ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން.
16 ނޮވެމްބަރ 2025 - 07:50
ދުބާއީގައި އަމިއްލަ މީހަކު އަޅާ ޓަވަރަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ނަން ދޭން ނިންމައިފި އެވެ.
"ޝާހްރުކްޒް"ގެ ނަން ދޭން ނިންމާފައިވާ އެ ޓަވަރު އިފްތިތާހުކުރުމަށް އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ. އެ އިވެންޓުގައި ޝާހު ވެސް ބައިވެރިވި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ޓަވަރު އަޅަނީ ދުބާއީގައި ހިންގާ ޑަނުބޭ ގްރޫޕް ކިޔާ ކުންފުންޏަކުންނެވެ. އެއީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހެއް ކަމަށްވާ ރިޒްވާން ސަޖަންގެ ކުންފުންޏެވެ. އޭނާއަކީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހުންގެ ތެރެއިން އެންމެ މުއްސަނދި އެކަކެވެ.
Only Shah Rukh Khan can turn a real-estate launch into a full Chaiyya Chaiyya moment. Shahrukz by #DanubeProperties iconic already. pic.twitter.com/AH39HORwTj
— Shah Rukh Khan Warriors FAN Club (@TeamSRKWarriors) November 14, 2025
އޮފީސް އިމާރާތެއްގެ ގޮތުގައި ހަދާ އެ ޓަވަރަކީ 56 ފްލޯގެ އިމާރާތެކެވެ. ކުރިއަށް އޮތް 3-4 އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަމަޖެހިފައިވާ އެ ޓަވަރުގެ ތިރީގައި ޝާހުގެ ސްޓެޗޫއެއް ވެސް ބަހައްޓާނެ އެވެ.
ޝާހު ބުނީ މިއީ މީހެއްގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ. އަދި އެ އިމާރާތަށް އޭނާގެ ނަން ދިނުމުން އެންމެ އުފާވާނީ އޭނާގެ މަންމަ ކަމަށާއި މި ދުވަސް ދެކެން މަންމަ މިއަދު ދުނިޔޭގައި ހުރި ނަމައޭ ހިތަށް އަރާ ކަމަށް ވެސް ޝާހު ބުންޏެވެ.
ޝާހުއަކީ ވެސް ދުބާއީގައި މިހާރު ރިއަލް-އެސްޓޭޓްގެ ވިޔަފާރިކުރާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ.
18 November 2025
ޤަތަރު ވޯލްޑް ކަޕްގަވެސް ތިއިންޑިޔާ ފިލްމް ކުޅޭ މީހުން، ޑުބާއީ އަކީ އިންޑިޔާ މީހުން ހާލި ހަދައިގެން ބޭނުން ގޮތަކަށް އުޅެވޭ ޤައުމެއް، އެހެންވީމަ އެކަހަލަ ކަންކަންވާނެ...
2025
18 November 2025
ޢިންޑިޔާކުޑައީތަ ތިމީހުން ޑަވަރު އަޅަން.... ބޮއިހަލަކި