އިނގިރޭސިވިލާތުގެ މަޝްހޫރު ޝެފް ގޯޑަން ރަމްޒީ.
01 ސެޕްޓެމްބަރ 2025 - 09:50
އިނގިރޭސިވިލާތުގެ މަޝްހޫރު ޝެފް ގޯޑަން ރަމްޒީ ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން އޭނާ ހާމަކޮށްފި އެވެ.
އުމުރުން 58 އަހަރުގެ ގޯޑަން ހަމުގެ ކެންސަރަށް ފަރުވާކުރަމުން އަންނަކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމްގައި މިދިޔަ ހޮނިހިރު ދުވަހު ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އޭނާގެ ކާނަތު ކަންފަތުގެ ތިރީގައި އަޅާފައި ހުރި ބޭސްގަނޑު ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓުގައި ގޯޑެން ބުނީ އޭނާގެ ހަމުގައި އުފެދިފައި ހުރި ކެންސަރުގެ ބާވަތެއް ކަމަށްވާ "ބޭސަލް ސެލް ކާސިނޯމާ" ނަގައި ފަރުވާދިން ލަންޑަންގެ ދަ ސްކިން އެސޯސިއޭޓްސްއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެން ވެސް އަތްވަށް ނުކުންނައިރު ސަންސްކްރީން ބޭނުންކުރަން އޭނާގެ ޕޯސްޓުގައި ބުންޏެވެ.
"ބޭސަލް ސެލް ކާސިނޯމާ"އަކީ އާންމުކޮށް އިރުގެ އަލި ހަމުގައި ޖެހޭ ތަންތަނުގައި އުފެދޭ ކެންސަރުގެ ބާވަތެކެވެ.
ގޯޑެން އޭނާގެ ސިއްހަތާ ގުޅޭ ވާހަކައެއް މި ހިއްސާކުރީ ސައިކަލެއް ދުއްވަނިކޮށް އެކްސިޑެންޓުވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އޭނާ ފަރުވާ ހޯދިތާ އަހަރެއްހާ ދުވަސް ވީ ފަހުންނެވެ. އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް، ގައިގެ އެކި ތަންތަން ވަރަށް ބޮޑަށް މަށައިގެން ގޮސްފައި ހުރި ކަމަށް ގޯޑެން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
02 September 2025
ކަލޯ އެހެންވިއްޔާ މި މޯޑިސްގެ އެންމެން ތިބޭނީ ތިބުނާ ކެންސަރ ޖެހިފަތާ ނުލާހިކު ހޫނުގަދަ ގައުމެއްމީ...... ބޮއިހަލަކި
ފާތުމާ މުނާ
01 September 2025
މި ބޭބެ ވާނީ ދުނިޔޭގެ ވާ އެންމެ ރަނގަޅު ސިއްޙަތަށް ފައިދާ ހުރި ކާނާ ކައިގެން ޑޮކްޓަރުން އެ ބުނާ ގޮތަށް އެކްޓިވް ލައިފް ސްޓައިލް އެއް އުޅޭނެ މީހެއް. ދެން ކިހިނެތް މީނަ އަށް ކެންސަރ ޖެހުނީ. މީގެން އެނގޭ ބަލި ޖެހެން ވީމަ ކިތަންމެ ބަލައިގެން އުޅުނަސް ބަލި އެބަ ޖެހޭ ކަމާއި ބަލި ޖެހެނީ ވެސް ކުޅަދުން ވަންތަކަމުން ކަމާއި ބައްޔަށް ޝިފާ ދެއްވާނީ ވެސް އެކަލާނގެ ކަން.