18 ނޮވެމްބަރ 2025 - 07:07
ޑިޒްނީގެ ކާޓޫން "މޮއާނާ"އަށް ބިނާކޮށް ގެނެސްދޭ ލައިވް އެކްޝަން ފިލްމުގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
ގާތްގަނޑަކަށް މިނެޓެއްގެ އެ ޓީޒާގައި ދައްކާލީ އެ ފިލްމުގައި މޮއާނާގެ ރޯލު ކުޅޭ، ހޮލީވުޑަށް އަލަށް ތައާރަފުވާ އޮސްޓްރޭލިއާގެ އެކްޓަރު ކެތުރިން ލަގާ’އައިއާގެ މަންޒަރުތަކެވެ.
މޮއާނާ އެކު އުޅޭ މައުއީގެ ރޯލުން ޑުވޭން ޖޯންސަން ފެންނަ އެ ފިލްމު ޑައިރެކްޓުކުރީ ތޯމަސް ކައިލް އެވެ.
މި ފިލްމު ރިލީޒްކުރަނީ އަންނަ އަހަރު ޖުލައި 10 ގަ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު 27 ގައި ޕްރިމިއާކުރި "މޮއާނާ 2"އަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވެ އެވެ.
"މޮއާނާ"ގެ ފުރަތަމަ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނީ 643 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy