ބޭބީންގެ" ފޫޅުމައި އައީ ކަމަށެވެ. ދައިޖާންއަކީ ފޫޅުމައިން ނުވަތަ ކުދިން ބަލާ މީހުންނަށް ހިންދީ ބަހުން ކިޔައި އުޅޭ ނަމެކެވެ.
އެ ކޮމެންޓަށް ކަރަން ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ.
"ވާހަކަ ނުދައްކާ. ގޭގައި އިނދެގެން ނަފުރަތު އުފައްދަން އުޅޭނެ ކަމެއް ނެތް. އެ ދެ ކުދިންގެ މަސައްކަތް ބަލާބަ. އަމިއްލައަށް ވެސް މަސައްކަތެއް ކޮށްބަލަ،" ކަރަން ބުންޏެވެ.
ބޮލީވުޑްގެ ތަރިންގެ ދަރިންނަށް އޭނާގެ ފިލްމުތަކުން ފުރުސަތު ދޭތީ ކަރަންއަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ. އަދި އެގޮތަށް އޭނާގެ ފިލްމުތަކުން ފުރުސަތު ދޭ ތަރިންގެ ދަރިންނަށް ރަނގަޅަށް އެކްޓުކުރަން ނޭނގޭތީ ވެސް ފާޑުކިޔުން މާ ބޮޑުވެ އެވެ.
"ނެޕޮޓިޒަމް"އާ ގުޅުވައި ކަރަންއާ ގިނަ ބަޔަކު ދިމާކުރަން ފެށީ ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގައި ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު އެ ވާހަކަ ފެންމަތިކުރުމުންނެވެ. ކަންގަނާ ތުހުމަތުކުރި ގޮތުގައި، ކަރަންއަކީ ބޮލީވުޑްގައި "ނެޕޮޓިޒަމް" ޕްރޮމޯޓްކުރާ މީހެކެވެ.
ބޮލީވުޑްގައި "ނެޕޮޓިޒަމް" ވަރަށް ބޮޑަށް އޮންނަ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް މީގެ ކުރިން އެހެން ބައެއް އެކްޓަރުން ވެސް ފެންމަތިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމާރު ނަންބަރު ދޭއް
23 July 2025
ނެޕޮޓިޒަމަކީ ކޮބާކަން ވެސް ބުނެދިންނަމަ އެއްނު.
ކަރޫ
22 July 2025
ޢަހަރެން މީ ފޫޅުމައެކޭ؟ މަ މިބުނަނީ އަހަރެން މީ ފޫޅު މައެއްނޫނޭ! ދެން މިކުދިން ޢުޅެ ގޮތެއް ދޯ!
ކަރަން
22 July 2025
އަހަރެން ކުރާ މަސައްކަތެއްގައި ބައިވެރި ކުރާނީ އަހަރެން ބޭނުން ބަޔަކު. މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ގެއްލުންވާނީ ވެސް ހަމަ އަހަންނަށް. އޮޑިޝަންގައި 50 މާކުސް ލިބޭ މީހާއަށް ކުރެވޭ ކަމެއް ކުރުމަށް 100 ހޯދާ މީހާ ނެގުން ކޮންމެހެން މަޖުބޫރެއް ވެސް ނޫން. ކޮލިފައިވާ މީހުންގެ ތެރެއިން އަހަރެން ބޭނުން މީހަކު ނެގުމުގެ އިޚްތިޔާރު އަހަންނަަށް އޮންނާނެ. އެއަށް ދެން ކިޔާނެ އެއްޗެއް ކިޔަންވީ. މިއީ ޓެކްސް ފައިސާއިން މުސާރަދޭ ވަޒީފާއަކަށް ނަގާ މީހުންނެއްނޫން.
ސޭކް
22 July 2025
އަޅެ އެބުނީ ދޮގެއްތަ؟ ؛ޕ